ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓު ދިން މީހުން އެދުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންކޮށްދެއްވުމަށް ކަމަށް މިދިޔަ ކައުންސިލް އިންތިޚާބުގައި މާފަންނު މެދު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި، އިދިކޮޅު ޕީއެންސީގެ ކައުންސިލް މެންބަރު އަހްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ "ޚަބަރަށްފަހު" ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން ނަރީޝް ވިދާޅުވީ ރައީސް ޔާމީންގެ ޒައާމަތުގައި ރާއްޖެ އަށް ގެނައި ތަރައްްގީ މާ ރަނގަޅުކަމަށް ހުދު އެމްޑީޕީ މީހުންވެސް ގަބޫލުކުރާ ކަމަށެވެ. އަދި ރައްޔިތުންގެ ފައިސާ އިން ވައްކަން ކުރި އެތައް ބަޔަކު ނިމިދިޔަ ސަރުކާރުގައި ތިބި ކަމަށް ތުހުމަތު ކުރި ނަމަވެސް އެއިން އެއްވެސް މީހެއްގެ މައްސަލަ ނުބެލޭ ކަމަށާއި ހަމައެކަނި ކުރެވުނު ކަމަކީ ރައީސް ޔާމީންގެ މައްޗަށް ދައުވާކޮށް ޖަލަށް ލުން ކަމަށް ނަރީޝް ވިދާޅުވިއެވެ.

މީގެ އިތުރުން މިސަރުކާރުގައި ރައްޔިތުންނަށްޓަކައި ކުރެވުނު ތަރައްްގީއެއް ނެތް ތަނުގައި ރައްޔިތުންނަށް ލިބުނު ލުޔެއް ވެސް ނެތްކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައްޔިތު މީހާ ކަމަކަށް އެދިގެން ދިޔައީމަ ލުއިފަސޭހަކޮށް އެކަމެއް ވާނެ ގޮތެއް ވެސް ސަރުކާރަށް ހޯދާ ނުދެވުނު ކަމަށް ނަރީޝް ވިދާޅުވިއެވެ.

"އަޅުގަނޑަށްވެސް އިހުތިރާމާއި އެކު ޝުކުރު އަދާކުރަން ބޭނުންވާ އަޅުގަނޑަށް ވޯޓު ދިން އެމްޑީޕީ މީހުން އަޅުގަނޑު ކައިރީގައި ބުނި ނަރީޝް އޭ ނަރީޝް އަށް މިދޭ ވޯޓަކީ ރައީސް ޔާމީންގެ ޒައާމަތާއި އަނބުރާ ހަވާލުކޮށް މި ގައުމަށް ފާގަތި މުސްތަގްބަލެއް ގެނެސްދިނުމަށްޓަކައި ދެއްވާ ވޯޓެކޭ. އެއީ އަޅުގަނޑު މިވާހަދައްކާ ސަބަބަކީ. އެކަން ޑިނައި ކުރުމަށް ސަރުކާރުން ކޮންމެ ވާހަކައެއް ވެސް ދެއްކިދާނެ. " އޭނާ ވިދާޅުވިއެވެ.

ކައުންސިލްގެ މަސައްކަތްތައް ކުރިއަށް ގެންދަވާނީ ރައްޔިތުންގެ ވިންދާއި އެއްގޮތަށްކަމަށާއި ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސަރުކާރުން ކައުންސިލް އިންތިޚާބާއި ދިމާކޮށް ދައްކަމުން ދިޔައީ ލާމަރުކަޒީ ނިޒާމުގައި ކައުންސިލްތަކަށް ބާރު ދިނުމުގެ ވާހަކަ ކަމަށް ވާއިރު، ލާމަރުކަޒީ ގާނޫނުގެ ދަށުން ގެނައި އިސްލާހުތަކަށް ފަހު އިންތިޚާބުވާ ފުރަތަމަ ކައުންސިލަށް ސަރުކާރުން ބާރުފޯރުވާފާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް ނަރީޝް ވިދާޅުވިއެވެ.

ސަރުކާރުން ވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަމަށް ގަބޫލުކުރައްވާ ކަމަށާއި، ރައްޔިތުން ބޭނުންވާ ގޮތް ވޯޓުން ވަރަށް ސާފުކޮށް ސަރުކާރަށް ބުނެދީފައިވާ ކަމަށް ނަރީޝް ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް ގެނައި އިރު ރައްޔިތުން އެންމެ ބޮޑު ހުވަފެނެއް ދެކުނު އެއްކަމަކީ ބޯހިޔާވަހިކަން ކަމަށާއި އެކަން ހާސިލްކޮށްނުދެވުމުން ރައްޔިތުން މާޔޫސްވެފައިވާ ކަމަށެވެ. ރައީސް ޔާމީން މިނިވަން ކުރާށޭ ރައްޔިތުން ބުނަނީ އެ ސަބަބާ ހުރެ ކަމަށް އޭނާ ވިދާޅުވިއެވެެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ކުރީގެ ރައީސު

    ކަލޭމެންގެ ބަޔަކު ހޮވީ ވަގުތީ ގޮތުން @ ބަރުލަމާނީ އޮތީ ވަރަށް ގާތުގައި

    3
    22
  2. ޙ

    ކައުންސިލްތަކަށް ބާރުދޭންވާނީ ތަންދިރު ދަންނަމީހުން ކައުންސިލަރުންނަށް ހޮވާފަ. ޢެހެންނޫނީ އެވާނީ މިޔައަކު އަތައް ވަޅިއެއްދިންފަދަ ކަމަކަށް.

    9
    17
  3. ޔާމީން

    ކަލޭ އަޅެ ކައުންސިލް ކަމަށް ކުރިމަތިލީ މީހުންލާތީ ދޯ. ކައުންސިލަރުން ނަކީ ރައްޔިތުންނަށް ހިދުމަތް ކޮއްދޭން ތިބޭ މީހުން. ގައިދީން މިނިވަން ކުރަން މަސައްކަތް ކުރުން ނުހިމެނޭ ކައުންސިލްގެ ޒިންމާ ތެރޭގަ. ތަނެއް އޮތިއްޔާ ބޯގަޅާލާތި ވާނުވާ ނޭގުނަސް

    5
    20
  4. މަނީމަނީ

    ގިނަމީހުން ވޯޓްދިނީ ޔާމީނު ޖަލުގަ ބެހެއްޓުމައް

    6
    21
  5. ފާތި

    ބަރުލަމާނީ ނިޒާމް މާދަމާ އިރުއަރާއިރު އޮންނާނެ ކަމަށްވީ ނަމަވެސް ނަރީޝް އެހެރީ ހޮވިފަ ދެއްތޯ. މިފަހަރު ހޮވިފައިތިއްބެވިބޭފުޅުން ކުރީ ފަހަރު ތަކާ އަޅާ ބަލާއިރު ތައުލީމީގޮތުންނާ ހިންގުންތެރިކަމަށް ބަލާއިރު އެތައްހާސް ބައި ތަފާތު ވާނެ.

    21
    2
  6. ައަހާ

    ބޮޑު ދޮގުވެރިއެއް. އަވަހަށް މީނަ ކައުންސިލް ބޭރުކުރޭ

    5
    22
  7. ނަސީ

    މީހާރު ވެރިކަމުގައި އެތިބީ ހަމަ މޮޔަކުއަތައް ވަޅިދީގެން

    16
    1
  8. ބުރުމާ

    އަހަރެމެން ޔާމީނު ދެވަނަ ދައުރަކަށް ނުހޮވީ ޖަލަށް ލާން. ކަލެޔަށްވުރެ ގިނަ ވޯޓު އަހަރެމެން އިބޫއަށް ދިނިން. އެހެންވީމަ ބޯހުރި ހަމަޖެހޭ މީހަކު ތިޔަހެން ނުކިޔާނެ.

    4
    12
  9. ކެޔޮޅު

    އެމްޑީޕީ މީހެއް މަމީ އަޅެގަނޑުވޯޓުދިނީ ރައީސްޔާމީން ޖަލުންމިނިވަންކުރަން އިންޝާ ﷲ އެކަން ޕީޕީ އެމް އަށްވާނެ .

  10. ވަހީދު

    ނަރީޝް ހޮވިވަޑައިގަނެފައި ވަނީ އަޅުގަޑުވެސްނިސްބަތް ވާ ދާއިރާއިން. އަސްލުވެސް މިހިސާބުގަޑާ މާފަންނުގެ ގިނަ ބަޔަކު ވަރަށް ދެރަވޭ ރަސްފަންނު އެއޮޮތް ހާލަތުން. ކުރީގަ އެހިސާބު ގަނޑާ މާލެތެރެ އޮތްސާފުތާހިރުކަމުގެ ވާހަކަ އަބަދު ވެސްގިނަ ބަޔަކު ދައްކާ. ކިތަންމެ ރުޅިއަޔަސް ހިތްހަމަ ނުޖެހުނަސް ނަރީޝް އެވިދާޅުވީ ތެދުފުޅެއް. ބަޔަކު ނޭދުނަސް ކުރީގެރައީސް ޔާމީން ޢާއިލާ އެކުގޭގަހުންނެވޭނެ ގޮތެއް ވުމަށް އެދޭމީހުން އެޕާޓީ އަށް ވޯޓު އެދިނީ.

    2
    1
  11. އައި

    ލާދީނީ ސަރުކާރު ފެއިލް ވީމަ ހިކިފަސްތާ ބަކަތަޅަނީ..