އަރިއަތޮޅުގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުން މަސްވެރިކަން ކުރާތީ އެންވަޔަރަމެންޓު ޕްރޮޓެކްޝަން އެެޖެންސީ (އީޕީއޭ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެެ.

މިކަން ހާމަކޮށް އީޕީއޭ އިން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވެފައި ވަނީ، ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރެއިން ހިފުމާއި، ބޭނުމާއި، ނެގުން މަނާ ބާވަތްތައް ހިފުމާއިގުޅޭ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނު 4/93ގެ ދަށުން ޙިމާޔަތްކުރެވިފައިވާ ސަރަޙައްދުތަކުން ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރެއިން ހިފުމާއި، ބޭނުމާއި، ނެގުމާއި، މެރުން މަނާ ބާވަތްތައް ހިފާ ކަމުގެ ޝަކުވާ މިއޭޖެންސީއަށް ލިބެމުންދާ ކަމަށެވެ.

މިގޮތުން އަރިއަތޮޅުގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުން، ރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދު ގެ ދަށުން ބޭނުން މަނާކުރެވިފައިވާ ކަނޑުގެ ދިރުންތައް ބޭނުމަށާއި ހިފުމަށް ބޭނުންކުރާ އާލާތްތަކާއި ބާނާފައިހުރި މަހުގެ ބާވަތްތައް ފެނިފައިވާކަމަށް އީޕީއޭއިން ވަނީ ހާމަކޮށްފައެވެ.

ތިމާވެށީގެ ޤާނޫނުގެ ދަށުން ޙިމާޔަތްކުރެވޭ ސަރަޙައްދުތަކަކީ އެސަރަޙައްދުގެ ދިރުންތަކާއި މާޙައުލުތައް ރައްކާތެރިކުރުމާއި އެކު އެސަރަޙައްދުގެ ޤުދުރަތީ މުއްސަނދިކަން ދެމެހެއްޓެނިވިގޮތެއްގައި ބެލެހެއްޓުމާއި އެކު ރައްކާތެރިކުރުމަށް ޙިމާޔަތްކުރެވޭ ސަރަޙައްދުތަކެކެވެ. އަދި މިފަދަ ސަރަޙައްދުތައް ޙިމާޔަތްކޮށް ބެލެހެއްޓުމަކީ، ރާއްޖޭގެ ތިމާވެއްޓަށާއި އިޤްތިސާދަށް އެކަމުގެ ސަބަބުން ގިނަގުނަ ފައިދާތަކެއް ލިބިދޭ ކަމެކެވެ.

"ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނު 4/93 ގެ ދަށުން ޙިމާޔަތްކުރެވޭ ސަރަޙައްދުތަކަކީ އެސަރަހައްދުތަކުގައި ކުރެވޭނެ ކަންކަމާއި އަދި ނުކުރެވޭނެ ކަންކަން ކަނޑައަޅާ ޙިމާޔަތްކުރެވިފައިވާ ސަރަޙައްދުތަކެކެވެ. ނަމަވެސް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޙިމާޔަތްކުރެވިފައިވާ ސަރަޙައްދުތަކުން، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދުގެ ދަށުން މަނާކުރެވިފައިވާ ބާވަތްތައް ހިފަމުންދާކަމީ މިއޭޖެންސީން ކަންބޮޑުވާކަމެކެވެ." އީޕީއޭ އިން ވަނީ ވިދާޅުވެފައެވެ.

ގަވައިދާއި ހިލާފަށް މިޔަރުގެ މަސްވެރިކަންކުރާ ފަރާތްތަކުން ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކަށްވަދެ، މިޔަރު ބާނަމުންދާކަމުގެ ޝަކުވާއާއި ރިޕޯޓްތައް ވެސް އެއެޖެންސީއަށް ދަނީ ލިބެމުން ކަމަށާއި، އެހެންކަމުން ޙިމާޔަތްކުރެވިފައިވާ ސަރަޙައްދުތަކުގައި ގަވާއިދާއި ހިލާފަށް މަސްވެރިކަންކުރާ ފަރާތްތަކާއި ދޭތެރޭ، ތިމާވެށީގެ ޤާނޫނުގެ ދަށުން، ފިޔަވަޅު އަޅާނެކަމަށް އީޕީއޭ އިން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަޖީބު އައްބާސް

    ހިމާޔައް ކޮއްފަ ހުންނަ ސަރައްދައް ޑައިވިން ކުރެވެންޏާ މަސްވެސް ބޭނޭނެ

  2. ނަފްސް

    މާތް ﷲ ދެއްވާ ޒިރުގު އެއީ ކަނޑުރޯދި، ދެން އެޔަވެސް ގާނޫނު ހަދައިގެން އުޅޭން ހެޔޮނުވާނެ މި އުޅެނީ އަނގަޔާ އަތާ ދިމާނުވެގެން އެހެންވީމާ ތިތަނުންވެސް މަސް ބާނައިގެން ކެއުން އެއީ މައްސަލައެއްނޫން.

  3. ބޯގަމާރު

    ދެރރ ރަކަމެއްނު މިދެން ﷲސވއލ ކަނޑުގަޔާ އެއްގަމުގަވަނީ އިންސާނުން ނަށްޓަކާ ލައްވާފައިވާ އެއްޗެހި ހަލާލުގޮތުގައި އެއިންކާބޮއި އުޅުމަކީ މައްސަލައެއްނޫން ކޮބާތަ މިޔަ ރު ފިފުމަކީ މައްސަލއެއްނޫން ދުނިޔޭގަ މިނޫނީ ނޯންނާނެ ހަލާލުކަންތަށް އަމިއްލަޔަށް ހަ ރާން ކޮށްގެން އުޅޭބައެއް ހިފަންވީ ބާނަންވީ މިތިނީ ކު ރާނެ މަސައްކަތެއް ކާންބޯން
    ކު ރާނެކަމެއްނެތިފަ ވަޒީފާތށް ގެއްލިފަ ﷲސވލ ގެ ރިޒްގްވަނީ އިންސާނުންނަށްޓަކާ ތަނަވަސްކޮށް ލައްވާފަ އެހަޒާނާ ހުހެއްނުވާނޭ މިޔަ ރު ނަގަންވީ ބާނަންވީ ކޮން ޕއއ މިމީހުންނަށްތ އިނގެނީ ކަނޑުގެ ހަޒާނާ ހު ރި ވަ ރު މިދެން ކޮންބައެއްތަ.