ޕީޕީއެމްއަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްދިނުމުގައި އަޒުމުގައި ނަހުލާ އަލީ މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރަކަށް ކުރިމަތިލައްވަން ގަސްދުކުރައްވާކަން އިއުލާން ކުރައްވައިފިއެވެ.

ނަހުލާ މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުކަމަށް ކުރިމަތިލައްވަން ނިންމެވިކަން އިއުލާން ކުރައްވާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ޕީޕީއެމް އަށް ކާމިޔާބުކުރުމަށްޓަކައި ވޯޓުލާ އާބާދީގެ ދެ ބައި ކުޅަ އެއްބަޔަށް ވުރެ ބޮޑު ބައެއް ކަމަށްވާ އަންހެނުންނާއި ޒުވާނުންގެ ގިނަ ޢަދަދެއްގެ ވޯޓު ނެގުމަށްޓަކައި ޢިލްމީ، ޤާބިލް، ހިތްވަރުހުރި ކެރޭ އަންހެނަކަށް ޑެޕިއުޓީ މޭޔަރ ކަމުގެ ފުރުޞަތު ލިބިގެން ދިއުމަކީ ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް އަދި ޕީޕީއެމް އިން ހިތްވަރުދެއްވާނެ ގޮތް ކަމުގައި އޭނާ ދެކެވަޑައިގަންނަވާ ކަމަށެވެ.

ނިމިދިޔަ ދައުރުގައި މާލެ ސިޓީ ކައުންސިލުގައި އަންހެނަކާއި ފިރިހެނަކު މާލެ ސިޓީގެ މޭޔަރު ކަމާއި ޑެޕިއުޓީ މޭޔަރުކަން ކުރައްވާފައިވާއިރު އަންހެނުންނާއި ފިރިހެންނުންނަށް ހަމަހަމަ ފުރުޞަތު އަދި ހަޤީޤީ ބާރުވެރިކަން ދެ ޖިންސަށް ހަމަހަމަ އަށް ލިބިދިނުމަކީ މި ދައުރުގައި ޕީޕީއެމް އިންވެސް ތަރްޙީބު ދެއްވާނެ ކަމެއްކަމުގައި ޔަޤީން ކުރާކަމެއް ކަމަށް ނަހުލާ ވިދާޅުވިއެވެ.

"މި ސަބަބުތަކަށްޓަކައި އަދި ވިލިމާލެ ދާއިރާގެ ލޮބުވެރި ރައްޔިތުން، ދަފްތަރުވެސް ހިމެނޭ ގޮތަށް އަޅުގަނޑަށް ކުރެއްވި އިތުބާރާއި ބެހެއްޓެވި ގާތްކަށް ޝުކުރުގެ ހިތަކުން ފާހަގަކޮށް މި ދައުރަށް ހޮވިވަޑައިގެންނެވި މާލެ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒާއެކު ރައްޔިތުންނާއި އެންމެ ގާތުން ކުލައަކަށް ފިކުރަކަށް ބެލުމެއްނެތި ރައްޔިތުންގެ މަސްލަހަތު ކުރިއަށް ނެރެ މުޅި މާލެ ސިޓީގެ ހެވާ ލާބައަށް މަސައްކަތް ކުރާނެ ޢިލްމާއި ޤާބިލުކަމާއި ހިތްވަރާއި ކެރުން ހުރި އަންހެނެއް ކަމަށް ޤަބޫލު ކުރާ ހާލު އަދި ގިނަ ފަރާތްތަކެއްގެވެސް އެދިވަޑައިގެންނެވުމުގެ މަތިން މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ ކަމުގެ މަޤާމަށް ވާދަ ކުރުމަށް އަޅުގަނޑު ނިންމައިފީމެވެ." ނަހުލާ ވިދާޅުވިއެވެ.

މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު ހޮވާނީ ކައުންސިލަރުންގެ ސިއްރު ވޯޓަކުންނެވެ. ނަހުލާގެ އިތުރުން ޕީޕީއެމްގެ ނައިބު ރައީސް އިބްރާހިމް ޝުޔާއު އާއި ކައުންސިލަރަކަށް ހޮވިވަޑައިގެންނެވި އަބްދުﷲ ނާސިރު (ހެރިންސް އައްލޮ) ވެސް ވަނީ ޑެޕިއުޓީ މޭޔަރުކަމަށް ކުރިމަތިލައްވާނެ ކަން އިއުލާން ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

 1. ވިސްނާލުމަށް އެދެމޭ

  މޮޔަވެދާނެ ނަހުލާ ދަ އްކާވާހަކަ އިން..2023ގެ އިންތިހާބު ނަހުލާ ޑެޕިޔުޓީ މޭޔަރަކަށް ހޮވިގެން ލިބޭނެ މޮޅެނޯންނާނެ..2023 ކާމިބުކުރަން ކަމެ ކޮއްދެވުނަސް ކޮ އްދެވޭނީ ސުޖާ އަށް..ތިމަގާމަކީ ސުޖާގެ ހަ އްގެ..ނަހުލާ މިހުރިހާދުވަހު އެތަންމިތަނުގަ ދުވެދުވެފަ ޕޕމ އަށް އަންނަންދެން ސުޖާ ޕޕމ ކޮޑު އަޅަ އިގެން ހިގީ..ސުޖާ އަށް ތިމަގާމު ދޭންވާނީ..

  15
  3
 2. ޢަދުރޭ

  ފައިސާގެ ދަހިވެތިކަން ހުރި އަންހެނެއް ގޮނޑި އެހެން ޕާޓީ އަކަށް ވިއްކާލަންވެސް ފަހަށް ނުދާނެ . ޕީޕީއެމް މީހުންނަށްއ އެނގޭނީ ހަދާނެ ގޮތެއް

  13
  3
 3. އަފީ

  ސާބަހޭ ނަހޫ ތީވާޤައުމުދެކެ ލޯބިވާ
  ދިވެހިދަރިއެއް އަޅުގަނޑު ފަހުރުވެރިވޭ
  ތީއަޅުގަނޑުގެ ދަރިއެއްކަހަލަކުއްޖަކައްވީތީ
  ސާބަހޭ ނަހޫ💗💗💗

  7
  7
 4. ސާމިސް

  ސާބަހޭކަމަނާތީހަމަފިސާރިއަންހެނެއް ކަނބުލޮ ހިތްވަރާއެކުކުރިއައްތީކަތައްތަކުގަފަސްޖެހޭނެ ފިނޑިމީހެއްނޫންކަންވަރައްސާފު

  3
  6
 5. ދަންނަންތަ

  ނަހުލާ ... ޖ. ނާޒިމް ދަންނަންތަ... މިއީ ވ.ވާހަކަ..

  4
  4
 6. އަންނި

  ނަހޫއައް ހިތަކިޔާ.

  3
  4
 7. ޣަލީ

  ނަހޫކަހަލަހީވާގިޒުވާންކެރޭހިތްތިރިހިތްހެޔޮކަނބަލަކާ ވަރައްއެކަޝީގެންވޭ

  3
  7
 8. ސަފްރާޒް

  އިހޯޕް ނަހޫ މިފަހަރުމީނަހޫގެފަހަރު ما شاء الله

  2
  6
 9. ސާމިސް

  ލޭޑީސްްފަސްޓް އެހެންވީމަހުރިހާބޭފުޅުންމިކަމުގައަން ހެންކަބަލުންނާ އެކުވެއެއްބާރުލުންދިނުމަކީ ޕީޕީއެމްގެ އެކު ވެރިކަން އެހެންޕާޓީތަކައް ނަމޫނާއެއް

  2
  4
 10. ސަފްރާޒް

  ނަހޫކަހަލަރިވެތިއަހްލާގުގެވެރިމިސާލެއްފަދަސާދާމިޒާޖުގެއަޒުމްވަރުގަދަކަނބަލެއް

  2
  3
 11. ޘާފީޔަތު

  އަޅުގަނޑުމެންމިތިބީތިފަދަވިސްނުންތޫނުގައުމުދެކެލޯބިވާގައުމީވިސްނުމުގަދެގޮތެއްނުވެދާއިރާގެރަތްޔިތުންގެ ހަމަޖެހުންނަހޫގެކުރިއެރުން

  1
  2
 12. ޜިޒްނާ

  ވިލިމާލެދާއިރާގެލޮބުވެތިރަތްޔިންއުފާވެރިިފުދުންތެރި ހަމަޖެހޭދިރިއުޅުމެއްހޯދައިދެވޭނީތިފަދަހިތްވަރުގަދަ އަބަދުވެސް އުފާވެރިމޫނަކާއިގެންހިނިތުންވުމާއެކު ރަތްޔިތުންނާބައްދަލުކުރާކަނބަލެއް

  1
  2
 13. އަލްޖިބްރާ

  މާލޭގެ ރައްޔިތުންނަށް އެވެނި މިވެނި ކަންތަށް ކޯށްދޭނަމޭ ކިޔައިގެން މީހުންގެ ބޮލަށް ހުތްފިތާ ކައުންސިލް އިންތިޚާބު ކާމިޔާބު ކުރި އަސްލު މަޤްސަދު ތިއޮތީ ފަޅާއަރާފަ ! މީގެކުރިންވެސް ބުނިން ކަލޭމެންގެ ބޭނުމަކީ މާލޭގެ ރައްޔިތުންނަށް ކަންތަށް ކޮށްދިނުމެއް ނޫނޭ !ކަލޭމެންގެ އެދުމަކީ ޔާމީނު ޖަލުން ނެރުން ! އެކަން އަދި ތިގޮތަށް ތެޅުނަސް ނުވާނެ ! ކުށްކުރީމަ ކުށްކުރާމީހާއަށް ކުރިކުށުގެ އަދަބު ލިބެން ޖެހޭނެ !

  3
  8
  • ޢަދުރޭ

   އަންނިގެ 13 އަހަރުގެ ޖަލު ޙުކުމް އަދި ވަކިގޮތެއް ނުނިމޭ ކަން ހަނދާން ކޮށްދެން. ބަޔަކު މިކަމާ އުޅެފިއްޔާ. ރައްޔިތުންގެ މަޖުލިސް ވާނީ ހުވަފަތް

   1
   1
 14. އާކާޝް

  މަޤާމާއި ޖާހާއި މަންސަބު ގެ ދަހިވެތިކަން ކުރިޔަށް ނެރެ ތިމާޔަށް ސަޕޯޓް ކުރާ މަދު ބަޔަކު ލައްވާ ދެބޯގެރި ދުއްވައި މީޑިއާ ގެ އެކި ވަޞީލަތްތައް ބޭނުން ކޮށްގެން ތިކުރާ ކަމަކީ ޕާޓީ ގެ އިދާރާއިން ނިންމަންޖެހޭ ނިންމުންތަކަށް ހުރަސް އަޅާ ޖެއްސުން ކުރުން، އަދި ޕާޓީ ބައި ބައި ކުރުމަށް މަގުފަހިކުރުން، ޢިލްމީ ގޮތުން ޤާބިލު މީހުން ކަންތައް ކުރާނެ ގޮތެއް ކަމަށް ޤަބޫލެއް ނުކުރެވެއެވެ، ނަހުލާ އަކީ ޢިލްމީ ގޮތުން ކިޔަވާފައި ހުރި ބޭފުޅަކަށް ވިޔަސް ލިބިފައި ހުރި ޢިލްމުގެ ބޭނުން ޢަމަލީ ގޮތުން ދައްކާ ދެވިފައި ހުރިކަމަށް ޤަބޫލެއް ނުކުރެވެއެވެ، ރާއްޖޭގެ ސިޔާސި ކަނޑުގެ ރާޅުތައް ބޮޑުވެފައި އޮއިވަރު ބާރުކަމުން ސިޔާސި ގޮތުން ޕާޓީ އަށް ކަމެއް ކޮށްދެވޭނީ ވަރަށް ޖެހިލުން ކުޑަ ހިތްވަރުގަދަ ޢަޒުމް ވަރުގަދަ ބޭފުޅުންނަށް، ފަހަރުގައި މިފަދަ ބޭފުޅަކީ ޢިލްމީ ކަރުދާސް މަދު ބޭފުޅަކަށް ވެދާނެ، ނުވަތަ ޢިލްމީ އެއްވެސް ކަރުދާސް ކޮޅެއް ނެތް ބޭފުޅަކަށް ވެސް ވެދާނެ، ނަމަވެސް ޕާޓީ ގެ ޙަޔާތުގައި ދިމާވި ބޮޑެތި ގޮންޖެހުން ތަކުގެ ދިފާއުގައި ޢަމަލީގޮތުން އެބޭފުޅުންގެ ޤާބިލްކަން ސާބިތު ކޮށްދީފައިވާ އަދި މިހާރުވެސް ކޮށްދެމުން ގެންދާ ބޭފުޅުން އެބަތިބި ނޫންތޯ؟ ރައީސް ޔާމީން އާއި ޕާޓީ ގެ އިސްބޭފުޅުންނާއި އެކު ފޮޓޯ ނަންގަވާ ފައި ފޮޓޯ މީޑިއާގެ އެކި ވަޞީލަތްތަކުގައި ބޭނުން ކުރުމަކީ ޕާޓީ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ ދެކެ އެބޭފުޅަކު ލޯބިވާކަމުގެ ހެއްކެއްނޫން، ޕާޓީ ދެކެ ލޯބިވުމަކީ ޕާޓީގެ އެއްބައިވަންތަކަމާއި ޤައުމީ މަސްލަހަތު އިސްކޮށް ޕާޓީން ނިންމާ ނިންމުންތައް ޤަބޫކޮށްގެން ކުރިއަށް ވަޑައިގަތުމަށް މަސައްކަތް ކުރެއްވުން، މީޑިއާ ގެ ވަސީލަތް ބޭނުންކޮށްގެން ޕާޓީގެ އަތް އަނބުރާ ލުމެއްނޫން، މަޤާމުގެ ދަހިވެތިކަން އުފެދުމަކީ ހަސަދަ ވެރިކަމަށް ހުޅުވިގެން ދާ ދޮރެއް، 2023 ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ރާއްޖޭގެ ލޮބުވެތި ރައްޔިތުން ގެ51%ރައްޔިތުންގެ ތާޢީދުބޭނުންވާނެ، ވީމާ މިމަޤުޞަދު ޕާޓީ އަށް ޙާޞިލް ކޮށްދޭން ެެއެދޭ ކޮންމެ ބޭފުޅަކު ވެސް ޕާޓީ ހިންގަން ތިއްބެވި ވެރިންގެ އިރުޝާދުގެ ދަށުން ދިވެހިރައްޔިތުންނަށް އިޚްލާޞްތެރިކަމާއި އެކު ޚިދުމަތް ކުރުމުގައި ދެމިހުރުން މުހިން ކަމުގައި ދެކެން. މަޤާމުގެ ދަހިވެތިކަން އިސްކޮށް ޕާޓީ ބައިބައި ނުކުރުމަށް އިލްތިމާސް ކުރަން. ސިޔާސީ ކަންކަން ނިންމުމުގައި ސިޔާސި ގޮތުން ދިވެހިރައްޔިތުންނަށާއި ޕާޓީ އަށް ފައިދާހުރި ގޮތް ކުރިއަށް ނެރުއްވުމަށް ޕާޓީ ގެ އިސްބޭފުޅުން ނަށް ދަންނަވަން.ވވ

 15. ޏ

  ޢަންނިވެސް އެއީ ޖަލުހުކުމެއް ކޮށްފަހުރިމީހެއް އެހުރީ ހިތުން ބޮޑުވަޒީރަކަށް ކުއްވެރިން ޖަލުގަތިބެން ޖެހެންޏާ އޭނަވެސް ބާއްވަބަލަ ޖަލުގަ.

  5
  1
  • ޢަދުރޭ

   އަންނިގެ 13 އަހަރުގެ ޖަލު ޙުކުމް އަދި ވަކިގޮތެއް ނުނިމޭ ކަން ހަނދާން ކޮށްދެން. ބަޔަކު މިކަމާ އުޅެފިއްޔާ. ރައްޔިތުންގެ މަޖުލިސް ވާނީ ހުވަފަތް

   1
   1
 16. ޔޫސުފް

  ވަހުތާނަކާ ކަމެއް ހަވާލު ކުރަންވާނީ އެކަން އެނގިތިބެ އެހެނީ ވައި ބަދަލު ވާ ކޮންމެ ފަރާތަކަށް އެ ބަދަލު ވާނެއެވެ.

 17. މު އިއްޒު

  2023 ގަ އި ޕާޓީގެ ފަރާތުން މަ މި އުޅެނީ ރަ އީސް ކަމަށް ކުރިމަތިލާން މީނަ ބޭނުންތަ ނަ އިބު ރަ އީސް ކަން

 18. ޕޕީ އެމް

  ރަހީމްބޭ ކީ އްކުރަން ވެގެން މި ޕާޓީ ގެބިޓުންނާ އި އެކު ފޮޓޯ ނަަގަނީ

 19. ޕެޑްމޭން

  ނަހުލާއަކީ ތިމަގާމައް ކަމުދާ މީހެއްނޫ

 20. ސަފްރާޒް

  ނަހޫކަހަލަރިވެތިއަހްލާގުގެވެރިމިސާލެއްފަދަސާދާމިޒާޖުގެއަޒުމްވަރުގަދަކަނބަލެއްއަޅުގަނޑުމެންބޭނުމީ

 21. ނިޔާ

  ތީ އެއްވެސް އިރެއްގަ ރައީސް ޔަމީންއަށް އިހުލާސް ތެރިވި މީހެއްނޫން، މާދަންވެސް މަގާމާމުގެ ދަހިވެތި ކަމުގަ ރައީސް ޔާމީންނައް ދޯކާދޭނެ. ކޮއުންސިލްއަށް ހޮވިފަ ތިހުރީ އެކަމަށް އެހެން މީހަކު ނެތީމަ. ތީ އެމް.ޑީ.ޕީ އިން ދިން ހަދިޔާއެއް ކަމަށް ބަލާ. ތީ އަދީބުގެ ސަޕޯޓަރެއް.