ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތައް ގުނަމުންދާ އިރު އިންސާނިއްޔަތުކަން އިސްކުރައްވާ ކުރީގެ ރައީސް އަބްދު ﷲ ޔާމީން މިނިވަންކުރެއްވުމަށް ރައީސް އިބްރާހިމް ސޯލިހްގެ އަރިހުން ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް އެދިވަޑައިގަނެފިއެވެ.

ޝިޔާމް އެގޮތަށް ޓްވީޓް ކުރައްވާފައިވަނީ ރައީސް ޔާމީން ވެކްސިން ޖައްސަވަން ދެކޮޅު ނުހައްދަވާ ކަމަށް ބުނެފައިވާ ހަބަރެއް ޓްވީޓާގައި ހިއްސާ ކުރައްވަމުންނެވެ.

"ރައީސް ޔާމީންއަށް އަނިޔާ ކުރެވުނީމަ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުނީކަމަށް ރައީސް އިބްރާހިމް ސޯލިހްއަށް ގަބޫލުކުރެވެނީތޯ؟ މިއީ މާތްވެގެންވާ މަސްވަރެއް. އިންސާނިއްޔަތުކަން ކުރިއަށް ނެރުއްވާ" ޝިޔާމް ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝިޔާމް ވަނީ ރައީސް ޔާމީން މިނިވަން ކުރާ ވަރަށް ސަރުކާރަށް ޕްރެޝަރު ކުރާނެ ކަމަށް ވިދާޅުވެފައެވެ.

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޔާމީން ފަސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ ނޮވެމްބަރު 28، 2019 ގައެވެ. އެމަނިކުފާނު ޖަލުގައި ހުންނަވާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު، ދަށުން ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ދާދި ފަހުން ވަނީ ހުކުމް ދަމަހައްޓައިފައެވެ.

އެހެންވެ، ޔާމީންގެ ފަރާތްޕުޅުން އެ ހުކުމް ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ. އިދިކޮޅު ފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި ޔާމީން ޖަލަށްލާފައި ނުހައްގު ހުކުމަކުންނެވެ. އެމަނިކުފާނުގެ މައްޗަށް ކުރި ތުހުމަތުތަކަކީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ކުރި ހުކުމެއް ނޫން ކަމަށާއި ޔާމީން މިހާރުން މިހާރަށް މިނިވަން ކުރަން ޖެހޭނެ ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ގަބޫލު ކުރެެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ބޮކި

  ކަލޭމެންގެ ފަސްއަހަރު ވަރަށް ރަގަޅަށް އިންސާނިއްޔަތުކަން އިސްކުރެއްވިއެއްނުން !

  5
  9
 2. ައަހުމަދު

  ތިބުނާއިންސާނިއްޔަތުކަމަށް ބަލަންޏާ ޖެހޭނީ ޖަލުގައި ތިބި ހުރިހާ ކުއްވެރިން ދޫކޮށްލަންތާ ، ވަކިޔާމީން އެއް ދޫކޮށްފައި އެހެންމީހުން ޖަލުގައި ބޭތިއްބީމަ ދެން އެވަނީ ކޮންކަހަލަ އިންސާފަކަށް، ކުށެއްކޮށްފިއްޔާމުން ޔާމީނަކަށްވެސް ވާނީ އަދަބުދޭން ދޫކޮށްގެން ނުވާނެ

  1
  3
 3. ލަދު ކޮބާ؟؟؟؟

  ލަދު ޙަޔާތުގެ ކަންފުޅެއް ވެސް ހަމަނެތީ!

  1
  5
 4. ނޭނގެނީތަ؟

  މާތްވެގެންވާ ރަމަޟާން މަހުގައި، ނުބައިވެގެންވީ ޖިންނިޝައިޠާނުން ތިބޭނީ ކަސްތޮޅު އެޅުވިފައިކަން ނޭނގެނީތަ؟

  1
  3
 5. އަޝްރަފް

  ރައީސް މައުމޫނު (އެއްބަފާ ބޭބޭފުޅު) ޖަލުގެ ކުޑަގޮޅީގައި ބޭއްވިއިރު މާތް މައްސަރު ކޮބައިތޯ؟؟ ތިއަށް ކިޔަނީ ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތުން ޝިޔާމޫ.

  1
  2
 6. މަރީ

  ރައީސް ޔާމީނަކީ އިންސާނިއްޔަތުކަން ދަންނަ ބޭފުޅެއް ނަުން. އެންމެ ގިނަ ބަޔަކު ޖަލުގައި ބަންދުކޮށްގެން އަނިޔާދިނީ ޔާމީނު ވެރިކަމުގަ.

 7. އަމާޒު

  ރައީސް ޔާމީނަށް އިންސާނިއްޔަތުކަން އިސްކުރާށޭ ކިޔައި ޖަލުން މިނިވަން ކުރުމަކީ އިބޫ ސާލި ހަށް ވޯޓުދިން މި ހުނަށް ހަރާންކޯރުވުން.

 8. މަޖީދު

  އިންސާނިއްޔަތުކަން އޮންނަންޖެހޭނީ އިންސާނިއްޔަތުކަން ދަންނަ މީހުނަށް. ރ. ޔާމީނަކީ އިންސާނިއްޔަތުކަން އިސްކުރެއްވި ބޭފުޅެއްނޫން. މައުމޫނަށް ހަދާލިގޮތް މިހާރުވެސް ހަނދާނުގައި އެބަހުރި.

  • އަޖީދު

   ކޮން ހަނދާނެއްތަ ހުރީ؟ އެންމެ ހައިކްލާސް ފެންވަރުގަ ޖަލުގައި ބޭސްފަރުވާ ކޮށްދިން ހަނދާނެއް ނުވޭތަ؟ ދޮގުތަކެއް ހަދައިގެން އުޅުނު ބައްޔަކަށްވިއަސް އެންމެ ރަގަޅަށް ފަރުވާކުރެވޭނެ ގޮތް ހަދައިދިން. މުސްކުޅިވުމަކީ އަދަބެއް ލިބެންނުވާ ކަމެއްކަން ކޮން ފޮތެއްގަ އޮތީ؟ އަޑިއަޑިން ރޭވި ރޭވުންތައް ނުވާނެ ކަލޭމެންނަށް ކަމަކަށް.

 9. އާޒަރު

  ބަލަ ޝިޔާމޫ މިއޮށް ރޯދަމަހު މީހުންގެ ދުލަށް ފާފަކުރުވަން ތިޔަކަހަލަ ވާހަކަ ނުދައްކާ. ޔާނީނަށް ހައްގު މަގާމުގަ އޭނަ އެއޮތީ. އެތަނުގައި ކުރިކުށްތަކަށް އަދަބުލިބެން އޮތަދީ. އެއީ ޔާނީނަށްވެސް އެންމެ ފައިދާކުރާނެ ގޮތަކީ!!

 10. ޝާފިޔާ

  އިންސާނިއްޔަތުކަމާ، އިޙްސާންތެރިކަމާ، އޯގާތެރިކަމާ، ކުލުނާ ލޯބި މިއީ ޔާމީނަށް އޮންނަންޖެހޭ ކަމެއްނޫން. އެއީ އެއަށްވުރެ ނުބައި އަނިޔާވެރިއެއް.

 11. ނަވީން

  އެމީހަކު ކުރި ކުށެއްގެ އަދަބު އެމީހަކަށް ލިބެންޖެހޭނެ!! ޔާމީނެއް، ނަޝީދެއް، ގާސިމެއް ނޯންނާނެ.

  • ކަވީން

   އެކަމު ނަޝީދަކަށް ނުލިބޭ އޭނަ ކުރި ކުށުގެ އަދަބެއް. އެ ހުންނަނީ ތަންފީޒުކުރުން ފަސްކުރެވިފައިވާ ހުކުމެއް އޮންނައިރުވެސް މިނިވަންކަންމަތީ. އަދީބުއާ ޒިޔަތުމެން އެތިބެނީ ގޭގަ. އަލީ ވަހީދު އެހުރީ ފިނިވާ ވިލާތުގަ. ގާސިމް އެހުރީ ކޮވިޑް ޖެހިދާނެތީ މެމްބަރުކަން އަދާނުކޮށް ވަޒީފާއަށް ހަރާންކޯރުވެފަ 1 އަހަރުވަންދެން ރިޒޯޓެއްގަ.

 12. ޝީޔާމޫ

  އިބޫއަށް އޮތް ދެވެން ހުއްދައެއްނަމަތާ ޔާމީނަށް ލުއިކޮށްދޭނީ. 13 އަންހެނުންގެ މައްސަލައިގަ ކީރިތިކުރައްވާފަ އެކަން ކުރި މީހާ ފލުވައިގެން ތިބެ އެކަމާ ކީރިތި ނުކުރެއްވޭ މީހެއް ކައިރީ ތިޔަ އާދޭސްކުރަނީ.