ލޯކަލް ކައުންސިލް އިންތިހާބުގައި ހުޅުމާލެ ދާއިރާގެ ގޮނޑި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު އާއި ބައްދަލުކުރައްވާ އޭނާ އަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން އެމްޑީޕީގެ ކެންޑިޑޭޓު އަދި ކުރީގެ ރާއްޖެ ޓީވީގެ ނޫސްވެރިޔާ ރިޒްނާ ޒަރީރް ދެއްވައިފިއެވެ.

ރިޒްނާ ވަނީ އޭނާގެ ޓްވިޓާގައި އޭނާ އާއި ޝުޖާއު އާއި ރޯދަވީއްލުމެއްގައި ބައްދަލުކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް ހިއްސާކުަރައްވާފައެވެ. އަދި އުންމީދަކީ ޝުޖާއުގެ ކައުންސިލްކަމުގައި ހުޅުމާލޭ ރައްޔިތުންގެ އުންމީދުތައް ހާސިލްވުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ހުޅުމާލޭގެ ރައްޔިތުން އެދޭ ބަދަލު ޝުޖާ ކައުންސިލް ކަމުގައި ހުންނަަވައިގެން ހޯދައިދެެއްވާނެ ކަމަށް އުންމީދު ކުރަން. އަޅުގަނޑުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ" އޭނާ ކުރި ޓްވީޓެއްގައި ވިދާޅުވިއެވެ.

ޝުޖާއު އެ ގޮނޑި ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުން ކަމަށް ވާއިރު މިއީ އެމްޑީޕީ އިންވެސް ކާމިޔާބު ކުރަން ވަރަށް މަސައްކަތް ކުރި ގޮނޑިއެކެވެ. އެހެންކަމުން މިއީ ޕްރޮގްރެސިވް ކޯލިޝަން އަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް އެ ފަރާތްތަކުން ފާހަގަކުރެއެވެ.

ޝުޖާއުއަކީ މިދިޔަ ރައްޔިތުންގެ މަޖިލިހުގެ ދައުރުގައި ބާރަށު ދާއިރާގެ މެމްބަރު ކަން ކުރެއްވި ބޭފުޅެކެވެ. މިދިޔަ މަޖިލިސް އިންތިހާބުގައި ވެސް ޝުޖާއު ދެ ވަނަ ދައުރަކަށް އެ ދާއިރާގެ ގޮނޑިއަށް ވާދަކުރެއްވި ނަމަވެސް އިންތިހާބުން އޭނާ ވަނީ ނާކާމިޔާބީއާ ކުރިމަތިވެވަޑައިގަތެވެ.

އޭގެ ފަހުން ވެސް ޕީޕީއެމް/ޕީއެންސީގެ ކުރީ ސަފުން ޝުޖާއު ފެނިގެންދެއެވެ. އެގޮތުން ސަރުކާރު ޒިންމާދާރު ކުރުވުމަށް ކުރިއަށް ގެންދާ ތަފާތު ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން އޭނާ ދަނީ އިސްދައުރެއް އަދާކުރައްވަމުންނެވެ .ހާއްސަކޮށް މާލޭގައި ބޭއްވި ބައެއް މުޒާހަރާތައް އޭނާ ލީޑް ކުރެއްވިއެވެ.

މިދިޔަ ކައުންސިލް އިންތިޚާބުގައި ޝުޖާއުގެ އިތުރުން މާލޭގެ މޭޔަރު ކަމުގެ ގޮނޑި ކަށަވަރުކޮށްފައި ވަނީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. އަދި މާލެ ދާއިރާގެ މުހިންމު ބައެއް ގޮނޑިތައް ވެސް ހޯދާފައި ވަނީ ޕީޕީއެމްގެ ކެންޑިޑޭޓުންނެވެ.

މިއީ، ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލަރުން އިންތިހާބުކުރަން ފެށިތާ 10 އަހަރުގެ ތެރޭގައި މިހާ ގިނަ ގޮނޑިތަކެއް ޕީޕީއެމަށް ލިބޭ ފުރަތަމަ ފަހަރެވެ. މީގެކުރިން މާލޭގެ ރައްޔިތުން މުޅީން ހެން މެޖޯރިޓީ ދީފައި ވަނީ އެމްޑީޕީއަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޒުހުރާ

    ސިވިލައިޒްޑް ސޮސައިޓީ ތަކުގަ އިލްމީ މީހުންގެ ގޮތަކީ ތިއީ. ރައްޔިތުން މުހިންމުވާނީ. ގައުމަށް ގެއްލުމެއް ނުދޭނެ. ނެކްސްޓް ޓައިމް ރިޒްނާއަށް. އަޚްލާގް ސުލޫކް އެތިކްސް އިންޓެގްރިޓީ ފެއަރނެސް އަދި ޖަސްޓިސްއަށް މަސައްކަތް ކުރައްވާ.

    31
    3
  2. ކޮވިޑް

    ތީ އަސްލު ހަޤީޤީ ޑިމޮކްރަސީ އަކީ، އުމްނީދު ކުރަން ރިޒްނާ ވެސް އަންނި އަށް ނުވާނެ ކަމަށް މާނައަކީ އަންނި ކުރަން ބުނެފިޔާ އެކަމެއް ނުކުރާނެ ، ނުކުރަން ބުނެފިތަ އެކަމެއް ކުރާނެ. އެހެން ނުވެ ރިޒްނާ ކުރިޔަށް ގޮސްފިިނިމަ ބެލެވޭނީ ސިޔާސީ ކުރިމަގު އޮތް ކަންބަލެކޭ .

    32
    2
  3. އޮޅުވާލި ވޯޓު

    ދެންކަމަނާވެސް އެމްޑީޕީ ދޫކޮއް ޕީަޕީއެމް އާގުޅިވަޑާގަންނަވަންފެނޭ

    23
    7
    • ޑަބިޔާ

      އޭނަ ޕާޓީ ބަދަލް ކުރާ ކަށް ނުވެ ޖެހޭނެ. އޭނަ އެދެއްކީ ވަރައްވެސް ރީތި މިސާލެއް. ރައްޔިތުން ވޯޓްލާގެން ހޮވީމަ މަސައްކަތް ކުރަންވާނީ ރައްއިތުންނައް ޕާޓީ އަކަށް ނޫން

  4. ތުރިޕުލްައެލް

    ކަމޯން ސުޖާ

    18
    3
  5. އައްޑޫ ޝަކުވާ ބޯޓު

    ނަޒާހަތު އަކީ ވަގުތުގައި އުޅޭ އެންމެ ބެސްޓް ލިޔުންތެރިޔަާ ކަމަށް އަބަދުވެސް ފާހަނގަ ކުރެވޭ. ޙަމަ ގައިމުވެސް މައި ފޭވަރިޓް.! ބަސްތަށް އަތުރާލެވިފައި ހުންނަ ގޮތް ވެސް ވ ފުރިހަމަ. ވޮކޭބްލަރި އަދި މައުލޫމާތުގެ ހަޒާނާވެސް މުއްސަނދިކަމަށް ފާހަނގަކުރެވޭ. ނަޒާހަތުގެ ކޮންމެ ލިޔުމެއްވެސް ހަމަ ވ ކިޔާލާހިތުން ކިޔާލެވޭ. ޓައިޕިން މިސްޓޭކްވެސް ނުހުރޭ. ޙަގީގަތުގައިވެސް އަޅުގަނޑުމެން ކިޔުންތެރިންނަށް ނަޒާހަތު ފާހަނގަކުރެވެނީ ވ ގަޔާވެގެން ފަރުވާތެރި ކަމާއިއެކު މަސައްކަތްކުރާ ކުއްޖެއްކަން.
    މި ރޯދަމަސް ތެރޭގައި ނަޒާހަތުގެ ތަފާތު އަދި އިންފޯމޭޓިވް އާރޓިކަލްތަށް އަޅުގަނޑުމެން ކިޔުންތެރިންނަަަށް ކިޔާލަން ލިބޭނެ ކަމަށް ވ އުއްމީދު ކުރަން. ކީޕް އަޕް ދަ ގުޑް ވޯރކް!
    -Ramadan Mubarak-

    2
    1
  6. ޟަރީރު

    ކޯއްޗެއް މީ ދެން. ބޮޑުތަނުން ބަލިވީމާ ގަންނާކުރެއްވި ލަދުން ކިޔާނެ އެއްޗެއް ނޭނގިގެން އޮޅިގެން ތޯއްޗެއް އެހެން ބުނެވުނީ

  7. ކަތްދަ އަހްމަދު

    ކޮށްކޯ ގައުމާ ދީނުގެ އަދުއްވުންނާއެކުއުޅުން ހުއްޓާލާފަ އާފެށުމަކުން ފައްޓާ...

  8. ބުއްޅަ

    ތީގައި ރިޒްނާ، ޝުޖާ އަށް ދޭންޖެހޭ އެއްބާރުލުމެއް އޮތް ކަމަކަށް ނުދެކެން. ރިޒްނާ ދެން ތީ ކާކު މިހާރު.

    4
    1
  9. ބެލާ

    ސުޖާއަކީ ވަރަށް ފޫހިވާ މީހެއް.