ހުޅުމާލޭގެ ބޮޑު ސަރަަހައްދަކުން މިއަދު ކަރަންޓު ކަނޑައިގެން ގޮސްފިއެވެ.

ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުން އަންނަ ހުޅުމާލެ އިން ކަރަންޓު ކެނޑިފައި ވަނީ މިއަދު މެންދުރު ފަހު 13:30 ހާއިރުއެވެ. ކަރަންޓު ކެނޑުނުތާ ގަޑިއިރަކަށް ވުރެ ގިނަ އިރު ވެގެން ދިޔަ އިރު ވެސް އެއްވެސް ހިސާބަކަށް އަދިވެސް ކަރަންޓު ނުލިބޭ ކަމަށްވެއެވެ.

ސްޓެލްކޯ އިން މިއަދު ވިދާޅުވީ ކަރަންޓު ކަނޑައިގެން ދިޔައީ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. މައްސަލަ ހައްލުކޮށް ވީ އެންމެ އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް ސްޓެލްކޯ އިން ވިދާޅުވިއެވެ.

"ދިމާވާނެ ދަތިތަކަށް މައާފަށް އެދެން،" ސްޓެލްކޯ އިން ކުރި ޓުވީޓެއްގައި ވިދާޅުވިއެވެ.

މާލެ ފިޔަވައި އެންމެ ބޮޑު އާބާދީއެއް އޮންނަ ހުޅުމާލެ އިން ކަރަންޓު ކެނޑުމުގެ ސަބަބުން ރައްޔިތުންނަށް ވަނީ އެތައް އުނދަގުލަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން ބައެއް ފިހާރަތަކުން ހިދުމަތް ދިނުން ހުއްޓާލުމާ ގުޅިގެން އެތައް ބަޔަކަށް އެކަމުގެ އުނދަގޫ ވަނީ ފޯރައިފައެވެ.

"ގިނަ ފިހާރަތަކުގައި ސިސްޓަމަށް އެންޓަކޮށްގެން ހިދުމަތް ދެނީ. އެކަމަކު ކަރަންޓު ނެތީމަ ސިސްޓަމަށް އެންޓަ ނުކުރެވޭތީ ގިނަ ފިހާރަތަކުގައި ހުރީ ހިދުމަތް ދިނުން ހުއްޓާލައިގެން. އެތައް ބަޔަކު ކަރަންޓު އަންނަން ދެން ކިއުގައި މިތިބެން ޖެހެނީ،" ހުޅުމާލޭގެ މަޝްހޫރު ފިހާރައެއް ކައިރީގައި ކިއުގައި ހުރި މީހަކު ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ާއަހްމަދު

    ﷲއަށްحمد ކުރާބަޔަ ކަށް ކަމެއްދިމާވީމަ ކެތް ކުރަން
    ވެސްއެގޭނެ ކިތަށް އިންސާނުންތޯ މިމަށްސަރުގަ
    ފެނާ ކާނާޔާ ކަރަންޓާ ނުލާ ރޯދަހިފަނީ

  2. ބުރާންތި

    ކަލޭމެން ހޮވި މޭޔަރު ކައިރީ ތިވާހަކަ ދައްކާ.
    މުއިޒް ހޮވާފަ ދެންވެސް އަތްޖަހާ.
    ޢިއްޔެ ހޮވީ، މިއަދު ކަރަންޓެއް ނެތް. އެފެންވަރުގެ މީހުން ނުހޮވަންވީ ސަބަބު މިހާރު ސައުފު ދޯ؟