ފައިޒާ ވެކްސިން ޖެހުމަށް ރަޖިސްޓްރީވެފައިވާ މީހުން، ގަޑިއަށް އެޕޮއިންޓްމަންޓަށް ދާން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެދެފިއެވެ

އެޗްޕީއޭ އިން މާލެ ސަރަހައްދުގައި ތިބި މީހުންނަށް ފައިޒާ ވެކްސިން ދޭން ފެށީ މިދިޔަ އާދީއްތަ ދުވަހުން ފެށިގެންނެވެ.

އެޗްޕީއޭ އިން މިއަދު ވިދާޅުވީ، ފައިޒާ ވެކްސިން ޖެހުމަށް ރެޖިސްޓްރީވެފައިވާ ފަރާތްތަކުން، ގަޑިއަށް އެޕޮއިންޓްމަންޓަށް ދާން އެދޭ ކަމަށާއި، އެއީ ގަޑިއަށް ވެކްސިން ޖަހަން ނުދާނަމަ ވެކްސިން އުކާލަން ޖެހޭ ކަމަށެވެ.

"ވެކްސިން ފުޅި ހުޅުވާފައި އިންނަތާ ހަގަޑިއިރު ތެރޭގައި ވެކްސިން ޖަހަން ޖެހޭނެ، އަދި ގަޑިއަށް އެޕޮައިންޓްމެންޓަށް ނުދާނަމަ އެ ފުޅި ޖެހޭނީ އުކާލަން".

މިއީ ވެކްސިންގެ ޑޯޒްތައް ބޭނުން ނެތި އުކާލަން ޖެހޭ ކަމެއް ކަަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

މި ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ 16 އަދި 17 އަހަރުގެ ކުދިންނާއި 60 އަހަރުން މަތީގެ މީހުން ތެރެއިން ދިގުމުއްދަތަކަށް ދާއިމީ ބައްޔަށް ބޭސްކުރާ ފަރާތްތަކަށަށާއި، 18 - 60 އަހަރާއި ދެމެދުގެ ދިފާއީ ނިޒާމް ބަލިކަށިވެފައިވާ ހާއްސަ ހާލަތްތަކުގައިވާ ފަރާތަކަަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު