ކޮވިޑް-19 ޖެހިގެން 82 އަހަރުގެ އަންހެނަކު ނިޔާވެއްޖެ އެވެ.

ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ވިދާޅުވީ، އެ ބަލީގައި މިއަދު ނިޔާވެފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11ގައި ފަރުވާދެމުންދިޔަ އަންހެނެއް ކަމަށެވެ.

އެ މީހާ ނިޔާވެފައި ވަނީ މިއަދު ހެނދުނު 11:12 ހާއިރުއެވެ.

މިއީ ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި 68 ވަނަ މީހާ އެވެ.

މި މަރުގެ ކުރިން ރާއްޖެއިން ކޮވިޑް ބަލީގައި މީހަކު ނިޔާވެފައި ވަނީ މާރިޗް 31 ވަނަ ދުވަހު އެވެ. އެ ދުވަހުވެސް ނިޔާވެފައި ވަނީ 66 އަހަރުގެ ފިރިހެނެކެވެ. އެ މީހާއަކީވެސް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ހަރަކާތެއް ނެތް މީހެކެވެ.

މި އަހަރުގެ ތެރޭގައި އެކަނި ވެސް 20 މީހަކު ވަނީ ކޮވިޑް ބަލީގައި ނިޔާވެފައިވެއެވެ. އެއީ ޖެނުއަރީ މަހު ނިޔާވި ހަތަރު މީހަކާއި ފެބްރުއަރީ މަހު ނިޔާވި 10 މީހަކާއި މިދިޔަ މަހުގެ ނިޔާވި ފަސް މީހަކާއި، މިމަމަހު މިހާތަނަށް ނިޔާވީ އެކަކެވެ.

މިހާތަނަށް ކޮވިޑް ބަލީގައި ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 60 ދިވެހިންނާއި އަށް ބިދޭސީންނެވެ.

ކިޔުންތެރިންގެ ހިޔާލު