އިނގިރޭސިވިލާތުން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލަރ ރަމަޟާން މަހު ރޯދަ ހިފައި، އަދި ކީރިތި ޤުރުއާން ވެސް ކިޔަވާނެ ކަމަށް ވިދާޅުވުމުން އެކަމަނާއަށް ވަރަށް ގިނަ ދިވެހިންގެ ސަމާލުކަން ވަނީ ލިބިފައެވެ. މިއަދު ސަފީރު ކެރޮން ވަނީ އެކަމަނާގެ ފުރަތަމަ ރޯދަ ހިތްޕަވާ ތަޖުރިބާ ހިއްސާ ކުރައްވާފައެވެ.

ހެނދުނު ހޭފުޅުލެއްވުނު އިރު މިއަދު ރޯދަ އަށް ހުރެވިދާނެތޯ ސުވާލު އުފެދި ކަންބޮޑުވެ ވަޑައިގެންނެވި ނަމަވެސް ސަފީރު ވިދާޅުވީ މަގުމައްޗާއި އަތިރިމަތީގެ ހަމަހިމޭންކަމުން އެކަމަނާއަށް ރޯދަ ހިތްޕެވުން އެއީ ދަތިކަމަކަށް ނުވިކަމަށެވެ.

ރޯދަ ވީއްލެވުމަށް ސަފީރު ކެރޮން ވެސް ބޭނުން ކުރެވީ އާއްމުކޮށް ދިވެހިން ރޯދަ ވީއްލުމަށް ބޭނުންކުރާ ތަކެއްޗެވެ. އެއީ ކަދުއްރާއި، ކަރަލާއި ކުރުންބާ ފަންޏެވެ. މީރު ދިވެހި ރިހައެއްގެ ވަސް ރޯދަ ވީއްލުމުގެ ކުރިން ދުވި ކަމަށް ވެސް ކެރޮން ވިދާޅުވިއެވެ.

ސަފީރު ރޯދައިގެ ތަޖުރިބާއާއި ގުޅޭ ގޮތުން ކުރެއްވި ޓްވީޓަށް ބައެއް ބޭފުޅުން ވަނީ ރިޕްލައި ކޮށްފައެވެ. ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހެނދުނު އޮފީހަށް ވަޑައިގެންނެވުމުގެ ކުރިން އެއްކިލޯމީޓަރަށް ފެއްތެވި ކަމަށެވެ. ފެތުމުން މަސައްކަތް ކުރުމުގެ ރޫހު އިތުރުވި ކަމަށާއި އެކަން ތަޖުރިބާ ކޮށްލެއްވުމަށް ސަފީރު އަރިހުން ޝަމީމް އެދިވަޑައިގެންނެވިއެވެ. ސަފީރު ވަނީ ޝަމީމް ދެއްވެވީ ވަރަށް ރަނގަޅު ހިޔާލެއް ކަމަށް ވިދާޅުވެފައެވެ.

ރޯދަ ވީއްލުމަށް ފަރިއްކުޅުވާނެ ތަކެއްޗާއި ބެހޭ ގޮތުން ބައެއް މީހުން ވަނީ ސަފީރަށް މިއަދު ވެސް ތަފާތު ހިޔާލުތައް ދީފައެވެ. އެގޮތުން މުގުރިހަ އާއި ކަނޑުކުކުޅު އަދި ހަވާދުލީބިސް ފަދަ ކެއުންތައް ތަޖުރިބާ ކޮށްލެއްވުމަށް ބައެއް މީހުން އެދުނެވެ. ސަފީރު ވަނީ ގިނަ މީހުންގެ ޓްވީޓްތަކަށް ރިޕްލައި ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޅަތީފާ

    ސަމީމޫ ކަލޭ ހުންނާނީ ލޮނުބޮއެފަ ފޮނިކަނޑަނީތީ

    5
    3
  2. އުގުރި

    އިއްޒަތްތެރި ސަފީރު ދެން ހައްގައް ރުޖޫއަ ވާވީ.. އޭރުންތާ ތިޔަ ހިފާ ރޯދައިގެ ސަވާބު ވެސް ލިބޭނީ..

  3. ޢަހު

    މިނާ އަކީ މުސްލިމެއްބާ!

    5
    1
  4. ނަޖީބު އައްބާސް

    އަޅުގަނޑަކީ އެކަލާންގެ އެއްްގެވިގޮތައް އުޅުމައް ސައްކަތްކުރާމީހެއް އެކަމަކު ހިތައް އަރާމިފަހަރު މިހިފާ ރޯދަ ކަމުދާނެބާެއޭ! ސަބަބަކީ ރޯދަޔައް ހުރެ ހަލާލު އަބިހަޔާ އެއްދާންކުރީމަ ރޯދަ ކަމުނުިދާއިރު މިފަހަރު ރޯދަމަހު މިހިރީ ރިސޯޓެއްގަ ސީދާ ބަނގުރަލުގެ ވިއަފާރި ތެރޭގަ ކަމައްވީމަ! މިހެންބުންއެގޭ ރާއްޖޭގަ ބަގުރަލުގެ ވިއަފާރިން ހުރިހާކަމެއް ކުރާއިރު މިބުނީ އާސަންފަދަ ހިދުމަތައް ވެސް އޭގެންދޭއިރު އެކަމުގަ ބައިވެރި ނުވާމީހެއް ނުހުނާނެކަންގޭ އެމަކު ސުވާލަކީ މިފަދަ ހަރާންކަންތައް ކުރަމުން ހިފާރޯދަ ކަމުދާނެބާއޭ

  5. ބީރުމީހާ

    ތުޔާ ސަފީރު ުކާހުރުމުން ނުވާނެ ރޯދަކައަށް ﷲ ރޯދައަކީ އެކަލާގެއަށް ހިތް ޚާލިޞްކޮއްގެން ނަމާދާ ހެޔޮ އަމަލުމަތީ ތިބެގެން ކުރާ އަޅުކަމެއް ދިވެހިން މަގުފުރައްދަން ތީވެސް ކުރާ ފިތުރީ ހަގުރާމައެއް

  6. ބީރުމީހާ

    ސަފީރު ުކާހުރުމުން ނުވާނެ ރޯދަކައަށް ﷲ ރޯދައަކީ އެކަލާގެއަށް ހިތް ޚާލިޞްކޮއްގެން ނަމާދާ ހެޔޮ އަމަލުމަތީ ތިބެގެން ކުރާ އަޅުކަމެއް ދިވެހިން މަގުފުރައްދަން ތީވެސް ކުރާ ފިތުރީ ހަގުރާމައެއް