ކޮވިޑް-19 ޖެހިގެން މިއަދު އިތުރު މީހަކު ނިޔާވެއްޖެ އެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން ނިިޔާވެފައިި ވަނީ 86 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެ މީހާ އައިޖީއެމްއެޗް އަށް ގެންގޮސްފައި ވަނީ ނިޔާވެގެންނެވެ.

އެ ހޮސްޕިޓަލަށް ގެންދާ މީހުން، ކޮވިޑަށް ޓެސްޓު ކުރާ އުސޫލުން އެ މީހާވެސް ޓެސްޓު ކުރުމުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

ކޮވިޑް ޖެހިގެން އިތުރު މީހަކު ނިޔާވިކަން އެޗްޕީއޭ އިން އަދި އިއުލާނެއް ނުކުރެއެވެ.

މިއަދު ހެނދުނު ވަނީ ކޮވިޑް ޖެހިގެން 82 އަހަރުގެ އަންހެނަކު ނިޔާވެފައެވެ.

މިއަދު ނިޔާވި ދެމީހުންނާއިއެކު ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ ޖުމްލަ އަދަދު ވަނީ 69 އަށް އަރާފައެވެ.

ފަހަކަށް އައިސް ރާއްޖެ އިން ކޮވިޑް ޖެހޭ މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ވަނީ މަދުވެފައެވެ. މިހާރު ވެސް 2584 މީހުންނަށް ކޮވިޑް ޖެހިފައި ތިބިއިރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ 53 މީހުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢެނގޭ

    ޢެފިރިހެންމީހާ ނިޔާވީކީ ކޮވިޑް ޖެހިގެނެއްނޫން.ހުރިހާ ކަމެއް ރަނގަޅަށް ހުރެފަ ނިޔާވީ.އެއީ ކިޑްނީ ޕޭޝަންޓެއް