އިންޑިއާ އަށް ކުރައްވާ ދަތުރުފުޅުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ހައިދަރްއާބާދު ހައުސްގައި ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު އާއި ޖައިޝަންކަރާ ވަނީ އެކި ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

ދެ މިނިސްޓަރުންގެ ބައްދަލުވުމުގައި، ޝާހިދު ވަނީ އިންޑިއާއިން ރާއްޖެއަށް ދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ. ހާއްސަކޮށް، ކޮވިޑާ ދެކޮޅު މަސައްކަތަށް އިންޑިއާ އިން ދެމުން އަންނަ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތާއި، ވެކްސިން ޕްރޮގްރާމްތަކާއި ބެހޭ ގޮތުން ވެސް ދެ ޚާރިޖީ ވަޒީރުން މަޝްވަރާކުރެއްވިއެވެ. އަދި ޕެންޑެމިކްގެ ތެރޭގައި އިންޑިއާއިން ދިވެހި ރައްޔިތުންނަށް ވެދެއްވި އެހީތެރިކަމަށްޓަކައި އިންޑިއާ ސަރުކާރަށް ޝާހިދު ޝުކުރު އަދާކުރެއްވިއެވެ.

މީގެ އިތުރުން ބައިނަލްއަޤްވާމީ މުޖްތަމައުގައި ގުޅިގެން މަސައްކަތްކުރުމާއި، ރާއްޖޭގައި އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށްދާ މަޝްރޫޢުތަކާ ބެހޭ ގޮތުން ދެ ވަޒީރުން މަޝްވަރާކުރެއްވިއެވެ.

ބައްދަލުވުމުގައި ޖައިޝަންކަރު ވަނީ ދިވެހިރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް އިންޑިއާއިން ވެދެމުން އަންނަ އެހީތެރިކަން މެދުނުކެނޑި ފޯރުކޮށްދެވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެގޮތުން ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ، އެއްވެސް މެދުކެނޑުމެއް ނެތި ރާއްޖެއަށް ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަސްއޫދު

    އިންތިޚާބާ ގައިލިބުނު ނާކާޔާބީއާ ބެހޭގޮތުން ދޮގުތައް އަވަހަށް މިދިޔައީ ގެރި މޯދީގެ ގާތައް!ދެންލަލަލާ!

  2. ޙސހސހ

    ރާއްޖޭގެ ކޮންމެވެސް ތަނެއް ވިއްކާލަން ޑީލް ހަދާލަނީ. މިޤަރުނުގެ އެންމެ ބޮޑު ވގ ގެ އެެވޯޑް މީނާޔަށް ލިބޭނެ

  3. މަހާކަލަމެންޖާ

    ޤައުމު ނީލަންކީ ގޮތަށް އަވަހަށް ރައްޔިތުން ކޮޅުވެސް ނީލަމުގައި މަދު ފައުނު ކޮޅަކަށް ވިއްކަވާލައްވާނޫއެވެ.