އައްޑޫ ސިޓީ ހިތަދޫ ހުކުރު މިސްކިތުގައި މިއަދު ހުކުރު ވަގުތު ހުކުރުކުރަން ހަމަޖެހުނު އިމާމު ނެތް މައްސަލައެއް ފެންމަތިވެއްޖެ އެވެ.
އެ މިސްކިތުގައި މިއަދު ހުކުރު ނަމާދު ކޮށްފައި ވަނީ ފަހުން މިސްކިތުގައި ހުންނެވި ބޭރު މީހެއް ކަމަށް މަޢުލޫމާތު ލިބެއެވެ.
އެނގިފައިވާގޮތުން މިއަދު ހުކުރު މިސްކިތުގައި ހުކުރު ކުރަން ކަނޑައެޅި އިމާމަށް ނުދެވުނުކަމުގައި ވީނަމަވެސް ކުރު ޙުތުބާއަކާއެކު ނަމާދުކޮށްފައި ވެއެވެ.
އެ މިސްކިތުގައި ހުކުރު ކުރާނެ މީހަކު ނެތިގެން މިސްކިތުގެ އިމާމު ބަންގި ގޮވީ 12:48 ގައެވެ. ހުކުރު ޙުތުބާ ކިޔަން ފެށީ 12:50 ގައެވެ.
ހިތަދޫ ހުކުރު މިސްކިތުގައި ހުކުރު ކުރާނެ އިމާމަކު ނެތުމުން ފަހުން ޙުތުބާ އިއްވައި ނަމާދުކޮށްފައި ވަނީ މިސްކިތުގައި ހުރި ބޭރު މީހެކެވެ. އޭނާ ޙުތުބާ އިއްވާފައި ވަނީ ޢަރަބި ބަހުންނެވެ. މި ޙުތުބާގެ ދިގުމިނަކީ ގާތްގަނޑަކަށް ހަތަރު ވަރަކަށް މިނެޓު ކަމަށް މަޢުލޫމާތު ލިބެއެވެ.
ހިތަދޫ ހުކުރު މިސްކިތުގައި ހުކުރުކުރާނެ މީހަކު ނެތް މައްސަލަ ފެންމަތިވިއިރު، މިފަދަ ހާލަތެއް ދިމާވެދާނެ ކަމަށްޓަކައި ސިޓީ ކައުންސިލުން ބަދަލުގައި އެހެން ބޭފުޅަކު ކަޑައަޅާފައިވާ ކަމަކަށް ނުބެލެވެއެވެ. ޢާންމު ގޮތެއްގައި ހުކުރު ކުރާ މިސްކިތްތަކުގައި ބަދަލުގައި އިތުރު މީހަކު ކަނޑައަޅައެވެ.
ކޮބާ އިމާމް؟ ދެރަ ދޯ.
ރޯދަމަހާ ދިމާކޮށް ތިިހިންގީ ވރަށް ދެރަވަރު އަމަލެއް. ހުކުރުކުރާނެ މުދިމު ނާދެވެނާޏާވެސް އަންގާލެވެންވާނެ! އޭނަ ހިފާ ހައްޔަރުކުރޭ!
ނިޒާރުގެ މޭޔަރު ކަމުގެ ފުރަތަމަ ހު ކުރު ،ކަނތައްތައް ނުބެލޭ ކަމާ،ހިނގަން ނޭގެ ކަން މީގެއިންއިގެނީ ،
ނިޒާރު ފެއިލްވީީ ކަމަށް ބެލެވެނީ
އައްޑޫ މޭޔަރަކަށް މިފަހަރުވެސް ހޮވީ ދެގަޑި ބައިވެފައި ހުންނަ މީހެއް! ތިހެން ވެދާނެ!
އެމްޑީޕީ ސަރުކާރެެއްގައި ތިފަދަކިތަންމެ ކަމެއްހިނގާނެ ލާދީނީކަން އެބަފެނޭދޯ.