ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަރަށް މަރުހިފުމާއި ގުޅޭ ގޮތުން ކެބިނެޓްގައި މަޝްވަރާ ކޮށްފައި ވާތީ އެއީ "ސިކު" މީހުން ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ބުނުމުން ބައެއް އިލްމުވެރިންނާއި އާއްމުން ވެސް އޭނާ އަށް ފާޑުކިޔަމުން އެބަގެންދެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކައުންސިލް އިންތިޚާބުގެ ކެމްޕޭން އެއްވުމެއްގައި ވާހަކަދައްކަމުން ވައްޑެ ބުނީ "މީހުން މަރަން ވެގެން ޤިޞާސް ހިފާނަމޭ ކިޔައިގެން ކެބިނެޓަށް، އިންޖެކްޝަން ޖަހާލީމާ މަރުވާން ދާއިރު ހަށިގަނޑަށް ވާންވާ ގޮތް ޕްރެޒެންޓޭޝަން ހަދައިގެން ހުށަހެޅި ބައެއް. ސިކު ބައެއްގެ ވާހަކަ މިދައްކަނީ. ސިކު ބައެއްގެ ވާހަކަ މިދައްކަނީ."

ވައްޑެ އެއެއްވުމުގައި ބުނީ މަރަށް މަރު ހިފުން އެއީ 21 ވަނަ ގަރުގައި ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ވައްޑެގެ ވާހަކަތަކާއި ގުޅިގެން ޝައިހް އާދަމް ނިޝާން ބިން އަލީ އާދަމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވައްޑެގެ ވާހަކަތަކަކީ ސީދާ ﷲ ގެ އާޔަތްތަކަށް އިންކާރުކޮށް ފުރައްސާރަކޮށް ދޮގުކޮށް ކާފަރުވުން ކަމަށެވެ. "މިއިސްލާމީ ދީބުގައި މިގޮތަށް ﷲ ގެ އާޔަތްތަކަށް އިންކާރުކޮށް ފުރައްސާރަކުރަން ފުރުޞަތު ދެވިގެން ނުވާނެ. މިފަަދަ މީސްމީހުންނަށް އިސްލާމީ ޝަރީޢަތުގައިވާ ގޮތަށް ފިޔަވަޅު ނާޅާ ތާނގައި، މިތަނުގައި ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށްވެސް ޢަމަލު ނުކުރެވޭ. އެހެން ނަމަވެސް ޤުރްއާނާއި ސުންނަތުގެ އަލީގައި ދީނުގައި އޮންނަ އެއްޗެއް އަޅުގަނޑުމެން ބަޔާންކުރީމާ ފިޔަވަޅު އަޅައި، އިސްލާމިކް މިނިސްޓްރީއަށް ގެންގޮސް ނަޞޭޙަތްދީ އެބަ ހަދާ." ޝައިހް އާދަމް ނިޝާން ވިދާޅުވިއެވެ.

ވައްޑެއަށް ފާޑުކިޔައި މީހަކު ކުރި ޓްވީޓެއްގައި ބުނީ ވައްޑެ މައުހަދުން ކަނޑާލީ ވެސް "ހިނދުކޮޅު އަންނާތީ" ކަމަށެވެ. އޭނާ ބުނީ "އޭގައި ނެތް އެއްޗެއް އެއިން ނުނިކުންނާނެ." ކަމަށެވެ. "ޑރ.އަފްރާޝީމް އިންނެވި ގޮނޑީގައި މީނާ އިނުމަކީ ދިވެހިން ލަދުގަންނަން ޖެހޭ ކަމެއް." ހިޔާލުފާޅުކުރި މީހާ ބުންޏެވެ.

ވައްޑެ ކީރިތި ގުރުއާނަށް ހަޖޫ ޖެހިކަމަށް ބުނެ މީގެ ކުރިން ވެސް އޭނާ އަށް ފާޑުކިޔުން އަމާޒުވެފައި ވެއެވެ.

އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ވެސް ވަނީ މީގެ ކުރިން މަރުގެ ހުކުމާއި ދެކޮޅަށް ފާޅުގައި ވާހަކަދައްކާފައެވެ. ދާދިފަހުން ރާއްޖޭގައި ވަނީ އުމުރުން 18 އަހަރު ނުވާ ކުޑަކުދިން ކުރާ ކުށްތަކަށް މަރުގެ އަދަބު ނުދެވޭގޮތައް ގާނޫނު ވެސް ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

47 ކޮމެންޓް

 1. އުނގޫފާރު ދާއިރާ

  އުނގޫފާރު ދާއިރާގެ މަޖިލިސްގޮނޑީގައި އެނމެފަހުން މި ބޭންދުނީ ލާދީނީ މީހެއްތާ. ޢެހެން ވާނީ ވާނުވާ ނޭންގޭ ދާއިރާއިން ބޭރު މީހުން ގެނެސް މިދާއިރާގެ ގޮނޑިދިނީމަ މިދާއިރާގެ ގޮނޑިއަ ކީ ވަރަށް މަޑުމައިތިރި އެހާ އަހުލާގު ރަނގަޅު ބަޔަކ ކު ހިދުމަތް ކުރި ގޮނޑިއެއް. ދާއިރާގަތިބި ކިޔަވަިގެން ތިބިމީހުންނަށް ހިދުމަތް ކުރުމުގެ ފުރުސަތުނުދީ އަމިއްލަ ދާއިރާއިން ބަލައިނުގަންނަ މީހަ ކު މިދާއުރާއިން ފުރުސަތުދިން ބޯގަޅި ކުދިން މި ކަމުގެ ޒިންމާނަގަން ޖުހޭނެ ވައްޑެ އިސްތިއުފާ

  117
  3
  • އަސްލުވާހަކަ

   ވައްޑެ މާ ރަނގަޅު މީހެކޭ ނޫން އަދި އެމްޑީޕީ ރީނދޫ ހުމަކީ މާ ރަނގަޅު ބައެކޭވެސް ނޫން އެކަމު އޭނާ ބުނިތަ މަރަށް މަރު ހިފުމަކީ ސިކު ކަމެކޭ؟؟ ތި ހެދި ޕުރެޒެންޓޭޝަބްތަކާ އެރުވި ގޭސްތަކުގެ ސަބަބުން މުއިއްޒުމެން ނަކީ ސިކު ބައެކޭ އެބުނަނީ.. ތި ޝޭޙު އާދަމް ނިޝާމަކީ އަބަދުވެސް މީހުންގެ ވާހަކަ ޓުވިސްޓުކޮށް ދީނާ ގުޅުވާ ފިތުނަ އުފައްދަން އުޅޭ މުނާފިގެއް.. ޚަރާބާގެ ހުކުމް ތަންފީޒުކުރަންޖެހޭ މީހެއް..

   4
   98
   • އަހުމަދު

    ދެން މަރަށް މަރު ހިފުމަކީ 21 ވަނަ ޤަރުނުގަ ކުރެވޭނޭ ކަމެއް ނޫނޭ ބުނުމަކީ؟

    11
   • ހހހހ

    މަރަށް މަރު ހިފުމުގެ ވާހަކައަށް މިކަލޭގެ ކުރި ފުރައްސާރަވއެއް އެއީ. ނުބައި ނުލަފާޖާހިޮު ފާސިގުން ﷲ ގެ އާޔަތްތަކަށް ކުޑަ އަގެއް އެދެނީ. މިމީހުން ދިފާއުކޮށް މުސްލިމުން ނޫޅޭނެ. މިފަދަ ޖާހިލުން މަޖްލިހަށް ލީމީހުން ނުކުމެ މިކަލޭގެ ދުރުކުރޭ. މާދަމާ ﷲ ގެ ހަޟްރަތުގައި ކަލޭމެން ދައްކާނީ ކޮންމޫނެއް. މި މޑޕ އަކީ ހަމަ ލާދީނީ ހައްދުފަހަނަ އެޅި ޖަމާއަތެއް

  • ޙައްގުބަސް

   ކީރިތި ގުރުއާނުގައި އޮތް މާތްﷲގެ ޙުކުމް ފުޅަށް މަލާމާތް މީނާ މިކުރަނީ!! މީނާ ތައުބާވާން ގޮވާލަން!! މިކަހަލަ ނުބައި ތަންދޮރު ނުދަންނަ ގޮތެއް ފޮތެއް އުޅުމެއް އަޚްލާގެއްނެތް ޖާހިލުންތައް މިއަދު ސަރުކާރުގެ މަތިފަޑީގަޔާ މަޖްލިސްތެރޭ ތިބޭތީ ހިތާމަކުރަން!! މިއީ މިގައުމުގެ ރައްޔިތުންގެ ބޮލަށް ސަވާރުވެގެން ދޮގު ހަދައިގެން ނުވިތާކަށް ދޮގު ވަޢުތައްވެގެން ވޯޓް ހޯދައޮލިގެންނާ ވޯޓް އޮޅުވާލައިގެން ސަރުކާރަށާ މިމުސްލިމު ގައުމަށް ވެރިވެގެން އުޅޭ ލާދީނީ ބައިގަނޑެއް!! މިމީހުންގެ ކިބައިން ގައުމު ސަލާމަތްކުރެވެން އޮތީ ރައްޔިތުން ހޭލާތިބެ ސިކުނޑިން ވިސްނައިގެން 2023 ގައި އޮންނަ ރިޔާސީ އިންތިޚާބުން މިމީހުން ބަލިކޮށްގެން!! އެކަން ރައްޔިތުންކުރަންޖެހޭ!! އެމްޑީޕީއާ ދުރުވި ވަރަކަށް މިގައުމު ރަގަނޅުވާނެ!!

   50
   2
 2. މަސްއޫދު

  މީނައަކީ މުސްލިމެއްނޫން އަވަހަށ މިގައުމުން ބޭރުކުރޭ! މިކަލަ ޖާހިލުން ގާނޫނު ހަދާމަޖިލިހުގައި ތިބުން ވާނެގޮތް ވިސްނަވާ!އަޅެފަހެ އުގޫފާރުން ރައްޔިތުން އެބައި މީހުންގެ ބަސް ރައްޔިތުންގެ މަޖިލިހުގައި އިއްވަން ވޯޓުދީގެން މިހޮވީ ކޮންފަދަ

  81
  2
  • Anonymous

   ޖާހިލެއް. ﷲގެ އާޔަތަކަށް އިންކާރުކޮށްފިނަމަ ކުފުރުވާނެ

 3. ޖެޖޖެ

  މި ހަމަ މިހެއްތަ. މީ ސިކުމީހަކީ. އެޖެންޑާ ތަފާތުވީ ދޯ

  80
  1
 4. ސިކުމީހާ

  އަސްލު ސިކުމީހަކީ ކައެ.

  53
 5. ޟމ

  މާތްﷲ ގެ ޝަރީޢަތަށް ދެކޮޅު ހަދާ ވާހަކަ ދައްކާ މީހަކަށް ވުރެ ބޮޑަށް ސިކުވެފައި ހުރި މީހަކީ ފަހެ ކޮބައިތޯ؟ މި ޤައުމުގައިވެސް އިސްލާމިކް މިނިސްޓްރީ ކިޔާ ތަނެއް އެބަ ހުރި އެތަނުގައި ތިބި މީހުންނަށް ރައްޔިތުން މުސާރަ ދީފައި ބައިތިއްބާފައި ތިބީ ރައްޔިތުންގެ ޚަޒާނާގައި ފައިސާ ގިނަވެގެން އެ ހުސްކުރާނެ ގޮތް ނޭގިގެންނެއް ނޫން، މިފަދަ ކަންކަމުގައި ބަސްބުނެވޭ ފަދަ ޤާބިލް ބަޔަކަށް މިތަނުގައި ތިބޭ މީހުން ވާން އެބަޖެހޭ،

  52
  1
 6. އާކާޝް

  ﷲގެ ޙުކުމް ފުޅަކަށް އިންކާރު ކުރުމަކީ ވަރަށް ނުރައްކާތެރި ކަމެއް، މުސްލިމަކު ﷲގެ ޙުކުމް ފުޅަކަށް އެނގިހުރެ ދެކޮޅުހަދާ ހަޖޫޖަހައި އިންކާރުކޮށްފި ނަމަ އެމީހަކު އިސްލާމްދީން ނުން ބޭރުވާނެ، އަދި އޭނާއަކީ މުރުތައްދު ވެފައި ހުރި ކާފަރަކަށް ( ލާދީނީ މީހަކަށް ) ވާނީ، މިއީ ވަރަށް ހިތާމަ ހުރިކަމެއް ރައްޔިތުންގެ ފަރާތުން ބަސްބުނަން މަޖިލިހުގައި ތިބޭ މީހުން މިހާ ގޮތެއް ފިތެއްނެތިގެން ދިޔައީމަ. ލޮބުވެތި ރައްޔިތުން އިސްލާމް ދީނާއި ދިވެހިރާއްޖޭގެ މިނިވަން ކަމާއި ސިޔާދަތަށް ވިސްނެވުން ެެއެދެން.

  43
  1
 7. އަފިރިން

  ޔަހޫދީންގެ ވާހަކަ ހިފައިގެން ޖަޒުބާތުގަ ﷲ ތައާލާގެ ހުކުމުންފުޅުތަކަށް ގޮންޖަހަމުން ތިމާމެންނަށްވުރެ ދަންނަ ބައެއް ނެތްކަން ހެދިގެން ނޫޅެބަލަ. ބަލާބެލުމަށް ހީވަނީ ހިނދުކޮޅުގަ ހުރިހެން. ކަލޭތި ގޮނޑިއަށް ހޮވިމީހުންގެ ފާފަފުއްސަވާންދޭވެ. ތިފަދަމީހުންނީ ކޮންމެ ފަދަ ވާހަކައެއް ދައްކައިގެންވެސް މީސްތަކުންގެ ހިއްތަކާ އަމިއްލަ އެދުމަށްޓަކާ ކުޅޭ މީހުން

  41
  1
 8. Hussain

  سبحان الله
  Thiya bunevunu bahah thaubaavumah govaalan

  35
 9. ޢިއްތިހާދު

  މުސްލިމުގައުމެއްގެ މަޖިލީސްގޮނޑީގަ ހުނަންވާނީ އިއްޒައްތެރި މުސްލިމެއް ގާނޫނު ބުނާގޮތުން ވީމަ ޥަގުތުން ވަގުތައް މިސިކުޅ އިސްތިފާދޭންޖެހޭ ކޮންވައްޑެއެއްތަ ސިކުވެފައެތިބީ 2023 އިންތިހާބު ގެއްލުނީމަ އަދިމޮޔަގޮވަމުން ދުވާނެ ރަޝުތެރޭ.

  28
  1
 10. ރާއްޖެ

  މައްސަލަ ވަރަށް ސާފެވެ. މިހާރު އެންމެންވެސް އަހަރެންގެ ރަހުމަތްތެރި ވައްޑޭއަށް އެތިވަރު ގޮވާނެއެވެ. އެކަމަކު އިންތިޚާބު ކައިރި ވުމުން އެއީ ޕާޓީ މީހާއަށް ވެއްޖެނަމަ އެއީ ފަރަންޖީއެއްތޯ ޕޯޗުގީޒެއްތޯ ހޮޅިއެއްކަމެއް ބަލާކަށް ބޭނުމެއް ނުވާނެއެވެ.ޕާޓީ އަކީ ގިނަ ދިވެހިންގެ ދީން ކަމަށް ކަނޑައަޅާ ދަރަޖައަށް މިތިބީ ގޮސްފައެވެ..އަންނަ އިންތިޚާބުގަވެސް އަހަރެންގެ ރަޙުމަތްތެރިޔާ ކުރިމަތިލި ކޮންމެ ޕާޓީ އަކުންވެސް އޭނާއަކީ ސިއްދީޤަކަށް ހަދާނެއެވެ. ޢެކަމަކު އަހަރެންގެ އަތުން ތިޔަ މަޖިލިސް މެމްބަރުން ހޮވަން ދޭނެ ވޯޓެއް ނެތެވެ.

  25
 11. ލަކުޑި ސަފީޤް ރ.އުނގޫފާރު

  ވާނުވާ ނޭނގި ކޮމެމްޓް ކުރާ ދިވެހިންގެ ނުބައި ކަމާއެވެ.
  ވައްޑެ ދެއްކި ވާހަކައިގެ 5% ވެސް އަޑުނާހާ ހަމައެކަނި އެންމެ ތަންކޮޅެށް ކުރޮޕް ކޮށްގެން ދަމާ ޝައިހުންގެ ނުދައި ކަމާއެވެ.

  4
  45
  • ޭޖެރީ

   އެހެންވިއްޔާ ވައްޑެގެ ވާހަކައިގެ %100 މިތާ ހިއްސާކޮއްލަބަލަ.

  • ހުސޭނުބޭ

   ކަލޭ 6 ކަންފަތުން އެހި މީހާ އެއް ކަންފަތް އަހަރެމެންނަށް ދީބަލަ!

  • ރީދޫ ހުން

   ކަލެޔަށް އިވުނީ ނަސީދުގެ ވިސްނުމުން އމޑޕ ގާތިބޭނީ މިކަހަލަ މުރުތަށްދުވެފަތިބި ވަގުން ކަލެތީ އެބައިގަޑުން ނިކުތް މަރަމޯލރއް ލެޔަށް ތިހިރީ އޭނަދެއްކިވާކަހަ %100 ގެޓްވފަ

 12. ބުރާންތި

  ގޮނޑިގެއްލޭ ސަބަބު މޑޕ އަށް އަދިވެސް ނޭނގޭނެ.
  އިބްތިހާބުން ފެއިލްވި މައްސަލައިގާ ޝާހިދު ސީދާ މޯދީއަށް ޖަވާބުދާރީވާން އެންގުމުން އެހެރީ އިންޑިޔާގައި.
  އިބްތިހާބުގެ ނަތީޖާއާއި ދޭތެރޭ މޯދީ މޑޕ ދެކެ ވަރަށް ހިތްހަމަނުޖެހޭ ކަމަށް އަޑުތައް އވޭ އެވަ.

  27
  2
 13. ލާމު

  ގައުމެއް ނެތް. މަތިފަޑީގައި ތިބި މީހުންގެ ފެންވަރަކީ މިއީ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ. މިތިބަ ފާސިގުންގެ އަމަލުތަކުގެ ސަބަބުން ޢާންމު ވެގެންވާ ކޯފާއެއް އަޅަމެންގެ މައްޗަށް ނުލައްވާށި! އަދި އެބައި މީހުންނަށް ތެދުމަގަށް މަގުދައްވާންދޭ! އާމީން.

  28
  1
 14. ސިކު

  ސި ކުވެ ހުރެގެން އެހެންމީހުން ނަ ކީ ސި ކު މީހުންނޭ ބުނީމަ ހަމަ އަންނަނީ ހިނި

  29
 15. މުހައްމަދު

  މިކަހަލަ ރޯނާއިން ޑރ.އަފްރާޝީމް އިންނެވި ގޮނޑީގައި އިނުމަކީ ދިވެހިން ލަދުގަންނަން ޖެހޭ ކަމެއް.

  34
 16. ޑޭވީޑް

  މީ ސި ކު ރާބޮންޖެއް! ދީނުގެ ހު ކުމްތަ ކާ ދެ ކޮޅަށް ވާހަ ކަ ނުދެއް ކޭނެ މަޖިލިސްތެރޭވެސް. މާ ފެންމައްޗަށް އަރައިގެން ނޫޅެއްޗޭ!!

  27
 17. އޭނާ

  ﷲ ހަލާލު ކުރެއްވި ކަމެއް ހަރާމް ކަމުގާ ނިންމޭނީ ކާ ކަށް؟ ކޮން ހައްޤެއް އޮތީ؟ނޫނީ އެ ކަލާނގެ ހަރާމް ކުރެއްވި ކަމެއް ހަލާލު ކަމުގާ ނިންމޭނީ ކިހިނެއްް؟
  އެންމެހާ ޙު ކުމްގެ ވެރިޔަ ކީ ﷲ.
  ﷲ ހަލާލު ކުރެއްވި އެއްޗެއް ހަރާމް ކޮށް ހަރާމް ކުރެއްވި އެއްޗެއް ހަލާލު ކޮށް މިގޮތަށް ޢިލްމުވެރިންނާ ވެރިން ހެދީމާ އެޔަށް ތަބާވާ މީހުން އެއީ އެ ޢިލްމުވެރިންނާއި ވެރިން އެއީ ރައްބުންތަ ކެއް ކަމުގާ ހެދި ބައެއް ކަން ޤުރުއާނާ ހަދީސުން ރީއްޗަށް ސާބިތުވާން އެބައޮތް....
  އެއީ ﷲ ގެ ހު ކުމަ ކަށް އެހެން މީހަ ކަށް ތަބާވެވެނީ.. އެ ކަލާނގެ ހު ކުމުގާ އެހެން ފަރާތްތައް ބައިވެރި ކުރަނީ.
  އެހެންވީމާ ﷲ އަށް ތައުބާވުމަށް އުނގޫފާރުދާއިރާގެ މެންބަރަށް ގޮވާލަން....

  23
 18. ލިލީ

  ވައްޑޭމެން ވިސްނަންވާނެ ދުލުން ބަސް ބުނުމުގެ ކުރިން ބަހަ ކީ ތިމާގެ އަޅެއް ކަން. އަދި ބަސް ބުނުމަށްފަހުގާ ތިމާ އެ ބަހުގެ އަޅަ ކަށް ވާނެ ކަމާ ދޭތެރޭގާވެސް ވިސްނަންވާނެ.... ތިޔަ ވަނީ ސަރީހަ ޢިބާރާތުން ﷲ ހަލާލު ކުރައްވާފާ އޮތް ހު ކުމަ ކަށް ފާޅުގާ އިން ކާރު ކޮއްފާ. ﷲ ގެ ފޮތަށް ކާފަރުވެ ދީނުން ބޭރުވެފާ.. އަވަހަށް ތައުބާވެ ދާއިރާޔާ ރައްޔިތުންގެ ކިބައިން މާފަށް އެދެންވީ...
  ތިމާގެ މަސްޢޫލިއްޔަތާ ވާޖިބު އަދާނު ކުރެވޭވަރަށް ދީނުގެ ކަންތައް ރޯ ނު ފިލާފާނަމަ އިސްތިއުފާދީފާ ގެޔައް ދާންވީ...
  ނިންމާލަމުން ބުނާނީ ހަނދާން ކުރާށޭ.ﷲ އާ އެ ކަލާނގެ ރަސޫލާގެ ބަސްފުޅާ ޚިލާފަށް އެއްޗެއް ބުނަންވެއްޖެއްޔާއި ދެން ވަދެވޭނީ ޝިރު ކުގެ ތެރެއައް ކަން.
  މި މައްސަލަޔަ ކީ ދިވެހިރާއްޖޭގެވެސް ވެރިންނާ މަޖިލިސްމެންބަރުންގެ ޙާލު ހުރިގޮތް.

 19. ަްއަހުމަދު

  ކުފުރު ވަހީދު ސިކު މީހުން ފެނިއްޖެ ދޯ

 20. ދުންމާރި

  މި ލާދީނީކަލޭގެ މިހުރީ އިސްލާމްދީނުން ބޭރުވެފަ ކުފުރުވެފަ މުރުތައްދުވެފަ ކޮށްގެންހުރި ހުވަޔާޚިލާފުވެފަ އަވަހަށް މެމްބަރުކަމުން އަޒުލްކުރޭ

 21. ޢަލިބެ

  ޥައްޑެ މީ ސިކް މީހެއް ނޫންބާ. މީނާ އުނގޫފާރު ގޮޑި ރަމްޒް ކުރުމަކީ އުނގޫފާރު ރައްޔިތުންނަށްވެސް ލަދެއް

 22. ސަލާްމް

  މިބާއިގަޑު މިތަނުން ބޭރުކޮށް ބަލަ!!!! ދިވެހިންނޭ މިމީހުންނަށް ވޯޓު ނުދީ

 23. ގަބޭ

  މިހިރަ ގަމާރު ބުރާންޗާ ތިބޮޑާކަމުގަ ގޮންޖަހަން ތިއުޅެނީ
  ﷲގެ ހުކުމްފުޅައްތަ މިހީވަނީ ތިމާމީ މާބާރުގަދަމީހެއްކަމައްތަ
  ކަލޯ އަދި މިނޫން އެހެންދުވަހެއް އޮތްކަން ކަލޭގެ ހަނދާންބަ
  ހައްޓާތިި އެދުވަހުން ކަލޭގެ ތިޔަދެއްކާ ވާހަކައައް ޖަވާބުދާރީވާންޖެހޭނެކަން ދަންނާތި މިކަހަލަ ލާދީނީ މީހެއްނޫނިއްޔާ އެމްޑީޕީގެ ކުރީސަފުގަ ނުހުންނާނެ

 24. އަޒް

  މީނަގެ ސިކުކަންމާބޮޑު. މީނަހެދެވިފަރާތްވެސް އޮޅުޖެ. ވަހަކަދައކަން ދޫދެވިފަރާތްވެސްއޮޅިޖެ އޭނަފެންނަނީ ހަމައެކަނި ރީދޫހުންޖެހިފަ ދެއުޅިޔެއްނޫވާ ނަޝީދު.

 25. ވަސީ

  މާތް ރަސްކަލާނގެ ހަތް އުޑުމަތީން ބާއްވާލެއްވު ދީނާއި އަދި ޝަރީއަތައް ގޮންޖަހަނީތަ.؟

  11
 26. ޛސ

  މީނާ މަހަރު މިހުރީ ސީދާ މުރުތައްދު ވެފަކަން ކަށަވަރު. ﷲ ކަނޑައަޅުވާފައިވާ ހުކުމް ފުޅަކަށް މީނާ ފާޑުކިޔާ ޖޯކުޖަހަން މިނާޔަކީ ލާކު. ޢެންމެ ސިކުންތެއްގެ 50 ބައިކުޅަޔަށްވެސް ﷲ ގެ ރަހުމަތް މީނާޔަށް ހުއްޓިޖެނަމަ މީނާޔަށް ވާނޭގޮތް ނުވިސްނެނީބާ. ނުވަތަ ޖާހިލީބާ. ޢަބޫ ޖަހުލުވެސް އޭނާގެ ލޯމައްޗަށް މޫޖިޒާތް ދެއްކެވިމަވެސް އޭނާ ހުރީ ހަމަ ޖާހިލުކަމުގައެވެ. މީނާޔަކީ އޭގެ ޖަހުލެއްބާ

 27. އެދުރުބެ

  ގައިމު އިސްލާމްދީނުގަ އޮންނަގޮތަށް ވާހަކަ ދެއްކީމާ މިނިސްޓަރީއަށް ހާޟިރުކޮށް ސުވާލުކުރާނީ ކޮންމެސް ކަމެއްވެގެންތާ

 28. އެމް ޑީ ޕީ

  އަހަރުން އަޖައިބެއް ނުވޭ. ތިޔައީ ލާދީނީ ޕާޓީ ގޮލަ އެއްނު. އެ ޕާޓީގަ އުޅޭނީ ހުސް ތިޔަ ކަހަލަ މުނާފިގުން

  11
 29. އިއްތިފާގު؟

  ލާދީނީ މީހުން އެމްޑީޕީގެ އިސް ސަފުގައި ތިބުން މީ އިއްތިފާގެއްބާ؟

  10
 30. ޑަބިޔާ

  އިންޖެކްޝަން ޖަހާލީމާ މަރުވާން ދާއިރު ހަށިގަނޑަށް ވާންވާ ގޮތް ޕްރެޒެންޓޭޝަން ހަދައިގެން ހުށަހެޅި ބައެއް. މީކަފަރުން މީހުން މަރަން ބޭނުންވާގޮތް އެއީ އަނިޔާވެރި ނުވާނެޔޭހިތާ. ފުރާނަ ގެންދަވާއިރު ވަރައް ވޭންއަޅާނެ އިންތިހާބުން ބަލިވީމަ އަޅާވޭނައްވުރެ. ދެން އިހުސާސްކޮއްލާ ނުބައިމީހާ އަޅާނެ ވޭން ބުރޯ

 31. އާބިދާ

  ސިކު ވަހީދު

 32. ލލ

  އެމްޑީޕީ މެމްބަރުން ޑޮކްޓަރަށް ދައްކާ މިބައި މީހުން ހަމަހޭގައި ތިބެގެންތޯ ވާހަކަ ދައްކަނީ ބަލަންޖެހޭ ނުންތޯ

 33. އަހަންމަދު

  ކޮބާކަމެއްނުކުރެވޭއިސްލާމިކްމިނިސްޓަރު! އިސްތިއުފާދީފަކަމެއްކުރެވޭމީހަކަށްޖާގަދީބަލަ!

 34. ސިކު

  ބަލާލީމަ ހީވޭ މިހާރުވެސް ތިހިރީ ސިކުވެފަކަމައް. ސިކުވެފަ ތިބައިގަނޑު. އަދިވެސް މައިތިރިވާކައްނުވޭދޯ؟

 35. ބަކުރު

  ވައްޑޭހުރީ ސިކުވެފަ ބޮވެންޖެހޭނެވަށްތަރަށް ވާހަކަދެއްކުމަކީ ސިކުވަހީދުގެ ލާދީނީ ފިލޯސަފީ އުނގޫފާރުރަށްޔަތުންވެސް ލަދުންބޯގޮވައިފި ކަލޯ މަރަށް މަރު ހިފުމަކީ އޮތްކަމެއް ސިކޭޔަށް ނޭނގޭތީ ލަދުގަނޭ .

 36. ކޮރަލް

  ޕާޓީގެ ރައީސް އުފާކޮށްދޭން ހިތައް އަރާ ހާ އެއްޗެއް ކިއުމުން ދީނުން ބޭރު ވެދާނެ އެވެ.

 37. ބަރުގޮނު

  އިސްލާމީ ޝަރީޢަތުގެ ޙައްދަކާ ގުލހިގެން މިދެއްކި ވާހަކައާއި ގުޅިގެން މިކަން ބަލައި މަސްއަލަ ޝަރީޢަތަށް ހުށަހަޅަންޖެހޭ.

 38. އަޙްމަދު ޝިފާން ޢަބްދުލްޢަޒީޒް

  މުރުދަތު ވެފައި ހުރި މީހެކެވެ. މަޖިލީހުގެ މެމްބަރުކަމުން ވަކި ކުރަން ޖެހެއެވެ. މީނާގެ ޕާސްޕޯޓް ބާޠިލް ކޮށް ޤައުމަށް އެނބުރި ނާދެވޭ ގޮތަށް ބޭރުކޮށްލަން ޖެހެއެވެ. މާތްﷲ ގެ ރަޙްމަތްފުޅުން މިފަދަ ނުބައި ނުލަފާ ލާދީނީ ޢަދުއްވުންގެ ކިބައިން މިވަޠަން ސަލާމަތް ކުރައްވާށިއެވެ! އާމީން

 39. ބުރޯ

  ތަޢުބާ ވޭ!!! މުރުތައްދުވެފައި ތިޔަ ހުރީ؟ ކިޔޭނުކިޔޭ ވެސް ނޭނގި. ހިފާ ރޯދަވެސް ޤަބޫލޭއް ނުކުރައްވަވާނެ ﷲ ސ.ވ
  ﷲ ތިބޭފުޅާ އަށް ހެޔޮ މަގު ދައްވަކަވާންދޭވެ.