ކުރީގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ އަލީ ރަމީޒު، އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައި ކޮމިޝަނަރު ކަރޮން ރޮސްލަން އަށް ތައުރީފްކޮށްފައެވެ.

އަލީ ރަމީޒް ސަފީރަށް ތައުރީފްކޮށްފައި މި ރޯދަ މަހު ދިވެހިންނެކޭ އެއްގޮތަށް ރޯދަ ހިފާނެ ކަމަށް ކަރޮން ވިދާޅުވުމާ ގުޅިގެންނެވެ. ކަރޮން ވަނީ ރޯދަ ހިފުމުގެ އިތުރަށް މި ރޯދަމަހު ގުރުއާން ވިދާޅުވާނެ ކަން ހާމަކުރައްވއަިފައެވެ.

މިކަމާ ގުޅިގެން އަލީ ރަމީޒް ކުރި ޓްވީޓެއްގައި ވަނީ ކަރޮން ވައުދު އެވީ މާތް ﷲ ގެ ވަހީބަސްފުޅު ވިދާޅުވުމަށް ކަމަށާއި، ގުރުއާން ކިޔެވުމަށް ފަހު އޭގައި ބުނާ އެއްޗަކަށް ވިސްނާ ފިކުރުކުރުމަށް ނަސޭހަތްތެރިވާ ކަމަށެވެ.

"ކަމަނާ ވިދާޅުވުމަށް ތިޔަ ވައުދުވެވެވަޑައިގަތީ މާތް ﷲ މި ބިމަށް ފޮނުއްވެވި އެކަލާނގެ ވަހީބަސްފުޅު. ގުރުއާނުގައިވާ އެެެއްޗަކާ މެެދު ފިކުރުކޮށް ވިސްނަވާ. އިރާދަކުރެއްވިއްޔާ ﷲ ކަމަނާއަށް ތެދު މަގު ދައްކަވާނެެ،" އަލީ ރަމީޒްގެ ޓުވީޓުގައިވެއެވެ.

ކެރޮން ރޮސްލަ އަކީ ހަމައެކަނި ދިވެހިރާއްޖެއަށް ހާއްސަކޮށް އިނގިރޭސިވިލާތުން ކަނޑައެޅުއްވި ފުރަތަމަ ސަފީރެވެ. އިނގިރޭސިވިލާތުން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމާއި ކެރޮން ހަވާލުވެ ވަޑައިގެންނެވީ 2019 ވަނަ އަހަރުގެ ޖުލައި މަހުއެވެ.

ކެރޮން އިނގިރޭސިވިލާތުގެ ފޮރިން އޮފީހާއި ގުޅިވަޑައިގެންނެވީ 2000 ވަނަ އަހަރުއެވެ. އެކަމަނާ މީގެ ކުރިން ވަނީ ވޮޝިންޓަނާއި ސީޝޭލްސްގައި ވެސް މަސައްކަތް ކުރައްވާފައެވެ. އަދި އޭޝިއާ ޕެސިފިކްގެ ހާރިޖީ ކަންކަމާއި ބެހޭ އޮފީހުގައި ވެސް މަސައްކަތް ކުރައްވާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ރަދީފް

    ސަފީރު ދައުރު ނިންމާފަ އެނބުރި ގައުމަށް ދާއިރު އިސްލާމް ވެ އިސްލާމީ ގަހަނާއިން ނަަފްސު ފުރާލައިގެން އިސްލާމީ މިންގަނޑަށް ހެދުން އަޅައިގެން ގައުމަށް އެނބުރި ދެވޭނެ ގޮތް މިންވަރުކުރައްވާށި.މާތްﷲ އެއީ ހުރިހާކަމަކަށް ކުޅަދުންވަންތަ ފަރާތް.

    44
    3
    • ސަފީރު

      އޭ މާރީތި ހިތްފަސޭހަ ގަހަނާއެއްތަ؟

      4
      22
      • ރަދީފް

        @ސަފީރު އަށް.އިސްލާމް ދީން އެއީ ވަރަށް ބިއުޓިފުލް އެއްޗެއް.އޭގަ ހުރި އަރާމު އިހްސާސްތައް އެނގޭނީ އެދީނަށް އުޅޭ ހެޔޮ ލަފާ މީހުންނަށް.ވ.ވެދުން

    • ގައިދުރު

      މުއްލާ ރަމީޒު

  2. އަނެއް ދިވެހިރާއްޖެ

    ފިނިފެންމަލެއް ހެހެހެ

    6
    1
  3. ޖުރޭ

    ބަލަ އެއީ މުނާފިގެކޭ ބުނެފަ ތިހެދީ ކިހިނެއް؟

    5
    12
  4. ކޮރަލް

    ކާފަރަކު ކާފަރެއްގެ ގޮތުގަ ހުންނަ އިރު ބުނާނީ ކާފަރެކޭ އެވެ. އޭނަ އިސްލާމްވުމަށް ފަހުބުނާނީ
    އިސްލާމް އެކޭ އެވެ. ހިދާޔަތް ދެއްވާ ފަރާ ތަކީ ﷲއެވެ.