މާލެ ސިޓީގެ އިންތިޚާބީ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްްޒު މާލޭގެ މަގެއް މަތީ ހުރި މައްސަލައެއް ރިޕޯޓް ކުރުމުން އެ މައްސަލައަށް އެޓެންޑް ވާނެ ކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ.

އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ މާލޭގެ ސޯސަން މަގުގެ ޕޭމަންޓް ބަންދުވެ ނުހިނގޭ ގޮތަށް ޕޯސްޓަރެއް ވެއްޓިފައި އޮތް މަންޒަރު ހިމެނޭ ފޮޓޯއެއް ހިއްސާ ކުރައްވައިފައެވެ.

"އެ ތަނުން އެންމެނަށް ހިނގޭ ގޮތަށް، ވީ އެންމެ އަވަހަކަށް އެ ތަކެތި ނަގައިދޭނެ ކަމަށް އުއްމީދު ކުރަން،" މާލެ ސިޓީ ކައުންސިލްގެ ރަސްމީ ޓްވިޓާ އެކައުންޓް ޓެގް ކުރައްވައި މުއިއްޒު ކުރެއްވި ޓްވީޓްގައި ލިޔުއްވާފައިވެއެވެ.

މުއިއްޒުގެ ޓްވީޓަށް މާލެ ސިޓީ ކައުންސިލްގެ ރަސްމީ ޓްވީޓާ އެކައުންޓުން ޖަވާބު ވެސް ދީފައިވެއެވެ. އެ ޓްވީޓްގައި ލިޔެފައިވަނީ ވީ އެންމެ އަވަހަކަށް އެޓެންޑް ވާނެ ކަމަށެވެ.

ހަތް އަހަރުގެ މުއްދަތަކަށް މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި އިރު މާލޭގެ މަގުމަތި ވަރަށް ބޮޑަށް ބެލެހެއްޓިއެވެ. މި ގޮތުން މާލޭގެ މަގުމަތި ކުނި ކަހައި ސާފުކޮށް ބެލެހެއްޓުމުގެ އިތުރުން މި ގޮތަށް ދިމާވާ މައްސަލަތައް ހައްލު ކުރަން އެކި އިންތިޒާމުތައް ހަމަޖެއްސިއެވެ. މާލެ ފަޅުތެރެ ވެސް ވަރަށް ބޮޑަށް ސާފުކޮށް، ސިޓީ ކައުންސިލުން ދެކުނު ހުޅަނގު ބަނދަރު ކައިރީ ބެހެއްޓި ކުނިގޮނޑު ވެސް ނެގިއެވެ.

ކުރީގެ ރައީސް މުހައްމަދު ވަހީދު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓަރުގެ މަޤާމު ފުރުއްވި މުއިއްޒު މާލޭގެ މޭޔަރު ކަމަށް އިންތިޚާބު ވެފައިވަނީ ވޯޓް ލީ މީހުންގެ 60 އިންސައްތައަށް ވުރެ ގިނަ ވޯޓް ލިބިވަޑައިގެންނެވެ. އަދި މޭޔަރުގެ ގޮނޑި ހިމެނޭހެން ޕީޕީއެމްއަށް މާލެ ސިޓީގެ 14 ގޮނޑިއެއް ވަނީ ލިބިފައެވެ. މިއީ މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ ޕީޕީއެމްއަށް ލިބުނު ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޓ

    މިތިބީ މީހުންނަކީ....ބަޔަކާ ދިމާ ނުކޮށް ކަންކަމުގާ އިލްތިމާސް ކުރަނީ

    59
    3
  2. ބުރާންތި

    އަދި ރަސްމީކޮށް މަގާމާއި ހަވާލުނުވޭ. ނަމަވެސް މަސައްކަތް މިހާރުވެސް ފައްޓަވައިފި.
    މިއީ މާލޭރައްޔިތުންގެ ދިރިއުޅުން ބަދަލުކޮށްލާނެ ރަންބުރިއެއްފަދަ ބޭފުޅެއް.

    71
    5
  3. ބުރާންތިސް

    މިގައުމުގައި ހޭރި މީހުންނާއި ދިމާކޮށް އުޅެނީ ނުކިޔަވައިތިބި މީހުން. މަޖިލިހުގައިވެސް މިކަހަލަ މީހުން ވަރަށްގިނަ.
    ޢަންހެންވެރިން ޕީރިއަޑްވާތީ އެއީ ބަލައިނުގަނެވޭނެ ކަމެއްގޮތުގައި އެކަކު ސިފަކުރި. ދެން ހުރި 7 ފޫޓުގެ ދިގު ބޮޑު އަންހެނަކު ގާނޫނު އަސާސީއަށް ފައިންއެރި. ޢަދި މނޑފ ބޭކަލުންނަށް ފިނދަނަޔަށް ގޮވި.
    ޖާބިރު ކޮސްތަޅާއިރުވެސް ޑޮކްޓަރަށް ދައްކައިދޭން ދާނެ ފަަރާތެއް ނެތް. ޥޯޓް ނުލިބުނީމަ ޕޖ ލީޑަރ މިބުނަނީ އެއީ 3ބ ރުފިޔާ ވަގަށްނެގީމަ އަދީބު ދޫކޮށްލާފައި ބެހެއްޓިޔަސް ޔާމީން ޖަލުން މިނިވަން ކުރަން އުޅޭތީޔޯ ނުދިޔައީ. ނޭނގޭ މިކަހަލަ ކޮސްވާހަކަ ދައްލާ މީހުން ހުސް

    15
  4. އުގުރި

    އަޅުގަނޑުމެން މުއިއްޒު ހޯވީ މާލޭ މީހުންގެ ވަރަށްވެސް ބޮޑެތި އުއްމީދުތަ ކެއް ގުޅި ލާމެހިފައި ވާތީވެ. މުއިޒުއައް ވާނެ
    އިންޝާ ﷲ.

    40
    1
  5. ގުޑުގުޑާ

    މުއިއްޒަށް ތިކަންވެދާނެ އެހެންވެގެންނޭ އަހަރުމެން މުއިއްޒު ހޮވީ .

    20
  6. ނާޅި

    މުއީޒު ސަލްމާން ރަސްގެފާން މިސްކިތް ހުޅުވާ ދެއްވާ ވީހާވެސް އަވަހަށް ރޯދަމަހު މާލޭގައި ނަމާދު ކުރަން މިސްކިތް ތަކުގައި ވަރަށް ދަތި އުދަގޫ ޖާގަ ކުޑަކަމުން އަޅުކަން ފަސޭހައިން ކުރެވެންވާނެ !

    13
  7. އަހުމަދު

    މިފަހަރު މާލޭގެ ރައްޔިތުންގެ ތެރެއިން ވޯޓުލާން ނުކުން މީހުންގެ ތެރޭން ޕީޕީއެމްއަށް ތާއިދުކުރާ %90 ރައްޔިތުންވަނީ ވޯޓުލާފައެވެ. އެހެންނަމަވެސް އެމްޑީޕީ ކޯލިޝަން ސަރުކާރުގައި ރައްޔިތުން އެދޭ ބަދަލު ނުގެނެވޭތީ އެކަމާއި ހިތްހަމަނުޖެހިގެން އެމްޑީޕީއަށް ވޯޓުދޭން ބޭނުންނުވާތީ އަދި ޕީޕީއެމް ވޯޓުލާން ޖެހޭނެތީ ނުނިކުތީއެވެ. މީ އަޅުގަނޑުގެ ދިރާސާއެކެވެ. އެކަން ޔަގީންވަނީ ވޯޓުލީ މީހުންނާއި ވޯޓު ލުމުގެ ހައްގް ލިބިފައިވާ މީހުން އަދަދުން ވެސް ހާމަވާނެއެވެ.

    2
    3
  8. ރަސް

    ބެލެހެއްޓިލެއް ރަނގަޅުކަމުން ގިނަ މަގުތަކުން ހިނގާވެސް ނުލެވޭ. ހޮޅިތަކުން ފުރިފަ ނެތް ޕޭމަންޓެއް މާލޭގަ ނެތް މުއިއްޒު މިނިސްޓަރ ކަމުގަ. އެތައް މަގެއްގަ ކުނިފުނިފުންޏާ ގާފުނިފުނި އެތައް ދުވަހެއް ވަންދެން ހުރޭ. ވާރޭ ފޮދެއް ވެހުނިއްޔާ މަގުތަކުގަ އޮންނަނީ އެތައް އިރެއް ވަންދެން ފެން ބޮޑުވެފަ. ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެޔޭ ބުނާހެން ވަގުތަށްވެސް ތި ވީ.

    10
    • ހުރަސް

      އެހެންވީމާ މިފަހަރު ތިޔައޮތީ ނުރުހުމުގެ ލޮލަށް އައިބު ފެނިފާ.

  9. އަމީނީމަގުދައްތަ

    މާލޭ އަމީނީމަގު އެވިޑްކޮލެޖް ކައިރީގަ އެހިންގާ ގަރާޖުންވެސް ދުވާރު ހިފައިގެން އުޅެނީ އިނގޭތޯ؟ މީހަކަށް އެ ދުވާރަކުން ނުހިނގޭ އިނގޭތޯ؟