އަންނަ ހަފްތާއިން ފެށިގެން ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ކަރަންޓީނު ނުވެ ދަތުރު ކުރެވޭގޮތް ހަދައިފިއެވެ.

މިކަން ހާމަކޮށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ރާއްޖޭގައި ކޮވިޑް-19 ފެތުރޭތީ އަޅާފައިވާ ރައްކާތެރިކަމުގެ ބައެއް ފިޔަވަޅުތަކަށް އޭޕްރިލް 20 ވަނަ ދުވަހުން ފެށިގެން ލުއިތައް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެޗްޕީއޭގެ އިއުލާނުގައި ވާގޮތުން 20 އޭޕްރިލް 2021 އިން ފެށިގެން ދީފައިވާ ލުއިތަކުގެ ތެރޭގައި، އާބާދީގައި 60 އިންސައްތަ މީހުން ކޮވިޑް-19 ގެ ވެކްސިން ޑޯޒްތައް ހަމަވެފައިވާނަމަ، އެ ރަށަކަށް ކަރަންޓީނުވުމަކާ ނުލައި ދަތުރު ކުރުމަށް ހުޅުވާލުމާއި، އާބާދީގެ 60 އިންސައްތަ މީހުންނަށް ކޮވިޑް-19 ގެ ވެކްސިން ޑޯޒްތައް ހަމަވެފައި ނުވާ ރަށްރަށަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް، ދެ ހަފްތާ ވެފައިވާ ފަރާތްތަކަށް ކަރަންޓީނާ ނުލައި ދަތުރުކުރުމަށް ހުޅުވައިލުން ހިމެނެއެވެ.

މީގެ އިތުރުން އެޗްޕީއޭއިން ވިދާޅުވީ، މި ލުއިތަކާއެކު ރަށެއްގައި ކޮވިޑް-19 ގެ ބަލި އުޅޭ ނިސްބަތް 5 އިންސައްތައަށްވުރެ މަތި ރަށަކުން އެނޫން ރަށަކަށް ދަތުރުކުރާނަމަ ޕީ.ސީ.އާރު. ނެގެޓިވް ޓެސްޓާއެކު ދަތުރުކުރެވޭނެ ކަމަށެވެ.

އަދި ވެކްސިން ޖެހުމަށް ޝަރުތު ހަމަނުވާ ކުދީން މިފަރާތްތަކާއެކު ދަތުރުކުރަން ޖެހޭނަމަ، ޕީ.ސީ.އާރު ނެގެޓިވް ޓެސްޓާއެކު ދަތުރުކުރެވޭނެ ކަމަށްވެސް އެޗްޕީއޭއިން ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ސަބަބުން އަޅާފައިވާ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކާއެކު ދަތުރުފަތުރު ކުރުމުގައި އެކުލަވާލި އުސޫލުތަކަށް ލުއިދީ މިރޭ އެޗްޕީއޭއިން ވިދާޅުވީ، ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި، ޑޭއި ކެއާ ސެންޓަރުތަކުގައި މަސައްކަތްކުރާ މީހުންނާއި، ސްކޫލްތަކުގައި މަސައްކަތްކުރާ މީހުން އަދި ރެޒިޑެންޝަން ކެއާގެ ޚިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރާ ފަރާތްތައް ފިޔަވައި، ފަތުރުވެރީން ހިމެނޭހެން ރާއްޖެއަށް އެތެރެވާ ފަރާތްތަކުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް ދެ ހަފްތާވެފައި ވާނަމަ، ރާއްޖެއަށް ދަތުރުކުރާއިރު ނެގެޓިވް ޕީ.ސީ.އާރު ޓެސްޓު އޮންނަ ނުޖެހުމާއެކު ކަރަންޓީނުވާން ނުޖެހޭނެ ކަމަށެވެ.

އެހެންކަމުން އުސޫލުތައް ބުނާގޮތުން، ރާއްޖެއިން ބޭރުން ދަތުރުކުރާ ފަރާތްތަކުގެ ތެރެއިން އިސްވެ ބަޔާންކުރެވުނު ފަރާތްތައް ރާއްޖެއަށް އެތެރެވާއިރު ނެގެޓިވް ޕީ.ސީ.އާރު ނަތީޖާ އޮންނަން ވާނެއެވެ. ނުވަތަ ރާއްޖެއަށް އެތެރެވުމަށްފަހު ޕީ.ސީ.އާރު ޓެސްޓު ހަދަން ވާނެއެވެ.

މިރޭ އެޗްޕީއޭއިން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިން ނަމަވެސް، ޚާއްސަ ހާލަތްތަކުގައި އެ އިދާރާގެ އެންގުމާއި އެއްގޮތަށް ޢަމަލުކުރަން ޖެހޭނެ ކަމަށް ޢިއުލާނުގައި ބުނެފައި ވެއެވެ.

އެ އިދާރާއިން ވިދާޅުވީ، 20 އޭޕްރިލް 2021 އިން ފެށިގެން މި ލުއިތައް ލިބިދޭން ފެށުމާއެކު، އާބާދީގެ 60 އިންސައްތަ މީހުން ވެކްސިން ޖަހާފައިވާ ރަށްރަށާއި، ބަލި އުޅޭ ރަށްރަށުގެ ސުންކު ފައްސިވާ ނިސްބަތް 5 އިންސައްތައަށްވުރެ ދަށް ރަށްރަށާއި، ސުންކު ފައްސިވާ ނިސްބަތް 5 އިންސައްތައަށްވުރެ މަތި ރަށްރަށް އެޗްޕީއޭއިން ޢާންމު ކުރަމުންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރިސޯޓު ކުއްޖާ

    ކޮބާހޭ ރިސޯޓް މުވައްޒަފުންގެ ކަންކަން .....އަދިވެސް އާއްމު ރައްޔިތުންނަށް ކަމެއް ކޮށްދެވޭތޯ ބަލާތި... ސަރުކާރަށް ފައިސާ ވަންނަ ޓުއަރިޒަމް ދާއިރާގައި މަސައްކަތް ކުރާ ހީވާގި މުވައްޒަފުންނަށް ކުޑަ މިންވަރެއް ވެސް ނެތީތޯ....؟

    21
  2. ހުސޭނުބެ. 22323

    ދިވެހިރާއްޖޭގެ ނާޒުކު ކުދިކުދި ރަށްތަކަށް ކޮވިޑު ފެރުތުނީ އެމް.ޑީ.ޕީގެ ހުސް އަނގަތަޅާ، ގާބިލުކަމެއްނެތް ސަރުކާރުގެ ދެއުޅިއެއްނުވާކަމުން. އެހެން ނޫންނަމަ ކޮވިޑު ފެތުރުނު މާލޭގައި މިބަލި ހިފަހައްޓާ މިބަލިން އަރައިގަނެވުނީސް. އަތޮޅުތެރޭ އެކަކުވެސް ދެން އެމްޑީޕީއަށް ވޯޓެއް ނާޅާނެ. ވަރަށް ސަލާމް.

    27
    3
  3. ޕަރީ

    މަ މިހުރީ ހަނު. ވޯޓު މަދުވި ސަބަބު އެނގޭތަ މި ސަރު ކާރަށް. ރާއްޖޭން ބޭރުން ނުބައި ބަލިތައް ނުގެނެވިގެން. ދެ ކޮޅުޖެހޭ ގަވައިދެއް ހަދަން އެޗްޕިއޭ ކިޔާތަނަށް ނޭންގެނީތަ އަޅެ؟

    18
  4. ނުރަބޯ

    ސުވާލަކީ ތި %60 ބަލާނީ ކިހިނެއްހޭ؟ ރަށުގެ އާބާދީގެ އިންސައްތައިން ބަލައިގެން ތިއެނގޭނެ ގޮތެއް ނޯންނާނެ. މިސާލަކަށް ރަށުގެ އާބާދީގެ %50 މީހުންވެސް ރަށުގަ ދިރިނޫޅޭ ރަށްތައް އެބަހުރި.

    19
  5. ކަރުނަޔާނުލާ

    ރިސޯޓު މުއަށްޒަފުންނަކީ މިނާގާބިލު ސަރުކާރުދެކެ ބިރުގަންނަބައެއްނޫން ދާދި އަވަހަށއް ސަރުކާރު ހަމަބިމަށް ތިރިކުރާނަން އަދި ސޯލިހު ރިސޯޓުބޯއިންނަށް ދިންއަނިޔާ އޭނައަށް ދޭނަން އަދި ވަރަށްއަވަހަށް ޖަލުގައި ލޯންގު ޓާރމް ކަރަންޓީނު ކުރާނަން ވަﷲ އައުލަމް.

  6. ޒަބާދުކުޑޭ

    އާބާދީގެ%60ފުރިހަމަކޮށްފިކަން ހާމަކުރާނީ ކޮންތަނަކުންތޯ؟ އެކަން އެނގޭނެ ގޮތަކީ ކޮބައިތޯ؟ މޮހޮނަށް އޮޑިދިންހެން ހުއްދަ ދެނީތޯ؟