ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ އޮފީހުގެ ބިއްލޫރި ގަނޑެއް ތަޅާލި މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ ދިވެހި ތިން ފިރިހެނުން ކަމަށެވެ. އެއީ އުމުރުން 23 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނަކާއި 36 އަހަރުގެ ފިރިހެނެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި މީހުން ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

ސޯސަންމަގުގައި ހުންނަ އެމްޑީޕީ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

ގަލަކުން ޖަހައި އެމްޑީޕީ އޮފީހުގެ ބިއްލޫގަނޑު ތަޅާލާފައި މިވަނީ އިލެކްޝަން ކޮމިޝަންގެ އިންތިހާބީ މަރުކަޒުގައި އެމްޑީޕީގެ ސަޕޯޓަރުންނާއި ޕީޕީއެމްގެ ސަޕޯޓަރުންނާ ދެމެދު ހަމަނުޖެހުން ހިނގާފައިވަނިކޮށެވެ.

އެމްޑީޕީން ކުރިން ބުނި ގޮތުގައި އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުން ބާ ޖަމާލުއްދީނަށް ވަޑައިގަންނަވަން ޖެހުނީ ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓު ގުނުމުގެ މަސައްކަތް ހިނގަމުން ދަނިކޮށް އެތަނަށް އިދިކޮޅު ލީޑަޝިޕްގެ ބޭފުޅުން ވަޑައިގެން އިލްކެޝަންސް ކޮމިޝަނުގެ މުވައްޒަފުންގެ މަސައްކަތް ކުރިޔަ ނުދީ އެ މަސައްކަތަށް ހުރަސް އަޅާފައިވާތީއެވެ. އެ ތަނަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގެންނެވުމުން މައްސަލަ އިތުރަށް ވަނީ ގޯސްފައެވެ.

ހަމަނުޖެހުންތަކާ ގުޅިގެން އިލެކްޝަނުން ވަނީ އެއްވެސް ވޯޓު ފޮއްޓެއް ނުގުނުމަށް އެ ދުވަހު ނިންމިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ގެރި

  އެހެން މައްސަލައެއް ނުބެލުނަސް މި މައްސަލަ ބަލާނެ.. ނޭގެ އުމުރަށް ނޫން ކަމެއް ޖަލަށްލާނީކީ

  16
  1
 2. ގެރިމަސް

  ނިކަމެތި ރައްޔިތަކު ކޮށާލިއިރު ނުލިބޭ އިންސާފު މިފަހަރު އެމްޑިޕީ ވީމަ މި މީހުނަށް ލިބޭތީ މީހަމަ ޒީރޯ ޓޮލަރެންސްތޯ.. ބިއްލޫރިގަނޑެއް ތަޅާލުން މީ މީހަކު މެރުމަށް ވުރެ ބޮޑުކަމަކަށްވީ ކޮންއިރަކުތޯ.. 24 ގަޑިއިރު އަދިވެސް ނުވަނީތޯ..

  15
  1
 3. ހަސަން

  ތިޔައި ހުސްމަކަރު. މިހާރު އެމްޑީޕީ މީހުން ބޭނުންވަނީ ވޮޓު އޮޅުވަން. އަސްލު އެމީހުން ބޭނުންވާ ގޮތަށް ތިޔަ ޝަރިފު ހަދާނެ. އޭނާއަކީ އެކަހަލަ ކަންކަން ވަރަށް ކުރާ ހިތްވާމީހެއް. މިހާރު ރިޔާސީ އިންތިޚާބާ މެދު ވެސް ސުވާލު އުފެދޭ. ބުނާނެ އީސީއަކަށް ނުކުރެވޭނެޔޭ. އެކަމަކު އޭނާގެ އޯޑިއޯގައި އޭރުވެސް އޭނާ ދައްކާފައިވާ ވަާހަކައިގައި ބުނަނީ ކަލޭ ހާސް ނުވާނޭ. މަ ތިކަން ހަމަ ޖައްސާނަމޭ. މީދެން މިކަހަލަ މަގާމެއްގައި ހުްނަނަން ހެޔޮވާ ވަރު މީހެއް ވެސް ނޫން

 4. ރުބޭލް

  ޢަވަހަށް އުލުބައިންދާފަ ޖޫ ރިމަނާކޮށްލާ ލައްކައިން. ޔާމީނުގެ ގޭންގް ތިއުޅެނީ ޖަލުގަ ހު ރެގެންވެސް މައިތި ރި ނުވޭ އެ ބަދަވީ

 5. އުގުރި

  އެމްޑީޕީއަށް މިހާރު އޯކޭ ވާނެ މި ބިއްލޫރިގަނޑު ތަޅާލި މީހުންނަށް މަރުގެ އަދަބު ދިނަސް.