މިދިޔަ ހޮނިހިރު ދުވަހު މުޅި ރާއްޖޭގައި ބޭއްވިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެތީގެ އިންތިހާބުގައި ކުރިމަތލި ކެންޑިޑޭޓުންގެ ތެރެއިން އިންތިހާބުވެފައިވެފައި ތިބި ފަރާތްތަކުން ހުވާކުރުން އޮންނާނީ އަންނަ މަހުގެ ތެރޭގައިކަމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ވިދާޅުވެއްޖެއެވެ.

އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފްް ވިދާޅުވީ، އިންތިހާބުވި ކައުންސިލަރުން ހުވާކުރުން މި ރަމަޟާން މަހަށް ފަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެެ.

އަދި ވަރަށް އަވަހަށް ކައުންސިލަރުން ހުވާކުރާނެ ތާރީހެއް އިއުލާންކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 އާއި ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ދެފަހަރަކު ފާސްކުރުމަށް ފަހު ތާރީހް ފަސްކުރިއެެވެ. އިންތިހާބުގެ ވަގުތީ ނަތީޖާ އަންނަ ހުކުރު ދުވަހުގެ ކުރިން އިއުލާންކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެެރޭގައި ދާއިމީ ނަތީޖާ އިއުލާންކުރުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.