ނިރުބަވެރިއެއް ކަމަށް ތުހުމަތުގައި ދޫނިދޫގައި ބަންދުގައި ހުރި ތ. ތިމަރަފުށި، އަސްރަފީވިލާ، އަޙްސަން މުޙައްމަދު ޖަލު ގޮޅިއަށް ވެއްދުމުގައި ފުލުހުން ބާރު ބޭނުންކޮށްފައިވަނީ ހަމަޖެހިފައިވާ އިޖުރާތުތަކާއި ޚިލާފަށްކަމަށްވާނަމަ އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.

ފުލުހުން ވިދާޅުވީ ދޫނިދޫ ކަސްޓޯޑިއަލްގައި ބަންދުގައި ހުރި އަޙްސަން ގޮޅީގައި ހަރުކޮށްފައިހުރި ކެމެރާއަށް ނުފެންނަގޮތް ހެދުމަށް އެކި އެއްޗެހި ބޭނުންކޮށް ތަކުރާރުކޮށް ކެމެރާ ބްލައިންޑް ކުރުމާ ގުޅިގެން އޭޕްރީލް 11 ވަނަ ދުވަހު 20:00 އެހައިކަންހާއިރު އޭނާ ގޮޅިން ބޭރަށް ނެރުނު ކަމަށެވެ.

އަދި އޭނާ ގޮޅިން ނެރުމަށްފަހު ކެމެރާގައި އުނގުޅާފައިހުރި ދަތްއުނގުޅާ ބޭސް ސާފުކޮށް ކެމެރާ ބްލައިންޑް ކުރުމަށް ބޭނުންކުރާ ތަކެތި ގޮޅިން ނެރެ، އަލުން ގޮޅިއަށް އޭނާ އަށް އެންގި ކަމަށާއި ނަމަވެސް، ގޮޅިއަށް ވަނުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވުމުންވެސް އެކަމަށް އޭނާ ދެކޮޅު ހަދައި އެވަގުތު އެތަނުގައި ތިބި ފުލުހުންނަށް ތަފާތު އިންޒާރުތައްދީފައިވާ ކަމަށެވެ.

އަދި ސުލްހަވެރިކަމާއެކު ގޮޅިއަށް ވަނުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވި ނަމަވެސް އެކަމަށް އަޙްސަން އިންކާރު ކުރި ކަމަށާއި، އޭނާ ގޮޅިއަށް ވެއްދުމަށް މަސައްކަތްކުރި ފުލުހުންނަށް ނުކިޔަމަންތެރިކަން ދައްކައި ފުލުހުން ގައިގައި ޖަހައި މާރާމާރީ ހިންގި ކަމަށް ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ، އެކަން ހުއްޓުވުމަށް ޕެޕަރ ސްޕްރޭ ބޭނުންކޮށް އޭނާ ޖަލު ސަރަހައްދުން ނެރެ ބިޑި އެޅުވި ކަމަށާއި، އެއަށްފަހު، އެފަދަ ކަންކަން އިތުރަށް ތަކުރާރު ނުކުރުމަށް އޭނާއަށް ނަސޭހަތްތެރިވެ، އެރޭގެ ފަހުގެ ވަގުތެއްގައި ގޮޅިއަށް ވެއްދި ކަަމަށް ފުލުހުން ވިދާޅުވިއެވެ.

"މިކަން ކުރުމުގައި ފުލުހުން އަމަލުކޮށްފައިވަނީ ގާނުނާއި ގަވާއިދާ އެއްގޮތަށްތޯ އާއި އަދި ފުލުހުންގެ ތެރޭގައި ހެދިފައިވާ އުސޫލްތަކުގެ ތެރެއިންތޯ ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑުން އަދި ޔޫސް އޮފް ފޯސް ރިވުއު ކޮމިޓީ އަށް ހުށަހަޅައި ދަނީ ބަލަމުންނެވެ". ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ފޭސްބުކު ޝޭޙު

  ދައުލަތުގެ މުދަލަށް ގެއްލުން ކުރުމުގެ ދައުވާ އަދި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އުފުލާ..ދީނީ އެއްވެސް އިލްމެއް ނެތް ބައިގަނޑު ގަވްމު ހަލާކު ކުރަން ފުރުސަތު ނުދޭތި!!

  23
  10
 2. ޛސޖސހ

  މިސަރުކާރާ މިސަރުކާރަށްވާގިވެރިވާ ޔަހޫދީ ފިކުރަށް އޮޕަރޭޓްކުރާ ހިއުމަންރައިޓްސް އަކީ އަބަދުވެސް ކުށްވެރިންގެ ދިފާއުގައި ވަރަށް މަސައްކަތްކުރާ ބަޔެއް. ދުނިޔޭގެ އެހެން ގައުމްތަކުގައި ނުކިޔަމަންތެރިވީމާ ޕޮލިސް ރިއެކްޓް ކުރާވަރާ ގާތައްވެސް މިރާއްޖޭގައި ނުކުރޭ. ގާތްގަނޑަކަށް ބުއްފުޅި ޖައްސައިގެން ގެންގުޅެނީ. ދެން އެހެން ނޫނަސް ނިރުބަވެރިންނަކީ ދޮމޮކްރަސީޔަށް އެންމެ ބާރަށް ގޮވާލާ މީހުން އޮޕްރޭޓް ކުރާ ބަޔެއް. އެއީކީ މިހާރު ނޭންގޭކަމެއް ނޫން. އައިއެސް އަކީ ސީދާ އެމެރިކާއިން އިރާގު ފުނޑާލާފަ އުފެއްދިބަޔެއް. މިކަން އެނގޭނެ ދުނިޔޭގެ މަޝްރަޙް ދިރާސާ ކުރާމީހަކަށް. އެންޑް މިސަރަހައްދުގަ އެކަން ކުރަނީ އިންޑިޔާ އަޑީގަ އޮވެގެން.

  4
  2
 3. ދިދަ ދަނޑި

  ފުލުހުން އަމަލުކުރީ ރަނގަޅަށް.. އާއިލާއިން ނޫސްތަކުގަ ހަބަރުޖެހީ ތިޔަ އަހުސަން އަލިފަކަށް ހަދައިގެން.. ކުށްކުރީމަ އަދަބު ލިބެންޖެހޭނެ އަހުސަނަކަސް ކާސިމަކަސް..

  6
  4
  • ދުނި ދަނޑި

   ކަލެއަށް ނޫނީ ކަލޭގެ އާއިލާ މީހަކަށް ސަޒާ ދައްކާ ދުވަހަކަށް އުއްމީދުކުރަން، އޭރަށް ތިގޮތަށް ފުލުހުން ހެދިގޮތް ރަނގަޅު ކުރުމަށާއި، އަހުސަނަކަސް ގާސިމަކަސް ކިޔާތޯ. ކަމާނުބެހޭ މީހުން ހަމަހުރެފަ ބޭނިގަންނާތި މައްސަލައަކީ.

   2
   1
 4. ގެރި

  އޯގާތެރި ސަރުކާރު މައި ފުޓް

  4
  3
 5. ޙފ

  ފުރަތަމަ ބަލަންވީ ކެމެރާތަ އް ...އޭނަ ނުކިޔަމަން ތެރިކަން ދެއްކި ނަމަ ކެމެރާތަކުން ފެންނާނެ...އެ ގޮތައް އަމަލު ކުރިނަމަ އޭނާޔަށް ތި ދިން އަދަބު ކުޑަ...

  5
  3
 6. ޙަސަނު

  ފުލުހުން ބޭނުންވެއްޖެ ނަމަ ކިޔަަމަންވިޔަސް ވަރައް އަނިޔާކުރޭ ، އަލުގަނޑު މިހުރީ އޭގެ ހިތި އަނިޔާ ލިބިފައި ، އެ އަނިޔާތަކުގެ މައްސަލަ ޖައްސަންވެސް މިޖެހެނީ ހަމަ އެބައިމީހުންގެ މުއައްސަސާއައް ، އެހެންވީމަ އަޅުގަނޑު އެމައްސަލަ ނުޖެއްސީ ، ފޫނެތް ތައްޓެއްވިޔަސް ، ޖޯޑަކައްވިޔަސް ، ރުނބައަކައް ހަމަ ފެންފުރުން ކަހަލަ ކަމަކައް ވާނެތީ.

  3
  4
 7. ޒާ

  މުޒާހަރާކުރަން ނިކުންނަ ހައެއްކަ މީހުން ކޮންޓްރޯލްކުރަން ފުލުހުން ކުރާއަނިޔާވަނީ ފެނިފަ. ދެން އޭނާޔަށް ދޭނެ އަނިޔާއާމެދު ޝައްކެއް ނުކުރަން.

  3
  5
 8. އަޙްމަދު ޝިފާން ޢަބްދުލްޢަޒީޒް

  މިފަދަ ނިރުބަވެރިންނަކީ މުޅި ޢުމުރަށް ޖަލުގެ ތޭރިތަކުގައި ތިބެންޖެހޭނެ ބައެކެވެ. ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަން ދައްކައި އެބޭކަލުންނަށް ޙަމަލާދިން އިރު އެބޭކަލުން ހަނުތިއްބަވަން ޖެހޭނެތޯއެވެ؟ ނުޖެހޭނެއެވެ. އެބޭކަލުންނަށް ޤާނޫނީ ގޮތުން ލިބިފައިވާ ހުރިހާ ބާރެއްގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަންވާނެއެވެ.

  6
  3
 9. ބަކުރު

  އެމްޑީޕީ ވެރިކަމަށް އަންނަން އަނިޔާ އޭ ބާންގަޑޭ ކިޔި މިހާރު ވެރިކަމަށް އައިސް ވީ ކަމެއްހަރާމް އެ އަހުސަނުގެ ކުށަކީ ކޮބާ ކަމެއްކޮއްގެން ތަ އެހެރީ ގޮޅިއައްލާފަ ހަރުކައްޓޭ ކިޔާ ފަ

  2
  2