އިންޓަނެޓުގެ އަގަށް މާބޮޑު ހެޔޮ ބަދަލެއް ނާންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އިއުތިރާފުވެ ވަޑައިގެންފިއެވެ.
މިހާރު މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ ވެސް ހިންގުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ފައްޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޓަނެޓްގެ އަގަށް މިހާރު އައިސްފައިވާ ކުޑަ ބަދަލަކީ ސަރުކާރުގެ އެއްވެސް ދައުރެއް ނެތި އައިސްފައިވާ ބަދަލެއް ކަމަށެވެ.
"ސަރުކާރުގެ އެއްވެސް ދައުރެއް ނެތި، އިންޓަނެޓް ޕެކޭޖްތަކަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައިސްފި. އެއީ ފާހަގަ ކުރެވޭވަރަށް ވުރެ ކުޑަ ބަދަލެއް. (އިންޓަނެޓްގެ އަގު ހެޔޮވާނީ) ފެއާ ޔޫސޭޖް ސިޔާސަތައް ބަދަލު ގެނެވިގެން." ފައްޔާޒް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކުރިއަށް އޮތްތަނުގައި އިންޓަނެޓްގެ އަގު ހެޔޮ ކުރުމަށް ބޮޑެތި ބަދަލުތަކެއް ގެންނަން މަސައްކަތް ކުރަމުން ގެންދާކަމަށާއި އެބަދަލުތައް ކުރިއަށް އޮތް ދުވަސްތަކުގައި އަންނާނެ ކަމަށެވެ.
Whilst there has been some reductions on prices on internet packages without the intervention of the Gov, it is insignificant. The solution is sensible changes to FUP. We are working on this and significant regulatory changes will be made in the coming days
— Fayyaz Ismail (@faya_i) April 16, 2021
އިންޓަނެޓްގެ އަގަށް ފާހަގަ ކުރެވޭ ހެޔޮ ބަދަލެއް ނާން ކަމަށް މިނިސްޓަރ ފައްޔާޒް މިއަދު ވިދާޅުވެފައި މިވަނީ ރައީސް ޞާލިހް ވަައުދުވެ ވަޑައިގެންނެވި ގޮތައް އިންޓަނެޓްގެ އަގު މިހާރު ހެޔޮ ކުރެވިފައިވާ ކަމަށް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރ އަލީ ޞާލިހް ވިދާޅުވެފައި ވަނިކޮށެވެ.
އަލީ ޞާލިހް ވިދާޅުވެފައި ވަނީ މިހާރު 05.50 ރުފިޔާއަށް އެއްޖީބީ ޑޭޓާ ލިބޭ ކަމަށެވެ.
"އަޅުގަނޑު ހެޔޮ ބަދަލެކޭ މި ދަންނަވަނީ މިއަދު އަޅުގަނޑުމެންނަށް ފަސް ރުފިޔާ ބަޔަށް ޖީބީއެއް އެބަ ލިބޭ، އަޅުގަނޑުމެން މަސައްކަތް ފެށިއިރުގައި، މިދިޔަ އަހަރާއި ހަމައަށްވެސް، މިއަހަރުގެ މި ރަމަޟާން މަސް ފެށުމުގެ ކުރިންވެސް 33 ރުފިޔާއަށް ޖީބީއެއް ހުރި އެއްޗެއް ފަސް ރުފިޔާ ބަަޔަށް ލިބޭ ވާހަަކަ މި ދަންނަވަނީ، އަޅުގަނޑުމެން މި ދަންނަވަނީ މޯބައިލް ޑޭޓާގެ ވާހަކަ، 1000 ރުފިޔާއަށް 30 ލިބެމުންދިޔަ ބަޔަަކަށް، އަޅުގަނޑުމެންނަށް މިއަދު އެބަ ލިބެޔޭ 180 ޖީބީ މާނައަކީ، ފަސް ރުފިޔާ ބަޔަށް ޖީބީއެކޭ" އަލީ ޞާލިހް ވިދާޅުވިއެވެ.
އަލީ ޞާލިހްގެ ވާހަކަތަކާއި ގުޅިގެން ވަރަށް ގިނަބައެއްގެ ފާޑުކިޔުން އޭނާއަށާއި ސަރުކާރަށް ވަނީ އަމާޒުވެފައެވެ.
ދެންކީއްވެ ކަލޭގެ ދުނިޔެއިން އެންމެސޯލިހުމީހާދޮގުބުނަނީ ވެރިކަމަށް އަންނަންކުރިހުވާ ކޮބާ ވައުދުނުފުއްދެންޏާ އިސްތިއުފާދީފަ ގޭގައޮވޭ.
މިމީހުން ވެރިކަމަށް އަންނަންވެގެން ރައްޔިތުންނަށްވި އެއްވެސް ވަޢުދެއް ނުފުއްދޭ!! ނުފުއްދޭ ބައެއް ވަޢުދުތައް! 1- ބުނި ތިމަންމެން ވެރިކަމާ ހަވާލުވާތާ 3 މަސްތެރޭ މަރާލަފައިވާ ނޫސްވެރިންނާ އަފްރާޝީމުގެ މައްސަލަ ނިންމާ އެކަންކުރި މީހުންނަށް އަދަބުދޭނަމޭ! އެކަމެއްނުވި! 2- ސިފައިންނާ ފުލުހުންގެ ބޯހިޔާވަހިކަމަށް އަޅާނިމި ކޮންކްރީޓްގެ މަސައްކަތްވެސް ނިމި ފިނިޝިން މަސައްކަތް ނުނިމި ހުރި 300 ފުލެޓް ތިމަންމެން ވެރިކަމާ ހަވާލުވާތާ 1 އަހަރުތެރޭ ނިންމާނަމޭބުނި!! އެކަމެއްނުވި!! 3- އެއް އަހަރުތެރޭ އިންޓަނެޓް އަގުހެޔޮކުރާނަމޭ ބުނި! އެކަމެއްނުވި! 4- މަސްވެރިން ބާނާ މަހަށް ހަމައަގު ދޭނަމޭ ބުނި! އެކަމެއްނުވި! 5- ވެރިކަމާ ހަވާލުވާތާ 2 އަހަރުތެރޭ 1500 ފުލެޓް އަޅާނަމޭ ބުނި!! އެކަމެއްނުވި!! ދެން ކިހިނެތް ދުނިޔެއިން ބޭރަށް ކިޔަވަން ފޮނުވާނަމޭ ބުނި ވައުދު ފުއްދާނީ!! އެކަމަކު ވަރަށް ވަރުގަދަޔަށް ނުޙައްގުން ޔާމީނަށް އަނިޔާދީގެން އޭނާ ޖަލަށްލައިގެން ޔާމީން ޖަލަށްލާން ކުރި ވަޢުދު ފުއްދައިފި!! އެވެސް ނުޙައްގުން ޝަރީޢަތަށް ނުފޫޒް ފޯރުވައިގެން ހެކި އުފައްދައިގެން ދެ ފާސިގެއްގެ ހެކިބަހަށް!! މިއީ އިސްލަމީ ޝަރީއަށް ދަންނަކަމެއްނޫން ފާސިގުންގެ ހެކިބަސް ނެގުން!! ދެންކުރަނީ ވައްކަން! މިނާގާބިކް ވަގު އަނިޔާވެރި ސަރުކާރަށް އެއްކަމެއްވެސް ނުކުރެވޭނެ!! މިމީހުން ބޭރުކުރަންޖެހެނީ!! މިއީ އިންޑިޔާގެ ޕަޕެޓުންތަކެއް!! ގައުމު ވިއްކާލައިގެން އުޅޭ ގައުމުގެ ޣައްދާރުންތަކެއް!!
ވިޔަފާރި ކުނފުނިން ކުރަންވަނީ ވިޔަފާރި. ހިލޭދޭ ކުންފުނިން ހިލޭދޭންވާނީ .ގެއްލުމުގަ ވިޔަފާރި ނުކުރެވޭނެ. ކޮންމެ އެއްޗެއް ބޭނުންކުރަންވަނީ އޭގެ އަގު ދެއްކޭނެ ނަމަ. މަސައްކަތް ކޮށްގެން ފައިސާހޯދީމަ ވާނެ. މިތާގަ އު ޅޭ ބަންގްލަދޭސް މީހުން 24 ގަޑިއިރު ރަށަށް ވިޑިއޯ ކޯލް ގުޅާ ބޮޑުވެގެނެއްނޫޅޭ.އެއީ މަސައްކަތުން ފައިސާ ހޯދާތީ
ކަޅޭ މެނަށް ރައްޔިތުންގެ ލާރިން މުސާރަދީފައި 5 ރުފިޔާ އަށް ޖީބީ އެއް ދިނަކަސް ރައްޔިތުންނަށް ލިބެނީ ހަމައަގުގައި.. 149 އޫރިދޫ 1 ޖީބީ..
ފައްޔާޒު ކޮންމެވެސް ވަރަކަށް ލަދުގަނެ ބަލަ.
މުޅިދުނިޔޭގައި އެންމެ އަގުބޮޑު އިންޓަނެޓް ދިބެހިރާއްޖޭގައި! މިހާތު އިންތިޒާރު މިކުރަނީ ސްޓާ ލިންކް ލިބޭނެ ވަގުތަކަށް! މީތި ބުލޮކް ނުކުރާތި! އޭރުން މާކައްރީއްޗެއް ނުވާނެ ކަންތައްތައް ދާގޮތް!
ފެންފޯއްޕާކުން ފެންފޯއްވިއްކާ އަގު ދެއްތޯ އޮޅިވަޑައިގަނެގެން އައުލާނު ކުރެއްވީ
އެމްޑީޕީ އަކީ ދޮގުހަދާ ވައްކަންކުރަން އެކަނި އެނގޭ ބައެއް.. ކުރެވުނުހާ ކަމަކީވެސް ފެންފޯއްޕާކު ކިޔާ ޕާކެއް ހަދާލުމާއި ވެންޓިލޭޓަރުތަކެއް ދިރުވާލުން
ވައުދު ފުދިއްޖެ ކަމަށް ސޯލިހު ވިދާޅުވެއްޖެ.
ފަޔާގެ ވާހަކަ އަޅުގަނޑު ގަބޫލުކުރަނީ.
އަޅުގަނޑަކީ އަމިއްލަ ނަމުގައި 3 ކަނެކްޝަނެއް ނަގައިގެން އުޅޭމީހެއް. އަދި އަގުހެވެއް ނުވޭ.
ބިދޭސީންތައް އާގުބޯޓް ފަހަރުގައި ބަންގާޅަށް ފޮނުވިއްޖެތޯއެވެ. މާލޭ މަޖީދީމަގުގައި ޒިކުރާ މިސްކިތާއި ދިމާލުން ބަރިބަރިއަށް އެތުރިގެން އެތިބަ ބިދޭސީންނަކީ ސަރުކާރަށް ބަލަދުއަރާފައި ތިބި ބައެއްތޯއެވެ؟ ދުނިޔޭގެ ކޮންޤައުމެއްގައިތޯ އެޤައުމުގެ ޤާނޫނު މުގުރާފައި އެހެންޤައުމެއްގެ ރައްޔިތުންނަށް ހިތުހުރިހާ ގޮތަކަށް އުޅެވެމުން ދަނީ؟ ޖަވާބު ދެއްވަ ބައްލަވަ.
މަކރުވެރިން ދޮގުތައ އް ހަދާގެންވެސް ވެރިކަން އަތުލައިގެން ވާކަމެ އްހަރާން