ބަރަކާތްތެރި ރަމަޟާން މަހަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ތެރެއިން "ވަގުތު ބަދިގެ" މާދަމާގެ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ބައިވެރިވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މި ޕްރޮގްރާމްއަކީ ރަމަޟާން މަހަށް ހާއްސަކޮށްގެން "ވަގުތު" ފޭސްބުކް ޕޭޖް މެދުވެރިކޮށް ގެނެސްދޭ ލައިވް ޕްރޮގްރާމެކެވެ.

ކޮފީތަށި ރެސްޓޯރެންޓްގެ ހެޔޮހެދުންތަކާއެކު މި ޕްރޮގްރާމް ގެނެސްދެނީ ކޮންމެ ދުވަހެއްގެ މެންދުރުފަހު އެކެއް ޖަހާ އިރުއެވެ. މާދަމާގެ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވާ ޖާބިރަކީ ގިނަ ބައެއްގެ މަގުބޫލު ކަން ހޯދާފައިވާ ސިޔާސީ ބޭފުޅެކެވެ. ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު ކަން ވެސް ކުރައްވާ ޖާބިރު ފާހަގަވެފައި ވަނީ ބޮޑަށް ވާހަކަ ދެއްކުންތެރިކަމުންނެވެ. އާންމުންނަށް އޭނާގެ ގިނަ ވާހަކަތަކަކަކީ މަޖާ ވާހަކަތަކެކެވެ.

ކޮފީތަށި ރޯދަ މެނޫ

ރަމަޟާން މަހުގެ ހުކުރު ދުވަސްތަކުގެ އެޕިސޮޑްތަކުގައި ޚާއްސަ މެހެމާނެއް ބައިވެރިވާނެއެވެ. "ވަގުތު ބަދިގެ ސްޕެޝަލް އެޕިސޯޑް" ގެނެސްދޭނީ ކޮންމެ ހުކުރު ދުވަހެއްގެ މެންދުރުފަހު ދޭއް ޖަހާއިރުއެވެ. އެ އެޕިސޯޑްތައް ހުށަހަޅައި ދޭނީ އެ ދުވަހެއްގެ މެހްމާނެވެ.

ޖާބިރާ އެކު މާދަމާގެ ޚާއްސަ އެޕިސޯޑުގައި ބައިވެރިވާނީ ކޮފީތަށި ރެސްޓޯރަންޓްގެ ބާޓެންޑާ، މުހައްމަދު ހަސަން (ޔެލޯ) އެވެ.

މި ޕްރޮގްރާމްގެ ބޭނުމަކީ ރޯދަ ވީއްލާ ވަގުތަށް ފަސޭހަކަމާ އެކު ތައްޔާރުކޮށްލެވިދާނެ އެއްޗެއް ކޮންމެ ދުވަހަކު ވެސް ބެލުންތެރިންނަށް ގެނެސްދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ެއިބްރާ

    ކޮފީތަށި ރެސްޓޯރަންޓް ތީ ކޮންތާކު އިންނަ ތަނެއް. މެނޫ ވަރަށް ރަގަޅު.