މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ ޕީޕީއެމްއިން ކާމިޔާބުކޮށްފައިވާ އިރު، ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ ގޮނޑީގެ ވާދަވެރިކަން ބޮޑުވެއްޖެއެވެ.

އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރުގެ ގޮނޑި ހިމެނޭހެން ޕީޕީއެމުން ވަނީ 14 ގޮނޑިއެއް ކާމިޔާބުކޮށްފައެވެ. ރައްޔިތުންގެ ވޯޓަކުން ހޮވި މާލޭގެ ފުރަތަމަ އިންތިޚާބީ މޭޔަރަކީ ޕީޕީއެމްގެ ނައިބު ރައީސް އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ.

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައި ބިލްގައި ފުރަތަމަ އޮތީ ސިޓީ ކައުންސިލްތަކުގެ ޑެޕިއުޓީ މޭޔަރުން ވެސް ސީދާ ރައްޔިތުންގެ ވޯޓުން އިންތިހާބު ކުރާށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން އެ ބައި އިސްލާހުކޮށް ކުރިން ވެސް އޮތް ގޮތަށް، ސިޓީ ކައުންސިލްގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން ޑެޕިއުޓީ މޭޔަރު ކަނޑައަޅާ ގޮތަށް ވަނީ ގާނޫނުގައި ހިމަނައިފައެވެ.

މި ގޮތުން މާލެ ސިޓީ ކައުންސިލަށް އިންތިޚާބުވި ޕީޕީއެމްގެ ދެ މެންބަރަކު ވަނީ މިހާތަނަށް ޑެޕިއުޓީ މޭޔަރު ކަމުގެ ޝައުގުވެރިކަން ފާޅު ކުރައްވައިފައެވެ. އެއީ ވިލިމާލެ ދާއިރާގެ އިންތިޚާބީ ކައުންސިލަރު ނަޙުލާ ޢަލީ އާއި، މާފަންނު ދެކުނު ދާއިރާގެ އިންތިޚާބީ ކައުންސިލަރު ޢަބްދުﷲ ނާސިރެވެ. މި ދެ ބޭފުޅުން ވެސް ވަނީ މީސް މީޑިއާ މެދުވެރިކޮށް އެ ކަން ހާމަކުރައްވައިފައެވެ.

އަބްދުﷲ ނާސިރު ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށް ރައްޔިތުން އޭނާ އަށް ދިން ފުރުސަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާނެ ކަމަށެވެ. އަދި ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތުގައި މާތް ﷲ ގެ ވާގިފުޅާއެކު މުއިއްޒުގެ ފަހަތުގައި މޭޔަރު ކަމަށް ވުމުގެ ޝައުގުވެރިކަން ގެންގުޅުއްވާ ކަމަށް ވެސް އަބްދުﷲ ނާސިރު ވިދާޅުވިއެވެ.

މި ދެ ބޭފުޅުން މި ކަމަށް ޝައުގުވެރިކަން ފާޅުކުރެއްވިއިރު، ހުޅުމާލެ ދާއިރާގެ އިންތިޚާބީ ކައުންސިލަރު އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއު ޑެޕިއުޓީ މޭޔަރަކަށް ގެނައުމަށް މީސް މީޑިއާގައި ޕީޕީއެމްގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ބޮޑު ކެމްޕޭނެއް ވެސް ފަށައިފައެވެ.

އެގޮތުން ފާތުމަތު މަލްހާ ނަމުގައި ޓުވިޓާގައި ހިޔާލު ފާޅުކުރި މީހަކު ބުނީ މާލޭގެ ޑެޕިއުޓީ މޭޔަރު ކަމަށް ގެންނަން އެންމެ ކަމުދަނީ ޝުޖާއު ކަމަށެވެ. އަދި މިކަހަލަ މަގާމެއް އަދާކުރެވޭނީ ޝުޖާއު ކަހަލަ ހިންގުންތެރި ބޭފުޅަކަށް ކަމަށް އޭނާ ބުންޏެވެ.

ޑެޕިއުޓީ މޭޔަރު ކަމަށް ވަޑައިގަތުމާ ގުޅޭ ގޮތުން ޝުޖާއު މިހާތަނަށް ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ. ޝުޖާއުއަކީ ޕީއެންސީގެ އެއް ނައިބު ރައީސްއެވެ. އަދި ކައުންސިލް އިންތިޚާބުގެ ކެމްޕޭން ހަރަކާތްތައް ރޭވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައިވަނީ ވެސް ޝުޖާއުއެވެ.

ލާމަރުކަޒީ ނިޒާމު ތައާރަފުވެގެން އެންމެ ފުރަތަމަ ބޭއްވި ތިން ކައުންސިލް އިންތިޚާބުގައި ވެސް މާލޭގެ މެޖޯރިޓީ ނެގީ މިހާރު ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއިންނެވެ. ނަމަވެސް އެންމެ ފަހުން ބޭއްވި ހަތަރުވަނަ ކައުންސިލް އިންތިޚާބުގައި އެމްޑީޕީއިން ވަނީ މާލެއިން ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ސަގަރޭ

    2 މީހުން ނަށްވެސް ދީފިން.

  2. ކޮރަލް

    ގޮނޑިއާ ހެދި ބައި ބައި ނުވާށެވެ .

    39
    4
  3. ރައްޔިތު

    ޑެޕިއުޓީ މޭޔަރު ކަމަށް ގެންނަން އެންމެ "ބެސްޓް" ބޭފުޅަކީ ޝުޖާޢު. ނާސިރުވެސް "ރަނގަޅު". ނަހުލާވެސް "އޯކޭ"..!

    48
    2
  4. ޢަހު

    އަހަރެންގެ ހިތުގެ އާދޭސް ގޮނޑިއާ ހެދި ބައިބައި ނުވާށެވެ. ޢެންމެން އެ ކުވެރިވެ ތިބޭށެވެ. އެކަރި ގަނޑަކަށް ވާށެވެ އެންމެ ދަނޑި ބުރިއެއް ބިންދާލުމަކީ ވ ފަސޭހަ ކަމެ ކެވެ. ޢެއަށްވުރެ ގިނަވެއްޖިއްޔާ ބިންދާލަން އުދަގޫ ވާނެއެވެ. ޢެހެންވީމަ އިސްލާމް ދީނާއި ދިވެހި ގައުމަށްޓަ ކާ މަސައްކަތް ކުރާށެވެ.

    47
    4
  5. އަޒީދު

    ޕާޓީ ތެރޭގައި މައްސަލަ ނަުޖެހޭތި. ޝައިޠާނާ ހުންނާނީ ފިތުނަ އުފެއްދުމަށް ތައްޔާރަށް. އެކަކު އަނެކަކަށް ދޫކުރުމާއެކު ރިވެތި އަޚްލާޤް އިސްކުރައްވާ. ﷲ ތަޢާލާ ހެޔޮ އިންސާނުންނަށް އަބަދުވެސް ހެޔޮގޮތް މިންވަރުކޮށްދެއްވާނެ. ތިބޭފުޅުންނަށް ތި ލިބިވަޑައިގަތީ ވަރަށް ބޮޑު ކާމިޔާބީއެއް. އެއީ އެކުވެރިކަމުގެ ނަތީޖާ. މިފަދަ ޖައްބާރު ބައެއްގެ ދަށުގައިތިބެ ވުން ދުރުކަމެއް ތި ވީވެސް. ﷲ އަށް ޝުކުރުކޮށް، އެންމެ ސީނިއަރ، ތަޖްރިބާހުރި ބޭފުޅަކަށ އެމަގާމް ދެއްވާ. ކުޑަކުޑަ ފައިސާކޮޅަކާ ޕަވަރ އަށްޓަކައި ހަމަނުޖެހުމާއި ފިތުނައާއި ފަސާދައަށް ޕާޓީ ވައްޓާނުލައްވާ. ހަސަދަވެރިން ތިބޭނީ ތިޔަބޭފުޅުން ބައިބައިކޮށްލަން ތައްޔާރަށް. އެކުވެރިކަމަކީ ގަދަފަދަ ބާރެއް ވަކިވެ ގަތުމަކީ ނިކަމެތިކަމެ. ﷲ ތިޔަ ބޭފުޅުން ތެދުމަގުގައި ލަހައްޓަވައި، ހެޔޮގޮތުގައި ކަންކަން ނިންމުގެ ހިތްވަރާއި ކެރުން މިންވަރުކުރައްވާ ތިޔަބޭފުޅުންނަކީ ހިތްތެރި ރައްޔިތުންގެ ހައްޤުގައި މަސައްކަތްކުރާ ޕަވަރއަށްޓަކައި ނަފުސު މުޑުދާރު ނުކުރާފަދަ ރަނގަޅު މުސްލިމުން ކަމުގައި ލައްވާށި. އާމީން.

    16
  6. ވިސްނާލުމަށް އެދެމޭ

    ތިމަގާމު ހައްގީ ސުޖާއަށް.ދުޖާ އެއްވަނަ...ސުޖާއަށް އިތުބާ ރުކުރެވޭ އަބުދުﷲއަށް ވެސް އިތުބާ ރުކު ރެވޭ އެކަމަކު ނަހުލާއަށް އިތުބާ ރެނުކު ރެވޭނެ..މާދަމާވެސް ގިނޑިބަދަލުކޮއްފާނެ...ސުޖާގެ ހައްގެތިއީ..ސުޖާއަށް ތާއީދު...ރޔާމީންވެސް ޔަގީން ތާއިދުކު ރައްވާނެ ސުޖާއަށް ސުޖާގެ ހިންގުންތެ ރިކަން...އެހެންބޭފުޅުންވެސް ގަބޫލުކު ރާނެ ސުޖާގެ ހިކުމަތާ ހުނަ ރާ ގާބިލްކަން..މަގާމުގެ މަސްއޫލިއްޔަތު ސުޖާާއާ އެއްވަ ރަކަށް ނަހުލާއަށް ނުހިންގޭނެ..މުއިއްޒުގެ ބު ރަ މަސައްކަތުގެ ބައިވެ ރިޔަކަށް އެއްމެ އެކަށެނެ ބޭފުޅަކީ ސުޖާ..

    12
    1
  7. އެމަންޖެ

    ނަޙުލާއައް މަވޯޓު.

    3
    5
  8. ޙައްވަ

    ނުތޮޅި ތިކަން ވޯޓަކުން ނަގާ) ޑިމޮކްރާތީ🤣

    8
    1
  9. މެޑަމް ފާތު

    ރަނގަޅަށް ބާރު ނުލިބެނީސް މިހާއަވަހަށް އެކަތި އަނެކަތި ހިފާ ކާންފެށީ!