ހުޅުމާލެ ތަރައްގީ ކުރުމަށް އެެެެކުލަވާލާފައި އޮތް ޕްލޭނަށް ބައިނަލްއަގުވާމީ އެވޯޑެއް ލިބިއްޖެއެވެ.

އެޗްޑީސީން ނެެރުނު ނޫސް ބަޔާނެއްގައި ވަނީ ހުުޅުމާލެ ތަރައްގީ ކުރުމަށް އެކުލަވާލައިފައިވާ މާސްޓަ ޕްލޭންއަށް ހޮނަރަބަލް އެވޯޑެއް ލިބިފައިވާ ކަމަށެވެ.

ހުޅުމާލެއަކީ، މާލެ ސަރަޙައްދުގެ ތޮށްޖެހުން ކުޑަކުރުމަށާއި މާލޭގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ޒަމާނީ ފެންވަރެއްގައި އިޖްތިމާއީ ގޮތުންނާއި އުމްރާނީ ގޮތުން ވެސް މީހުން ދިރިއުޅުމަށް ހިތްފަސޭހަ ތަނަކަށް ހެދުމަށް ފުރިހަމަ މާސްޓަ ޕްލޭނެއް އެކުލަވާލައިގެން ތަރައްގީ ކުރަމުން އަންނަ ރަށެކެވެ.

މިހާތަނަށްވެސް މި މަޝްރޫއު އަށް ވަނީ ބައިނަލްއަގްވާމީ ގޮތުން ގިނަ އިނާމްތަކެއް ލިބިފައެވެ. މިގޮތުން ބައިނަލްއަގްވާމީ އަކިޓެކްޗަ އެވޯޑް ޕްރޮގްރާމެއްކަމުގައިވާ ދަ އާކިޓެކްޗަރ މާސްޓަރ ޕްރައިޒް (އޭއެމްޕީ) ގެ ފަރާތުން ކޮންމެ އަހަރަކު އާކިޓެކްޗަ ދާއިރާ އިން ދެމުން ގެންދާ ދަ އާކިޓެކްޗަރ މާސްޓަ ޕްރައިޒްގެ ހޮނޮރަބަލް މެންޝަން އެވޯޑް އިން ލޭންޑްސްކޭޕް އާކިޓެކްޗަ އަދި އަބަން ޕްލޭނިންގެ އެވޯޑް ވަނީ ހުޅުމާލެ މާސްޓަ ޕްލޭންއަށް ލިބިފައެވެ.

އެމެރިކާގެ ކުންފުންޏެއް ކަމުގައިވާ ދަ އާކިޓެކްޗަ މާސްޓަ ޕްރައިޒް އަކީ 1985 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެކި ހިސާބުތަކުގައި އާކިޓެކްޗަ އަދި އާބަން ޕްލޭނިންގެ ރޮނގުން ފާހަގަކުރެވޭ ގިނަ މަސައްކަތްތަކެއްގެ އަގު ވަޒަންކޮށް މި ދާއިރާއިން މި މަސައްކަތްތައް ޕްރޮމޯޓްކުރުމުގައި އިސް ރޯލެއް އަދާ ކުރަމުން އަންނަ ކުންފުންޏެކެވެ.

މިގޮތުން ހުޅުމާލޭގެ މާސްޓަ ޕްލޭންއަށް ހޮނަރަރީ އެވޯޑު އެރުވުމާއި ގުޅިގެން އެ ކުންފުނީގެ ވެބްސައިޓްގައި ވަނީ ހުޅުމާލޭގެ މާސްޓަރ ޕްލޭންއަކީ، ދެމެހެއްޓެނިވި ގޮތެއްގައި މީހުން ދިރިއުޅުމަށް ހިތްފަސޭހަ ގިނަ ޕްރޮޖެކްޓްތަކެއް ހިމެނިގެން ހަދާފައިވާ ޕްލޭންއެއްކަން ފާހަގަކޮށްފައެވެ.

"ހުޅުމާލެ ޒަމާނީ ފެންވަރެއްގައި ތަރައްގީކޮށް ހުޅުމާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނާއި ހުޅުމާލެ އެކި ބޭނުންތަކަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ހިތްފަސޭހަ އަދި ގިނަ ޙިދުމަތްތަކެއް ލިބޭނެ ތަނަކަށް ހެދުމަށް އެޗްޑީސީގެ ފަރާތުން ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. މި ކުންފުނީގެ 20 އަހަރުގެ ތާރީޙުގައި ލިބިފައި ތަޖުރިބާގެ އަލީގައި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިފަދަ ގިނަ ރަށްތަކެއް ތަރައްގީކުރުމަށް ފަންނީ އެހީތެރިކަން ދިނުމަށް ނިންމާ ބިޔޯންޑް ހުޅުމާލެގެ ނަމުގައި ވެސް މަސައްކަތްތަކެއް ކުރެވެމުންދާ ކަމުގައި މި ފުރުސަތުގައި ފާހަގަކުރަމެވެ." އެޗްޑީސީގެ ބަޔާނުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޖަޒީރާވަންތަ ކެހެރިނުފަޅާ ޖަނަވާރު

    ޝުކުރިއްޔާ ރައީސް ޔާމީން.. އަވަރ ޕްރެޒިޑެންޓް

    58
    4
  2. ހާމިދު ޝާހިދު

    ރައީސް ޔާމީން އާއި އެމަނިކުފާނުގެ ޓީމު، މޭޔަރ މުއިއްޒުވެސް ހިމެނޭގޮތުން ކުރެއްވި ތަސައްވުރުގެ ނަތީޖާ ތިޔަ ފެންނަނީ. އަދި ތިކަމުގެ ބިންގާ އަޅުއްވާ ދެއްވި ބޭބޭފުޅު މައުމޫނުގެ މަސައްކަތް ވެސް ފާހަގަ ކޮށްލެވޭ. އެކަމަކު އެމްޑީޕީ ގެ ވެރިކަންތަކުގައި ހުޅުމާލެ ވެސް ވީރާނާވެ، ގޮނޑަކަށް ވަމުންދާތަން ފެންނަމުންދަނީ. ވެހިކަލްތައް ބޭނުންތަނެއްގައި ޕާކުކުރަނީ. ހާއްސަކޮށް، 4 ފުރޮޅުލީ އުޅަނދު ފަހަރު ގަރާޖެއް ނެތްގޮތެއްގައި މަގުގެ ދެ ފަރާތުގައި ޕާކުކުރަނީ. ދެ ދޭތެރޭގައި ވާހެދިފައި ހުންނަ ތަންތަނާއި، ކުނި ފުނި ފުނި. އަދި ކޮންސްޓްރަކްޝަން ޑެބްރީސް އެތައް މިތަނުގައި. މާސްޓަރ ޕްލޭނާ އެއްގޮތައް ތަން ޒީނަތްތެރިކޮށް ބެލެހެއްޓުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ.

    53
    3
  3. އެމަންޖެ

    އޯއެމްޖީ މީހުން އުޅޭ ބައިގެ ތިންގުނަ އަދި ތިޔައޮތީ މާލޭގެ ތޮއްޖެހުން ފިލުވަން ، ތިވަރުންވެސް މާލޭ މީހަކަ ދިރިއުޅޭނެ ތަންކޮޅެއް ނުލިބިގެން ސަކުވާ އަންނާނެ.

    2
    1
  4. ސޫއޫދު

    ޝުކުރިއްޔާ ރައީސް މައުމޫނުގެ އޭރުގެ ޓީމައް އަދި ރައީސް ޔާމިން ގެޓީމުން ޒަމާނީ ފެންފަރައް ކުރިތަރައްގީގެ ނަތީޖާ މިއަދުފެނިގެންމިދަނީ ރައީސް ޔާމިންގެ ޓީމައް ޝުކުރިޔާ ދެދައުރު ލިބުނުނަމަ ދުނިޔޭގެ ގައުމުތަކައްވެސް ފެނިގެންދާނެ ތަފާތު ތަރައްގީއެއް

  5. Anonymous

    ކޮބާ ތިޔަ އެވޯޑެއް؟ ނިކަން ދައްކާލަބަލަ