ފިލްމީ ދާއިރާ އަށް ނުކުންނެވީ އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ވުރެ މަޝްހޫރު ވާން ބޭނުންވާތީ ކަމަށް ފިލްމީ ތަރި، އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކް (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

"ވަގުތު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރީކޯ މޫސަ ވިދާޅުވީ ފިލްމީ ދާއިރާގައި މަސައްކަތް ކުރައްވަން ނިންމަވައި އެ ގޮތުގެ މަތިން ކުރިއަށް ވަޑައިގަތީ އެންމެ ކަމެއް ބޭނުންވެގެން ކަމަށެވެ. އެއީ ސިޔާސީ މަސައްކަތަށް ނުކުންނެވުން ކަމަށް އޭނާ ވިދާޅުވިއެވެ. އެ މަސައްކަތަށް ނުކުންނަވާ އިރު ވެސް ރައްޔިތުންގެ ލޯތްބާއި އިޚްތިރާމް އޮތް މަގްބޫލް ބޭފުޅަކަށް ވާން ބޭނުންވި ކަމަށް ވިދާޅުވިއެވެ.

ފިލްމީ ދާއިރާއަށް ވަދެވަޑައިގެން އެ ކަން ހާސިލް ވެގެން ދިޔަ ކަމަށް ރީކޯ ވިދާޅުވިއެވެ. މިގޮތުން އެންމެ ބޮޑަށް ބޭނުންވީ ރައީސް މައުމޫންގެ ވެރިކަމުގައި ޖަލަށް ވަޑައިގަން ލިބުނު "އަނިޔާތަކުގެ" ބަދަލެއްގެ ގޮތުގައި އެމަނިކުފާނަށް ވުރެ މަޝްހޫރު ވެގެން ދިއުން ކަމަށް ރީކޯ ވިދާޅުވިއެވެ.

"ރައީސް މައުމޫނަށް ޗެލެންޖް ކުރާ ހިތްވެފަ ހުރީ. އޭރު އެހާ އަނިޔާ ލިބުނީމަ އެ ވާހަކަ ކިޔައިދޭނެ ޕްލެޓްފޯމެއް ނެތް. އެހެންވެ ހިތަށް އެރި، މި ގޮތަށް މަޝްހޫރު ވެއްޖެއްޔާ ވެސް ވާނެއޭ. ވަކި ހިސާބަކުން ވަރަށް މަޝްހޫރުވި. ރާއްޖޭގެ އެންމެ މަޝްހޫރު މީހަކަށް ވާނެ ރައީސް މައުމޫން. ރައީސް މައުމޫން ނަގާފައި އެންމެ މަޝްހޫރު މީހަކަށް އަޅުގަނޑު ވާނެ." މަޖާޒީ ރާގެއްގައި ރީކޯ ވިދާޅުވިއެވެ.

ރީކޯ ގަބޫލު ކުރައްވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ލ. އަތޮޅުގެ ގޮނޑިއަކަށް ވާދަކުރައްވައިގެން އިންތިޚާބު ކާމިޔާބު ކުރެވުނީ ވެސް ފިލްމީ ދާއިރާގައި މަސައްކަތް ކުރައްވައިގެން ލިބިވަޑައިގެންނެވި މަގްބޫލް ކަމުގެ ސަބަބުންނެވެ. އޭރު އެމްޑީޕީ އަދި އެހެން ޕާޓީއެއް ވެސް އުފެދިފައި ނެތުމުން މަޖިލީހަށް ވަޑައިގަވެން އޮންނަނީ ވަރަށް ބޮޑަށް ފަރުދީ ގޮތުން މަގްބޫލް ކަން ހޯއްދަވައިގެން ކަމުގައި ރީކޯ ގަބޫލު ކުރައްވައެވެ.

އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ނައިބު ރައީސް ކަމަށް ވަޑައިގަތީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނަވަނިކޮށެވެ. ފަހުން ޕީޕީއެމްއާ ގުޅިވަޑައިގަތް ނަމަވެސް ރީކޯ މިއަދު ގަބޫލު ކުރައްވަނީ ޕީޕީއެމްގެ ލީޑާޝިޕުން އޭނާ ބަލައިނުގަތް ކަމަށެވެ. އަދި އޭނާ ދެކެވަޑައިގަންނަވަނީ އެއީ އަބަދުވެސް "އެމްޑީޕީ މީހެއް" ގެ ގޮތުގައެވެ. އަދި މިއަދު ވެސް ޕާޓީގެ ހަރަކާތްތަކުގައި އޭނާ ބޭނުންވާ ނަމަ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީއިން ރީކޯ މޫސަ ވަކި ކޮށްފައި ވަނީ އެ ޕާޓީގެ ވިޕްލައިންއާ ޚިލާފަށް ވޯޓް ދީގެން ކަމަށް ބުނެއެވެ. އޭރު ރީކޯ ވަނީ 2018 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅު ކުރައްވައިފައެވެ. އަދި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވައިފައެވެ. އެއީ ސިޔާސީ ހަޔާތުގައި ހެދެވުނު ވަރަށް ބޮޑު ގޯހެއް ކަމަށް އޭނާ މިއަދު ގަބޫލު ކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. މަނީމަނީ

    އެކަމަކު މޫސަބުނި އެންމެވަރުގަދަ ސަޚުސީޔަތަކީ މައުމޫނޭ

    23
    1
  2. ހަސަނު

    ދުވަހަކުވެސް ނުވާނެ ކަމެއްތީ. ކިތަންމެ ހަސަދަވިޔަސް މައުމޫނާއި ހަމަޔަށް ނާދެވޭނެ.

    42
    2
    • ސަމްކުޅިބޭ

      އަބޫޖަހުލު ވެސް އެއީ ވަރަށް މަޝްހުރު މީހެއް. އިސްލާމީ ތާރީޚު އެކަމަށްހެކިވާނެ.

      21
      2
  3. އަހުމަދު ޗާބީބޮކާ

    މޫސަބޭ ކަލޭ ތިހިރީ ދުނިޔެއިން މޮޔަވެފަ ކަލެޔައްތުރެ ދުވަހަކުވެސް ހުވަފެނުންވެސް ރައީސް މައުމޫނު ހޯދި މަޝްހޫރުކަން މޫސަޔައް ނުލިބޭނެ ފުރަތަމަ މޫސަގެ ނެތެއްނުން އެވަރު ތައުލީމެއް އެވަރުގެ އަހުލާގެއް ދެންވެސް ބަލާ މަރިޔަން ނިޝާޔާ އެކު ޑަންޕަރުގަ ޝޫޓެއް ކޮއްލެވޭތޯ

    36
    2
    • ސަހަލު

      ކޮއެފުޅާ އެސޮރު 18 އަހަރު ނުވަނީސް ޖަލައްގަޅާލީ ބޭބެ ސިޔާސީ ވާހަކައެއް ދައްކައިގެންނޯ ކުޑަގޮޅީ ގަޔާ ބަންދުގަ އެތަށް އަހަރެއް.. ކިޔެވުން ކީއްކުރަން އެސޮރު މުޅި ޒިންދަގީ ދުއްވާލީ.. ﷲ ނިމެވުން މިއަދު އެވެއްޓުނު ވަޅުގަނޑު ބޭނުން ހިފައިގެން މަލްޓި މިލިއަނަރަކައް ވެފަ އެހުރީ އެއްކަލަ އެސޮރު

      7
      2
  4. ކަާފަ

    ވަރައްރިީތި

    1
    2
  5. ރާއްޖެ

    ސިޔާސީ ހައްޕުޑު

  6. ގުއްދޫސް

    ދެވަނަ ލޮލީޖާބިރު ހިއެއްނުވޭ މީނަވެސް ހަމަހޭގަ މިހާރު ހުންނަހެން

    16
  7. އަލްޖިބްރާ

    މަޝްހޫރު ވެގެން ކަލެއަށް ކުރިފައިދާއަށް ވުރެ ލިބުނު ބަދުނާމާއި ލިބުނު ގެއްލުން މާބޮޑުކަމަށް ލަފާކުރެވޭ ! ކަންކަމަށް ކުޅަދާނަ މީހުން ކަންކުރަނީ މަޝްހޫރު ވެގެނެއް ނޫން ! އެމީހެއްގައި ކަންކަން ކުރުމުގެ ޤާބިލިއްޔަތުކަން ހުރެއްޖެނަމަ މަޝްހޫރު ނުވިއަސް އެމީހަކު އެކަންކަން ކުރާނެ! ދެތިން ފިލްމަކުން ބައެއްގެ ރުހުން ލިބުނަސް މާބޮޑަށް "ހިޔަންޏަށް މުޑި" ނަގައިފިނަމަ ލިބޭނީ ތިކަހަލަ ލަޑެއް !

    11
    1
  8. ބަރުގޮނު

    މޫސަ މަޝްހޫރުވީ ރީތި ގޮތެއްގައެއްނޫން. މާތްމީހުންގެ އަބުރަށް ހުތުރުވާގޮތްގޮތަށް ވާހަކަ ދައްކައިގެންނާ ، "ޢިއްޒަތްތެރި" ލަގަބު ލިބިހުރެ ކަރުން ހަން ދާވަރަށް ހަޅޭއްލަވާ ބޮޑާބަސް ބުނެގެން.

  9. ގުރަހަ

    "ހަޔާތްކުޑަ ގޮތެއްފޮތެއް ނެތް ދުލަށް އައިހާ އެއްޗެއް ކިޔާ" މި ސްޓޭތްމަންޓް މާގުޅޭ. މިކަހަލަ މީހުން ބަޠަލުންނަށް ހެދުން ކަމަކު ނުދޭ

  10. އާދަމުގެދަރި

    ކަމެއް ހާސިލުވޭތޯ މަސައްކަތްކުރުމަކީ މައްސަލައެއް ނޫން. އެކަމަކު ހާސިލުކުރަން އުޅޭ ކަމަކީ ތިމާއަށް އަރާއަރަފޯދިގެންވާ ކަމެއްތޯ ނުބަލައި ކަމެއް ހާސިލުކުރަން އުޅުމަކީ ޖާހިލުން ކޮށްއުޅޭ ކަމެއް. ރައީސް މައުމޫނަށް ވުރެ މަޝްހޫރުވުމަށް ރީކޯ މޫސައަށް ކުރެވޭނެ ކަމެއް ނޯންނާނެ. އެއީ ދުނިޔޭގައި އެންމެ ގިނަދުވަސްވީ އެއް ޔުނިވަރސިޓީ، އަލްއަޒްހަރު ޔުނިވަރސިޓީގެ ފަޚުރުވެރި ގްރެޖުއޭޓަކަށްވެފައި އެޔުނިވަރސިޓީން ނުކުތް އެންމެ މަޝްހޫރު ބޭފުޅާއޭ ބުނުމަކީ އެހެން ބޭފުޅުންނަށް ކުރެވޭ ބޭއިންސާފެއް ނޫން. އެ ޔުނިވަރސިޓީގެ ގްރެޖުއޭޓަކު ގައުމެއްގެ އެންމެ އިސްވެރިޔާގެ މަގާމު 30 އަހަރު ފުރިހަމަކޮށްފައި އަދި ދުނިޔޭގައި ފަތުވާނެރުއްވާ އެންމެމަތީ ދެތިން ހަތަރު މަޖިލީހުގެ މެންބަރެއްގެ މަގާމު ފުރުއްވާފައިނުވާނެ. އަދި އެއީ ދުނިޔޭގެ ސަމާލުކަމަށް ތިމާވެށި އެންމެފުރަތަ ގެންނެވި ހެޑް އޮފް ސްޓޭޓްވެސްމެ. އެއީ އަރަބި ދުނިޔޭގައި ތިމަންނާއީ މާލްދީފް މީހެކޭ ބުނީމާ އެއީ ކޮންތަނެއްކަން ނޭނގޭ އަރަބިމީހާ ގާތުގައި ތިމަންނާއަކީ މައުމޫން ކަންޓްރީ މީހެކޭ ބުނީމާ އެއީ ކޮންތަނެއްކަން ޢަރަބީންނަށް ދަސްކޮށްދިން މަޝްހޫރު ބޭފުޅެއް. މިހެން ލިޔަންވެއްޖެނަމަ ލިސްޓު ވަރަށް ދިގުވާނެ. މިހިރަ ކަންކަމަކީ ރީކޯއަކަށް މުޅިއުމުރު އުޅުނަސް ހާސިލުކުރެވޭނެ ކަންކަމެއް ނޫން. އެއީ ފެންވަރަކާއި އިލްމަކާއި ހުނަރަކާއި ގާބިލުކަމެއް ހުރެގެން ހޯދޭނެ ކާމިޔާބީ. އެފެންވަރު ނެތް މީހަކު ތިހެން ބުނުމަކީ ތިމާއަށް ތިމާއަކީ ކާކުކަން ނޭނގޭވަރަށް ޖާހިލުވެފައި ހުރިކަން އެނގޭ ކަމެއް.

  11. ގޯސް

    ބަލަ ކުއްކުރީމަ ޖަލަށްލާނޭ. ހިތުން ފިލްމުކުޅުމަކީ މާ މާތްކަމަކަށް ހަދައިގެންދޯމިއުޅެނީ. ލިބުނުގޮތަކުން ހޯދައިގެން ނުހައްގުމުއްސަދިކަން ހޯދައިގެން މިއީދެން މާ މަޝްހޫރުމީހެކޯ. ތިޔައީ އަބަދުވެސް ފައިސާ ފަހާދުވާމީހެއް.