ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވާ ނިސްބަތް މަދުވަމުންދާ ސީދާ ސަބަބެއް އަދި ބުނަން ނޭނގޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

މިހިނގާ އޭޕްރިލް މަސް ފެށުނު އިރު ދުވާލަކު ކޮވިޑް ރޭޓަށް ބަލާނަމަ ދުވާލެއްގެ މައްޗަށް 200 އަށް ވުރެ ގިނަ މީހުން އެ ބައްޔަށް ފައްސިވިއެެވެ. އެހެންނަމަވެސް ފަހުން މި ބައްޔަށް ފައްސިވާ ރޭޓް ވަނީ ދުވާލެއްގެ މައްޗަށް 100 އާއި 150 މީހުންނާއި ހަމައަށް ދަށް ވެފައެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި ދިމާކޮށް ކޮވިޑްގެ ވޭދަނަތައް އިތުރުވާނެ ކަމަށް ބެލެވުނު ނަމަވެސް ވޭދަނަތައް މިދުވަސްކޮޅު ވަރަށް މަދެވެ. ފާއިތުވި ހަފްތާއެއްހާ ދުވަސް ތެރޭ ކޮވިޑް ޖެހުނު މީހުންގެ އަަދަދު ވަނީ 90 އާއި 50 އާ ދެމެދަށް ދަށްވެފައެވެ.

އެޗްއީއޯސީގެ އޮފިޝަލަކު “ވަގުތު”އަށް ވިދާޅުވީ ކޮވިޑް ވޭދަނަތައް މަދުވާ ސީދާ ސަބަބެއް ނޭނގޭ ކަމަށެވެ. މިހާރު ވޭދަނަތައް މަދުވި ނަމަވެސް ރޯދަ މަހު މީހުން ގޭގެއަށް އެއްވާ ނިސްބަތަށް ބެލުމަށް ފަހު ކޮވިޑް ވޭދަނަތައް އިތުރުވުމުގެ ފުރުސަތު އޮތް ކަމަށް އެޗްއީއޯސީގެ އޮފިޝަލް ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު މިހާރު 100 އިން ދަށުގައި ހުރިއިރު ކޮވިޑުން ރައްކާތެރިވުމަށް މީހުން މާބޮޑު ސަމާލުކަމެއްދޭ މަންޒަރެއް ވެސް ނުފެނެްނަކަން ފާހަގަކޮށްލެވެއެވެ.

ފިހާރަތަކާއި، ކެފޭތަކާއި ރެސްޓޯރެންޓްތަކާއި، ޕާކްތަކާއި މައިޒާންތަކުގައި ގިނަ ބަޔަކު އެއްވެސް އުޅޭއިރު މާސްކް އެޅުމަށް ވެސް މާބޮޑު ސަމާލުކަމެއް މީހުން ނުދެއެވެ.

މިއަދު ރާއްޖެ އިން ކޮވިޑަށް ފައްސިވީ 85 މީހުންނެވެ. މީގެ ތެރެއިން 39 މީހަކު ކޮވިޑަށް ފައްސިވެފައި ވަނީ މާލެ ސަރަހައްދުންނެވެ.އަދި ރަށްތަކުން 38 މީހަކު ފައްސިވިއިރު، ރިސޯޓްތަކުން އަށް މީހަކު ފައްސިވެފައި ވެއެވެ.

ރާއްޖެއިން މިހާރު ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 25،844 އަށް އަރާފައެވެ.

މީގެ ތެރެއިން މިހާރު ބަލި ޖެހިފައި ތިބީ 2،627 މީހެކެވެ. އޭގެ ތެރެއިން 57 މީހަކަށް ދަނީ ހޮސްޕިޓަލްތަކުގައި ފަރުވާދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޢަޒު

    އަހަންނަން އިނގޭ ކީއްވެކަން ﷲ ހގެ ކުޅަދުންވަންތަކަން އެކަލާނގެ ކަމަކަށް އިރާދަ ކުރައްވައިގިނަމަ އެކަލާނގެ ނިންމުމެއް ބަދަލު ކުރެވޭނެ އެއްވެސް މީހަކު ނުހުންނާނެކަން އަހަންނަން އިނގޭ

    16
  2. މާމިގިލީ މީހާ

    މާމިގިލީގެ ގިނަ މީހުންގެ ގައެން ކޮވިޑްގެ އަލާމާތްތައް ފެންނަ އިރުވެސް.އެމީހުންގެ ޓެސްޓެއް ނުހަދާ. ކަރަންޓީނު ވާކައްވެސް ނާންގާ. ވަރަށް ދޯހަޅިކޮއް ކަންތައް ކުރަނީ ސިއްހީމަރުކަޒުން.

  3. ދިވެހިސޮރު

    ކަލޭމެނަށް އެނގޭ ކަމެއް ބުނެބަލަ

  4. އަހުމަދު ނީޒް

    އިތު ރުވާ ސަބަބު އެކަނި އެނގޭނީ. 1 ނަމާދު ކު ރުން. 2 އާމްދަނީ ހޯދަން މަސައްކަތް ކު ރުން. 3 ސައިކަލް ދުއްވުން.

  5. ގިރާވަރު

    ކޮއިޑް މަދުވަނީ މީހުންގިނައިން މީހުން ހެލިފެލިވީ ވަރަކަށް.

  6. ދޮންދީނާ

    އެއީ އިންތިހާބާއި ދިމާކޮށް މައިމޫނާ މެން ލައްވައި ކުޅުނު ކުޅިއެއްކަން އެންމެނަށްވެސް އެނގޭ. ލޮލް. ދެން މާ ނޫން ވެފައި.

  7. މިހާތަނަށް

    މަދުވަނީ އަލުން ގިނަވާން. އެއީ މިހާތަނަށް ފެނުނު ގޮތަކީ.