ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އެކަން ރައީސް އޮފީހުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ރައީސް އޮފީހުން ވިދާޅުވީ، މެޑަމް ފަޒްނާ ކޮވިޑަށް ފައްސިވެފައިވާ ކަމަށާއި، އެކަމަނާގެ ހާލުކޮޅު ރަނގަޅު ކަމަށެވެ.

އެކަމަނާ މިހާރު ހުންނެވި އެކަހެރިވެވަޑައިގެން ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ރައީސް އޮފީހުން ވިދާޅުވީ، ރައީސް ސާލިހް އާއި ދަރިކަލުންނާއި ދަރިކަނބަލުން ކޮވިޑަށް ނައްސި ކަަމަށެވެ.

ފަޒްނާ ކޮވިޑަށް ފައްސިވިއިރު އެކަމަނާ ވަނީ ކޮވިޑް ވެކްސިންގެ ދެޑޯޒް ޖައްސަވާފައެވެ. ނަމަވެސް ވެކްސިންގެ ދެވަނަ ޑޯޒް ޖެއްސެވިތާ އަދި ދެހަފްތާއެއް ނުވެއެވެ. ރައީސް ސޯލިހް ވެސް ވަނީ މިހާރު ވެކްސިންގެ ދެޑޯޒް ފުރިހަމަ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ކެތި

    ދެޑޯޒްފު ރިހަމަނުކު ރައްވަނީތޯ ؟،

    16
    2
    • ދީދޯ

      ހަމީދު ސޯ އާއި ދެމީހުން ބައްދާލު ވީ ތޯ؟؟

      4
      1
    • ގަމާރުކަންމަތީ އަބަދަށް

      ބަލަ އެވަރަށް ކިޔާއިރުވެސް ސިކުނޑިން ވިސްނާކަށް ހިޔާލެއް ނުކުރަން ދޯ. އެކިޔަނީ ދޯ ވެކްސިން މިޖަހަނީ ބަލި ޖެހިއްޖެނަމަ ތިމާޔަށް ވާވަރު ކުޑަ ކުރާށޭ. މިހާތަނަށް ހެދި އެއްވެސް ކޮވިޑު ވެކްސިނަކުން ބަލި ނުޖެހޭނެ ކަމުގެ ޔަގީން ކަމެއް ނެތޭ. އަނެއްކާ މިވެކްސިންތަކުގެ ބާރުވެސް ހަށިގަނޑުގަ ހުންނަނީ ވަކި ދުވަހަކަށޭ. އެކަމަކު މިވަގުތަށް އޮތް ހަމައެކަނި ހައްލަކީ މިއޭ

  2. ދޮންދީނާ

    "ގެޓް ވެލް ސޫން، ފަޒްނާ"
    ސިޔާސީ ގޮތުން އެއްބަޔަކު އަނެއްބަޔަކާއި ހިޔާލު ތަފާތުވިޔަސް، އެއްވެސް އިންސާނަ ކަށް ބަދު ދުއާކުރާކަށް އަދި ދެރަގޮތެއް މެދުވެރިވުމަށް އެދޭ ކަށް ނުވާނެ. ޢެބަޔަ ކު ކުރި ކަމެއް އެބަޔަ ކަށް. މާތްﷲ ފަޒްނާ އަށް އަދި ކޯވިޑްއަށް ފައްސިވެފައިވާ އެންމެނަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި. ޢާމީން!

    25
    6
  3. ގެރި

    މިވެސް ހަބަރެއްތަ.. ދުވާލަކު 100 ވަރަކަށް މީހުން ފައްސިވޭ

    25
    8
    • ބަކަރި

      ގެރިޔަކީ ބުއްދި ހުންނަ އެއްޗެއް ނޫން. އެހެންވެ ނުވިސްނެނީ ކަމަށް ވެދާނެ. ކިތަންމެ ހިތްހަމަ ނުޖެހުނަސް ތިޔަ ބުނާ 100 މީހުންނާ ޤައުމެއްގެ މަހާރެހެންދިއާ ތަފާތުވާނެ.

      • ކެހެރި ނުފަޅާ ބަކަރި

        އެމްޑީޕީ ގުންޑޭއިން ކިތަންމެ މޮޅެތި ކޮމެންޓް ލިޔުނަސް ވެންޓިލޭޓަރުތައްކާލާ މި ސަރުކާރުން ކުރި ވައްކަންތަކެއް ހަނދާނެއް ނުނެތޭން

      • މަސް

        އެމްޑީޕީ މީހުން ދެކޭ ގޮތުގަ ރައްޔިތުންނަށް ވަކި ގޮތެއް، ބޮޑުންނަށް ވަކި ގޮތެއް

  4. ގެެރިމަސް

    ދެން އަހަރުމެނަށް ކޮންކަމެއް

    4
    1
  5. ހާޝިމް

    ޝުކުރިއްޔާ ރައީސް، ކޮވިޑު ކޮންޓްރޯލް ކުރައްވަން ކުރައްވާ ހިތްވަރަށް.. އަދިވެސް ކައިރީގަ ތިބެގެން ވޯޓުލާންވީ.. މަންމަ މަރުވީމަ މޫނުނުބެލުނަސް ސިޔާސީ ކަންކަން މާ މުހިންމު

    • ޤައުމު

      މަންމަޔަކީ ހިނގާ ބަލަމާ އެންމެ ގިނަވެގެންވެސް 100 މީހުންނާ ގުޅުންހުރި މީހެއްކަމަށް ބަލަން. އެކަމަކު ވޯޓަކީ އެތައްސަތޭކަ ބަޔަކާ ގުޅުންހުރި ކަމެއް. އެހެންވީމަ މުހިންމީ މަންމަތަ؟ ޤައުމުތަ؟ ހަމަ އެކަނި ތިމާއާ ދޭތެރޭ ވިސްނާމީހުން އުޅޭތީ ޤައުމެއް ހަލާކުވަނީ. ތިމާޔަށް ކެވެނިކޮށް ނިމުނީ.

  6. ހަމީދު

    އެމްސީ އާއި މީނަ ޕޮސިޓިވް ވީ އެއްޕާޓީއަކުންތަ.

    • އެމްސީ

      އާ ތިގޭގަ ބޭއްވި ޕާޓީން