އަތަރަކީ ހަމައެކަނީ މުސްކުޅިން ނުވަތަ ދީނީ އިލްމުވެރިން ލުމަށް ހުންނަ އެއްޗެއް ކަމަށް ދެކޭ މީހުން ވަރަށް ގިނައެވެ. ނަމަވެސް އެއީ "ބޯދާ" ވާހަކައެއްކަން ހާމަވެގެންދަނީ އަތަރަށް ޒުވާނުންގެ ފަރާތުން ލިބޭ ބޮޑު ތަރުހީބުގެ ސަބަބުންނެވެ. އަތުން ބޮޑު ހޭދައެއް ނުކޮށް ހަށިގަނޑުން ނުވަތަ ގައިން މީރުވަސް ދުއްވަން ބޭނުން ނަމަ އަތަރަކީ އެފަދަ ދެވަނައެއް ނެތް އެއްޗެކެވެ.

އަތަރަކީ ދިވެހިންގެ ތެރޭގައިވެސް ވަރަށް އާންމު އެއްޗެކެވެ. ނަމަވެސް ދިވެހިންގެ އަމިއްލަ އަތަރު ޕްރޮޑަކްޓެއް ނުވަތަ ދިވެހިންގެ އަމިއްލަ އަތަރު އުފެއްދުމެއް ދިވެހިންގެ ތެރެއަށް ތައާރަފްވެފައި މިވަނީ ދާދި ފަހުންނެވެ. އާދެ އެއީ "އޫދު އަލް ސަބަޔާ" އެވެ.

އަރަބި އަދި ޕާފިއުމް އަތަރު ވިއްކުމަށް ހާއްސަ "އޫދު އަލް ސަބަޔާ" އިން ދިވެހިންގެ އަމިއްލަ އަތަރު އުފެއްދުންތަށް ލިބިގެންދާނެއެވެ.

އެގޮތުން އެ ފިހާރައިން 50 ވުރެއް ގިނަ އަތަރުގެ ބާވަތްތަށް ވިއްކާއިރު އޭގެ ތެރެއިން 9 ބާވަތަކީ ދިވެހިންގެ އަމިއްލަ އުފެއްދުމެވެ. އަދި އެ ފިހާރައިން ވިއްކާ ދިވެހިންގެ އަމިއްލަ އަތަރުތަކުގެ ތެރެއިން ސިލްކް ވޫޑް އަދި ލޭޑީ ސަބާޔާ އަށް ބޮޑު ތަރުހީބެއް ލިބެމުންދާއިރު އެ ފިހާރައިން ވިއްކާ ހުރިހާ އަތަރަކީ ކޮންމެ އުމުރުފުރާއަކަށްވެސް ބޭނުން ކުރެވިދާނެ އަތަރެވެ.

މީގެ އިތުރުން "އޫދު އަލް ސަބަޔާ" އިން ލިބެން ހުންނަ އަތަރަކީ ދިވެހިންނާއި ގުޅޭ ވަރަށް ހާއްސަ ވަހެއް އެކުލެވިގެންދާ އަތަރެކެވެ. އަދި އެ އަތަރަކީ ގިނަ އިރުތަކެއް ވަންދެން އަތަރުގެ ވަސް ފަޑުވުމެއް ނެތް ގޮތުގައި ހުންނަ އަތަރެއްވެސް މެއެވެ.

" އޫދު އަލް ސަބަޔާ" އިން ވިއްކާ އެއްވެސް އަތަރަކުން އެއްވެސް ސައިޑް އެފެކްޓެއް ނުލިބޭއިރު އެ އަތަރަކީ ރާއްޖޭގައި ވިއްކާ އެންމެ ފެންވަރު ރަނގަޅު އަތަރެވެ.

އޫދު އަލް ސަބާޔާގެ އަތަރު- ވަގުތު އިމޭޖަސް: އަޝްހާދު އަބްދުﷲ

"އޫދު އަލް ސަބަޔާ" އިން ވިއްކާ އަތަރުތަށް އުޅޭނީ 30-440 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައެވެ. އަދި އަތަރު ޕާފިއުމެއް ކަމަށްވާ ލޭޑީ ސަބާޔާ އަދި ސިލްކް ވޫޑް ލިބެން ހުރީ 650-1000 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައެވެ.

އޫދު އަލް ސަބަޔާ އިންނާނީ މާފަންނު، މިރިޔަސް މަގުގައެވެ. އިތުރު މައުލޫމާތު ހޯދުމަށް ގުޅުއްވާނީ 9996585 ނަންބަރު ފޯނަށެވެ.

"އަނަސްގެ ފާނުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ނަބިއްޔާ ސައްލަﷲ އަލައިހު ވަސައްލަމައަށް އަތަރު ހުށައެޅިއްޖެނަމަ، އެކަލޭގެފާނު އެ ރައްދު ނުކުރައްވާ ކަމުގައިވެއެވެ."

ލޮކޭޝަން: އޫދު އަލް ސަބަޔާ

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އައްޑޯ

    ސަޅި ވަރަށް

  2. Anonymous

    ރާއްޖޭގައި ވިއްކާ އެންމެ ފެންވަރު ރަނގަޅު އަތަރު... ❤️

  3. Anonymous

    ރާއްޖޭގައި ވިއްކާ އެންމެ ފެންވަރު ރަނގަޅު އަތަރު...

  4. ޔާނު

    ހާދަ އަގުފަލައޭ... ކޮންމެ މީހަކުވެސް ބަލަނީ ވީހާވެސް އަވަހަށް މުއްސަނދި ވޭތޯ،،، ޗަކަބޮނޑި.......8

  5. އަޖޭ

    ކޮބާ ސާމްޕަލް؟

  6. އަލީ

    ސަޅި

  7. ޙަސަނުބެ

    ކީވެތޯ ހަސަނުބެގެ ކޮމެންޓް ޖަހަން ނުކެރުނިީ ރިވާާގާ އޮނަނަނީ ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަން އަށް އެކިފަރާތްޕުޅު ތަކުން ހަދިޔާެގެ ގޮތުގާ ދެވޭ އަތަރު އެކަލޭގެފާނު އަނބުރާ ރަށްދު ނުކުރައްވަވާ ވާހަކަ
    ތި ފިހާރައިން ވެސް ބޮޑު އަގުގާ ހިލޭތޯ އަތަރު ދެނީ ރަށްުދު ނުކުރަން