20:42

ކޮވިޑް-19 ޖެހިގެން މިއަދު އިތުރު މީހަކު ނިޔާވެއްޖެ

19:54

ކޮވިޑް-19 ޖެހިގެން އިންޑިއާގައި 15 ދުވަހުގެ ކުއްޖަކު މަރުވެއްޖެ

18:53

ބްރެޒިލްގައި ގިނަ އަދަދަކަށް މީހުން ކޮވިޑް-19 އަށް ފައްސި ވަމުންދާ މި ދަނޑި ވަޅުގައި އެގައުމުގެ ހޮސްޕިޓަލް ތަކުން ބޭސް ހުސްވާން ފަށައިފި

17:56

ބްރެޒިލް ހޮސްޕިޓަލެއްގައި އެނދުމަތި ކޮށްފައި ތިބޭ ކޮވިޑް-19 ޖެހިފައިވާ މީހުންނަށް އެކަނިވެރިކަން އިހުސާސް ވިޔަ ނުދިިނުމަށް ބޭނުންކުރަމުން ދަނީ 'ފޭކް' އަތެއް.

17:37

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ދޭން ފެށި ވެކްސިންގެ ދެވަނަ ޑޯޒު 34،000 ވުރެގިނަ މީހުންނަށް ދީފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެ.

17:23

ތ.ވޭމަންޑޫން، މަޑުފުއްޓަށް ދަތުރު ކުރި މީހަކު ކޮވިޑް-19 އަށް ފައްސިވެ، އެރަށަށް އަރާ ފޭބުން މަނާ ކޮށްފި

14:09

ކޮވިޑް-19 އިން ރައްކާތެރިވުމަށް ކޮންމެ އަހަރަކު ވެކްސިން ޖަހަން ޖެހިދާނެ ކަމަށް އެމެރިކާގެ ފައިޒާ ކުންފުނީގެ ސީއީއޯ، އަލްބާޓް ބޫލާ ބުނެފި.

04:47

04:33

03:36

01:48

01:28

01:28

މިއަދު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ ފާއިތުވި ފަސް ދުވަހާއި އަޅައި ބަލާއިރު މައްޗަށް ގޮސްފައެވެ. މިއަދު 95 މީހަކު ފައްސިވިއެވެ. މިއަދު ފައްސިވި އަދަދު އިތުރުވިއިރު ފާއިތުވި ފަސް ދުވަސް ތެރޭގައި އެންމެ ގިނަ ބަޔަކު ކޮވިޑަށް ޓެސްޓް ކުރީ ވެސް މިއަދު އެވެ.

ކޮވިޑުން ދިފާއުވުމަށް ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ކަރަންޓީން ވުމަކާ ނުލާ މާލެއިން އަތޮޅުތަކަށް ވަރަށް އަވަހަށް ދަތުރުކުރެވޭނެ ކަމަށް ރައީސް ޞާލިހް މިރޭ ވަނީ ވިދާޅުވެފައެވެ.

ކަރަންޓީންނުވެ ވަރަށް އަވަހަށް ރަށްތަކަށް ދަތުރުކުރެވޭނެ ކަމަށް ރައީސް ޞާލިހް މިރޭ ވިދާޅުވިއިރު އަދިވެސް ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ހުރީ ވަރަށް މަތީގައެވެ. ބައެއް ދުވަސް ދުވަހު ކޮވިޑަށް ޓެސްޓް ކުރާ މީހުންގެ އަދަދު މަދުކުރުމުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދުވި ނަމަވެސް ހާލަތު މާބޮޑަށް ރަނގަޅު ވަމުންނެއް ނުދެއެވެ.

ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް %60 އަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވީނަމަވެސް އަދިވެސް އަތޮޅުތެރެއިން ވެކްސިން ޖަހާފައި ވަނީ މަދުއަދަދެއްގެ މީހުންނަށެވެ. އެހެންކަމުން މާލެ އިން ވެކްސިންގެ ދެޑޯޒް ފުރިހަމަ ކުރުމަށްފަހު މީހުން ރަށްތަކަށް މިހާރު ދަތުރުކުރަން ފަށައިފިނަމަ އަތޮޅުތެރޭގައި ކޮވިޑް ވަރަށް ބޮޑަށް ފެތުރިގެން ދިއުމުގެ ބިރު އެބައޮތެވެ.

ކޮވިޑް-19 އާއި ގުޅޭ ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު