މާލެ ސަރަހައްދުގައި ކޮވިޑް ވެކްސިން ޖަހައިދޭ ސެންޓަރުތަކުގައި ގިނަ ބަޔަކު ކިއުގައި ޖެހެން ފެށުމާއި އެކު ވެކްސިން ޖަހައިދޭ ވަގުތު އިތުރުކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މީގެ ކުރިން ހަމަޖައްސާފައިވާ ގޮތުން ވެކްސިން ޖަހައިދިނުން ސެންޓަރުތަކުގައި ކޮންމެ ދުވަހަކު ދުވަހަކު ކުރިއަށް ގެންދަނީ ރޭގަނޑު 9:00 އިން 11:00 އަށެވެ. އެކަމަކު ވެެކްސިން ޖަހަން ބޭނުންވާ މީހުންގެ އަދަދު އިތުރުވެ ކިއުގައި ޖެހެން ފެށުމާއި އެކު އެ އެެޖެންސީ އިން ވަނީ ކޮންމެ ރެއަކު 11:45 އަށް ވެކްސިން ޖަހާ ވަގުތު އިތުރުކޮށްފައެވެ.

އެގޮތުން ސިނޮޕާރމް ވެކްސިންގެ ފުރަތަމަ ޑޯޒު 18 އަހަރާއި 60 އަހަރާއި ދެމެދުގެ، އެއްވެސް ވެކްސިނެއް ޖަހާފައި ނުވާ މީހުންނަށް ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލުން ރޭގަނޑު 21:00 އިން 23:00 އަަންނަނީ ޖަހައިދެމުންނެވެ.

އެޗްޕީއޭއިން ވިދާޅުވީ، ރޯދަ މަހު އެގަޑިތަކުގައި ވެކްސިން ޖެހުނު ނަމަވެސް، ރޯދަ މަހުގެ ފުރަތަމަ ދުވަހު ވެކްސިން ޖަހާ ސެންޓަރުތައް ބަންދުވާނެ ކަމަށެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް މިހާރު އަންނަނީ ދެެވަނަ ޑޯޒް ދެމުންނެވެ. މިވަގުތު މާލޭގައި ދެމުން އަންނަނީ ކޮވިޝީލްޑް ވެކްސިން، ސިނޮފާރމް އަދި ފައިޒަރ ވެކްސިނެވެ.

ކިޔުންތެރިންގެ ހިޔާލު