ކޮވިޑް-19 ވެކްސިން ޖެހުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެކޮޅު ނުހައްދަވާ ކަމަށާއި އެމަނިކުފާނު ވެކްސިން ޖެއްސެވުމަށް ދެކޮޅު ހެއްދެވިކަމަށް ވިދާޅުވެ ކަރެކްޝަނަލް ސާވިސް އިން މީޑިއާތަކަށް މައުލޫމާތު ދެއްވީ އެމަނިކުފާނު ބަދުނާމުކޮށް އެމަނިކުފާނުގެ އަގު ވައްޓާލުމަށްޓަކައި ކަމަށް ޤާނޫނީ ވަކީލުން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ޤާނޫނީ ވަކީލުން މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރައީސް ޔާމީންގެ އެދިވަޑައިގަތުމުގެ މަތިން ކޮވިޑް ވެކްސިން ޖެހުމަށްޓަކައި އެމަނިކުފާނު ރޭގެ ވަގުތެއްގައި މާލެ ގެނައުމަށްކަމަށް ބުނެ މާފުށީ ޖަލުން ފުރި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ލޯންޗު މާލޭ އުތުރު ފަރާތު 01 ނަންބަރު ޖެޓީ ސަރަޙައްދު ބޭރުގައި، ޓްރާންސްޕޯޓް ހަމަނުޖެހޭ ކަމަށް ބުނެ، އެތައް އިރެއް ވަންދެން ދުއްވާލަ ދުއްވާލަ އޮތުމަށްފަހު މާލޭ ޖަލު ކައިރީގައި ވެސް އެތައް އިރަކު މަޑުކޮށްގެން އޮތުމަށްފަހު ވެސް ޓްރާންސްޕޯޓު ހަމަޖެހިފައިނުވުމުގެ ސަބަބުން ވެކްސިން ޖެހޭގޮތް ނުވެ، އެމަނިކުފާނު މާލެއަށް ވެސް ބޭލުމަކާއި ނުލައި، އެންމެ ފަހުން އެނބުރި މާފުށީ ޖަލަށް ގެންގޮސްފައިވަނީ އެއްވެސް ހާލެއްގައި ރައީސް ޔާމީން ވެކްސިން ޖެހުމަށް އިންކާރު ކުރައްވާފައިވާތީ ނޫން ކަމަށެވެ.

ވަކީލުންގެ ބަޔާނުގައި ވިދާޅުވީ އެގޮތަށް ކަންހިގާފައިވަނީ ވެކްސިން ޖެހުމަށްޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމުތައް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިހުމާލުން ހަމަޖެހިފައިނުވާތީއެވެ. "އެމަނިކުފާނާއިމެދު އިހުމާލު ވުމަށްފަހު، ވެކްސިން ނުޖެހި އެނބުރި ދާންޖެހިފައިވަނީ އެމަނިކުފާނު ވެކްސިން ޖެހުމަށް އިންކާރު ކުރައްވާފައިވާތީ ކަމަށް ބަޔާންކޮށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ނޫސްތަކަށް މަޢުލޫމާތު ދީފައިވުމަކީ ސީދާ އެމަނިކުފާނު ބަދުނާމުކޮށް އެމަނިކުފާނުގެ އަގު ވައްޓާލުމަށްޓަކައި އެ ސަރވިސް އިން ހިންގާފައިވާ ހުތުރު ޢަމަލެކެވެ." ވަކީލުންގެ ބަޔާނުގައި ވިދާޅުވިއެވެ.

ރައީސް ޔާމީން ރޭ މާލެ ގެނެސްފައި ވަނީ އެމަނިކުފާނުގެ އާއިލާއަށް ވެސް އަދި ވަކީލުންނަށް ވެސް އެނގުމަކާއި ނުލައި ކަމަށް ވިދާޅުވެ ވަކީލުން މިއަދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. އެޖެންޑާ ބަކަރި

    ރައީސް ޔާމީން ގެނެސްދެއްވި ތަރައްގީ ނުގެނެވޭތީ މޮޔަވެގެން އުޅޭ ބައިގަނޑެއް

    14
    1
  2. ބުރާންތި

    މިހާރުދެން މިދާވަރުން އެބަ ހޫނުވޭ. ފިނި ކޮށްލަން ބޮޑުފާލަން ދޮށަށް ދާންވީ ކަންނޭނގޭ

    14
  3. ކުޑަތަކުރު

    މަނިކުފާނައް ބާއްޖަވެރި މުސްތަޤުބަލްއަކާއި ދިގުޢުމުރުފުޅެއް ދެއްވާށި އާމީން. މިސަރުކާރުން މަނިކުފާނައް ކުރާއނިޔާއާއި
    ޛެއްސުން ހަރުކަށި ޢިބާރާތުން ކުއްވެރިކުރަން ހަމައެއާއެކު މަނިކުފާނު މިނިވަންކުރުމައްވެސް ގޮވާލަން އިންޝާﷲ ލަސްތަކެއްނުވެ މަނިކުފާނު މިނިވަންވެ އަޅުގަޑުމެންނައިގެން ކުރިޔައްވަޑައިގަންނަވާތަން ފެންނާނެ

    15
  4. ދޯދި

    ހަންދާންކުރާތި ތި ކުޅެވެނީ ލެޔާ، ވެރިކަމުގަ ތިބެން ބޭނުމިއްޔާ މައިތިރި ވޭ

    14
  5. Anonymous

    ހާދަހާވާ ނުލަފާ ދޮގުހަދާ ބަޔެކޭ މި ސަރުކާރުގަ އުޅެނީ. އެހެރީ ޖަލަަށްލާފަ. އެވަރު ނުވެގެން އަބަދު ދޮގު ހަދައިގެން އަގުވެއްޓޭތޯ މި ބަލަނީ. ހޭބަލިވެފަ ތިބި ބައެއްތަ އަޅެ މީ. އެކަމު އެންމެ ބާރަށް އަނގަފުޅާކޮށްފަ ބުނާނެ ރައީސް ޔާމީން ދެކެ ބިރެއް ނުގަނެއޭ. ހުވާ މިބުނީ.ހަމަޔަކުނޫންތިބެނީކީ

    15
  6. 😂

    ޙަހަހަހަހަ 😂😂 ޔާމިން ދޮގުހަދަނީ

    3
    8
    • Anonymous

      ހަހަހަ. އެއީ އަންނި އެއް ނޫނޭ. ހަހަ

  7. އާސިދާ

    މި ކަރެކްސަންމީހުން ކީއްވެބާ އެވަރައް އެ ފުއްޕަނީ

    13
  8. ޅަވިޔަނި

    ﷲ އިރާދަ ކުރެއްވިއްޔާ މިވެރިކަންނިމިގެން ދާނީ. ޢަނިޔާވެރި ވެރިކަމެއް މަކަޜާހީލަތުގެ ވެރިކަމެއްގެ ގޮތުގައި. . ޢާޚިރުވައި ޞާލިހު ވެސް ނަޝީދު މަގުން ކުޑަގޮޅިއަށް އެއްލާލާނެކަން ހަނދާންކުރަންވާނެ.

    17
  9. އަލްޖިބްރާ

    ވައްކަމެއްވެސް ނުކުރޭނު ؟ އެއީވެސް ދޮގު ! ގަޑުވަރެއްވެސް ނުހަދާ ؟ އޭނާ އެއީ މިހާރު ހަމަ ހުދު ކާފޫރު !

    1
    12
  10. ސަގަރުނާލު

    ސޯލިހޫ ކަލެޔަށްވެސް މިބަލާވެރިކަން ދަށްކުވާނަން ދުނިޔޭގައި ކަލޭހުރިނަމަ މިކަން ކަލެޔަށް ފެންނާނެ ހީނުކުރާތި ކަމެއްކުރާކަށް ނުކޭރޭނެޔޭ .

  11. ކަރުނަޔާނުލާ

    ސޯލިހޫ ކަލެޔަށް ކުޑަގޮޅި ތަށްޔާރީ ހާލަތުގައި އެބަހުރި ވަރަށްއަވަހަށް ދާންޖެހޭނެ އިންޝާ ﷲ...

  12. ބީރުމީހާ

    ވެކްސިން ޖަހަން ކޮންމެހެން ގެންނަން ޖެހޭތަ މާލެއަށް ވިސްނާލާ މަކަރު މަކަރު މާފުށިން ވެސް ވެކްސިން ޖެހޭނެ

  13. ނާރު

    ވެކްސިން ޖަހަން ކޮންމެހެން ގެންނަން ޖެހޭތަ މާލެއަށް ވިސްނާލާ މަކަރު މަކަރު މާފުށިން ވެސް ވެކްސިން ޖެހޭނެ ދޮހުވެރިން