ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކޮވިޑް-19 އަށް ފައްސިވެފައިވަނީ ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ޖަހަމުންދާ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައި ވަނިކޮށް ކަން އެނގިއްޖެ އެވެ.

ހަމީދު ކޮވިޑަށް ފައްސިވިކަން ހާމަކޮށްފައި ވަނީ މިއަދު އެވެ.

ހަމީދު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ވަނީ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު އެވެ. އަދި ވްކްސިންގެ ދެވަނަ ޑޯޒް ޖަހާފައި ވަނީ މި މަހުގެ އަށް ވަނަ ދުވަހު އެވެ.

މިއީ ފުލުހުންގެ އިސް މަޤާމުތަކުގައި ތިއްބެވި އޮފިސަރުންގެ ތެރެއިން ކޮވިޑް-19 އަށް އޮފިސަރަކު ފައްސިވި ފުރަތަމަ ފަހަރެވެ.

ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު އޮތް ފުލުހުންގެ ބޯޑުގެ ބައްދަލުވުމުގައި އޭނާ ބައިވެރިވެވަޑައިގެންފައި ވަނީ ވާޗުއަލްކޮށް ކަމަށެވެ.

ވާޗުއަލްކޮށް ބައިވެރިވާން ޖެހުނު ސަބަބެއްގެ ގޮތުގައި ހަމީދު ވިދާޅުވީ، ކޮވިޑް-19 އަށް ފައްސިވުމުން އޭނާ މި ދުވަސްވަރު ހުންނެވީ ގޭގައި އެކަހެރިވެވަޑައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޢަޒު

    ﷲ އަކްބަރު މިކަމުން ވެސް އެނގިގެންދަނީ އިންސާނުންނަކީ ހުރިހާކަމަކަށް ކުޅަދާނަ ބައެއްނޫންކަން

    33
  2. ސާރާ

    ޥެކްސިނޭކިޔާފަ ގެރިގޮރު ޖަހަނީ

    23
    2
  3. މަނިކު

    ދެވަނަ ޑޯޒު ފުރިހަމަ ވާނީ ޑޯޒު ޖެހުމަށް ފަހު 14 ދުވަސް ވުމުން.. 14 ދުވަސް ނުވާނަމަ 1 ޑޯޒު ޖެހި މީހެކޭ ތަފާތެއް ނުހުންނާނެ..

    14
    9
    • .....

      ހެހެހެހެހެ....14 ދުވަސް ވެފަ ތިބި މީހުން ކީއްވެދެން ޕޮސިޓިވް ވަނީ...

      9
      1
      • މީ

        ސެކަންޑް ޑޯޒް ޖަހާފަ 14 ދުވަސް ވީ މީހަކު އަދި މި ރާއްޖޭގަ ނެތް!!

  4. އަހުމަދު

    އެކަމަކު ތިޔަ ވެކްސިނެއް ނުޖަހައިގެން ސަރުކާރުން އަހަރެމެން ކަރަށް މަޅި ބާރުކޮށް ދުއްތުރާ ކުރަމުން ދަނީ.

    26
    1
  5. ބޮޑާބެ

    ސީޕީ ގެ މުންސަދި ދިރިއުޅުން ދެއްކުމުގެ ފޮޓޯ އެއްބާ؟؟؟؟؟ ބޮޑުވަރު!!!

  6. ދިވެހިން

    ފޭކުވެކުސިން ތަކެއްދޯ އިންޑިއާމީ ހުންދިނީ ؟

  7. ާަަަުުބިސް

    ކުރިންވެސް އަޅުގަނޑުމެން ބުނީމެއްނު ތިޔައީ އަޖުމަބެލުމަށް ޖެހި ވެކުސިނެކޭ ރާއްޖޭގެ ރަށްޔަތުން ނަށް ދިނީ ފޭކު ކޮންޓެއިނާ ވެކުސިންތަކެއް ސޯލިހު މިކަމުގެ ޒިންމާއުފުލަންޖެހޭނެ ހަނދާންކުރާތި ކަލެޔަށް 1 ދުވަސް ރަށްޔަތުންނަށް ހާސްދުވަސް..