"ﷲ އަކްބަރު" ގޮވަމުން ރުކެއް ކަނޑާލުން ވެރިކަންކުރާ ޕާޓީ އެމްޑީޕީން ކުށްވެރި ކޮށްފިއެވެ.

އެ ހާދިސާ އެމްޑީޕީން ކުށްވެރި ކޮށްފައިވަނީ ގިނަ އަދަދެއްގެ ބަޔަކު އެކަމަށް ފާޑުވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން އެޕާޓީން ކޮށްފައިވާ ޓުވިޓެއްގައި ބުނެފައިވަނީ އެފަދަ އަމަލު ހިންގުމަކީ އެޕާޓީން އެއްވެސް ގޮތަކަށް ހިތްވަރުދޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ އަމަލެއް ނުހިންގުމަށް ވެސް އެ ޕާޓީން ވަނީ ގޮވާލާފައެވެ.

"މި ޕާޓީގެ އެއްވެސް މެމްބަރަކު އަދި ޕާޓީއަށް ތާއީދު ކުރާ އެއްވެސް ފަރާތަކުން މިފަދަ އަމަލު ނުހިންގުމަށް ދަންނަވަން" އެމްޑީޕީން ކުރި ޓުވިޓުގައި ބުނެފައިވެއެވެ.

ރީނދޫ ކުލައިގެ ހެދުމާއި ޓީޝާޓުތަކެއް ލައިގެން، ފިޔާތޮށި ކުލަ ލާފައި ހުރި ރުކެއް ކަނޑަން ގިނަ ބަޔަކު އެއްވެފައިވާއިރު، އެ ވީޑީއޯގައި ރުށް ކަނޑަމުން ބައެއް ފަރާތްތަކުން "ﷲއަކްބަރު" ގޮވާ އަޑުވެސް އިވިގެން ދެއެވެ.

އެ ވީޑީއޯ މީސްމީޑީއާގައި އާންމުވުމާއި ގުޅިގެން ގިނަ ބަޔަކު ވަނީ އެމްޑީޕީއަށާއި އެކަން ކުރުމުގައި ބައިވެރިވެފައިވާ ފަރާތްތަކަށް މަލާމާތް ކޮށްފައެވެ.

އެގޮތުން އެވީޑިއޯއަށް ކޮމެންޓް ކޮށްފައިވާ ގިނަ މީހުން ވަނީ އެމްޑީޕީ މީހުންނަކީ "މޮޔައިން" ކަމަށް ބުނެ ނުރުހުން ފާޅުކޮށްފައެވެ. އެގޮތުން ބައެއް ފަރާތްތަކުން ބުނެފައިވަނީ އެއީ އިންޑިއާގެ ފާދިރީން ހަފްލާތައް ފާހަގަ ކުރާ ގޮތް ކަމަށާއި އެމްޑީޕީ ހައި "ގަމާރުން" ގިނަ ޕާޓީއެއް ނުފެންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ކޮރުސޮރު

    ގިނައިން ތިކަހަލަ ސޭކްކަންތައްކުރަނީ ހއ ދިއްދޫ އެމްޑީޕީމީހުން

    35
    2
    • ގެރި

      ރީނދޫ އެއްޗެހިން މުޅި ގައުމު ހަލާކު ކޮށްފި

      13
  2. ހިނުތުންވެލާ

    މީ ސީދާ ބޮޑުން ހިއްވަރުދީގެ މޮޔަ ރައްޔިތެއް ލައްވައި ކުރުވި ނާތަހުޒީބު އަމަލެއް. މީ އަސްލު އެމްޑީޕީ އަކީ .. އަދިވެސް ހެޔޮވިސްނޭ ބައެއް އަހުންނާއި އުހުތުންވެސް އެބައިގަޑާ އެކު ވާތީ ހިތާމަކުރަން

    48
    2
  3. ރައްދު

    ރައްވެހި ފަތިހުގައި އެމްޑީޕީ މީހުން ތިބޭނެ ހާލަތު ތިފެންނަނީ "ﷲއަކްބަރު"

    48
    4
  4. ޔައުގޫބް

    ބޭބެ އޭރުވެސް ރާސިދު ކައިރި ބުނިންދޯ ތީ ކޮސްކަމެކޭ. އަމިއްލަ އަށް މޮޅުވާން އުޅެގެން ލިބޭނީ ތިކަހަލަ ލަގާއެއް.

    24
    1
  5. ބަރަބޯ

    އެމްޑީޕީ މީހުންނަކީ ވަރަށްހަޔާތްކުޑަ ކެނެރީ ސިސްޓަމްބައެއް އެމީހުންގެ ލާދީނީ ސިސްޓަމް ބުނާގޮތްހަދާނެ މިވަރުންއެނގޭނެ .

    30
    3
  6. މުހައްމަދު އަންޖުމް

    އެކަމަކު ތަންކޮޅެއް ބޮޑުވަރުތީ މިފަދަ މާތް މަހެއް ކުރިމަތީގަ އޮއްވަ އެންމެން އެއްވެގެން އަތްޖަހަމުން ތިޔަކުރީ ހާދަމޮޅުކަމެއްކަމުގައި ހީކުރަނީތަ ޕާޓީގެ ވާދަ ވެރިކަން މާތްﷲ އިންސާނުންނަށް ދެއްވާ ރިޒުގައް ތިޔައަރަނީ ފައިން ޕާޓިތަކާކުލަތަކަކީ އަދި މީހުންނަކީ ބަދަލުވާ އެއްޗެއްކަންވެސް ނޭނގުނު ރިޒުޤު ދެއްވާ ފަރާތުން ވަކިބަޔަކަށް ވަކި ކުލަޔަކަށް ބެލުމެއްނެތި ތާއަބަދު ދެއްވާކަންވެސް ތިތިބަގަމާރު ތަކަށްނޭގުނު މިވެސް އުންސާނުން ކުރަންޖެހޭކަމަކީބާ ރައްބައް އިހްތިރާމް ކުރަންވެސް ނޭގުނުތާ ނުބައިކަމަކަށް ﷲގެ މަތިވެރިކަލިމަތައް ބޭނުންކުރިއިރު ތިބީހަމަހޭގަބާ!

    11
    1
  7. ބިންގޯ

    ހުސް ސޭކުން ރުކަށް ތަ ވޯޓް ލީ.؟ ބަލިވީމަ މޮޔަވީދޯ.

    10
  8. ބަކަރި އެޖެންޑާ

    މި އެންމެން ހައްޔަރުކޮށް މައްސަލަ ބެލެންޖެހޭ ކަމަށް ގަބޫލުކުރަން.. މިކަހަލަ ދަށުދަރަޖައިގެ ކަންކަން ކުރާ މީހުނަށް ދޭންޖެހޭ އަދަބެއް އޮތިއްޔާ ދޭންޖެހޭ

    11
  9. Anonymous

    ގެރިމޯދީ ކައިރިން ދަސްކުރީތަ

    11
  10. އެމަންޖެ

    އަންނިވެސް ކޮންމެހެން ދެން މާރަނގަޅުވާން ހަދާނެ ކަމެއްނެތް.

    11
  11. އަޙްމަދު ޝިފާން ޢަބްދުލްޢަޒީޒް

    ތިޔައީ އެމްޑީޕީ މީހުން އަޑީގައި ތިބެގެން ހިންގާ ޕްރޮޕެގެންޑާތައް ކަމުގައި ނޫނީ ނުވާނެއެވެ.

  12. ޓަކިބޭ ދައިތަ

    އެމްޑީޕީ އަކީ މާ އިސްލާމްދީން ދެކެ ލޯބިވާ ކަމަށް ހެދިގެން އުޅޭ ރީނދޫ ބައިގަނޑެކެވެ. އެހެނަސް، ވިސްނާލަންޖެހޭ ކަމަކީ އެއްވެސް ދީނީ ދަރުސެއް މިހާތަނަށް އެޕާޓީ އުފެދުނު ފަހުން ވެސް އިންތިޒާމް ކޮށްފައި ނުވާކަން ދިވެހި އަފްރާދުން ވެސް ދަންނާނެއެވެ.

    11
  13. ސަންގޯރު އަހުމަދު

    ފޯކައިދޫ ބުރާންތިން މުޅި މިޕާޓީގެ އަގު ތިޔަ ވައްޓާލީ މިފަހަރު ތިޔަ އޮތީ ފައިން އެރިފަ ނިކަން ރަނގަޅައް

  14. ސުވައިދާ

    މޮޅުކަމެއްގޮތުގައި މިކަން ކުރިޔަސް މީވަރަށް ދަށުދަރަޖައިގެ ކަމެއް.