1439ވަނަ އަހަރުގެ ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާ އާއި ގޮވާމުގެ ބާވަތްތައް އިން ފެށިގެން ބަހަން ނިންމައިފިއެވެ. މާލޭގެ ދެތަނަކުން ޒަކާތް ބަހަން ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ވިދާޅުވެއެވެ.
އެ މިނިސްޓްރީން މިއަދު އާންމުކުރި އިއުލާނެއްގައި ވިދާޅުވެފައިވާ ގޮތުގައި މި އަހަރުގެ ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާ އާއި ގޮވާމުގެ ބާވަތްތައް ބެހުމަށް ހަމަޖެހިފައިވަނީ އަރަބިއްޔާ ސްކޫލް ހޯލާއި އިސްލާމީ މަރުކަޒު ހޯލްގައެވެ.
ފައިސާ އާއި ގޮވާމުގެ ބާވަތްތައް ބެހުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްޞީލް
ފައިސާ ބެހުމަށް ހަމަޖެހިފައިވާ ގަޑިތައް: އިސްލާމީ މަރުކަޒު ހޯލްގައި (13 ޖޫން 2018)

ހެނދުނު 10:30 އިން މެންދުރު 12:00 އަށް
މެންދުރު 12:35 އިން ހަވީރު 15:30 އަށް
ރޭގަނޑު 21:00 އިން ރޭގަނޑު 23:00 އަށް

ގޮވާމުގެ ބާވަތްތައް ބެހުމަށް ހަމަޖެހިފައިވާ ގަޑިތައް: އަރަބިއްޔާ ސްކޫލް ހޯލްގައި (13 ޖޫން 2018)

ހެނދުނު 10:30 އިން މެންދުރު 12:00 އަށް
މެންދުރު 12:35 އިން ހަވީރު 15:30 އަށް
ރޭގަނޑު 21:00 އިން ރޭގަނޑު 23:00 އަށް