22:20

މިއަދު 124 މީހުން ރާއްޖެ އިން ކޮވިޑަށް ފައްސިވެއްޖެ.

17:32

ކޮވިޑް-19 އިން ދިފާއުވުމަށް އެމެރިކާއިން އުފައްދާފައިވާ ޖޯންސަން އެންޑް ޖޯންސަން ވެކްސިނުން ލޭގަނޑުވާ ކަމުގެ ހެއްކެއް މިހާތަނަށް ހޯދިފައި ނުވާ ކަމަށް ސައިންސްވެރިން ބުނެފި

16:53

ބ. އަތޮޅު މާޅޮހުން ދެ ފަތުރުވެރިއަކު ކޮވިޑް-19 އަށް ފައްސިވެ، ރަށް މޮނީޓަރިންގއަށް ލައިފި.

16:49

ބ. އަތޮޅު މާޅޮހުން ދެ ފަތުރުވެރިއަކު ކޮވިޑް-19 އަށް ފައްސިވެ، ރަށް މޮނީޓަރިންގއަށް ލައިފި

15:53

ތ. ވޭމަންޑޫ ކޮވިޑް-19 އިހަލުން މިހާތަނަށް 53 މީހަކު ފައްސި (ޕޮޒިޓިވް) ވެފައިވާ ކަމަށް އެއަތޮޅު ހޮސްޕިޓަލުން ބުނެފި.

14:54

ބޮލީވުޑްގެ ތަރި ސޯނޫ ސުއޫދު ކޮވިޑް-19 އަށް ފައްސިވެއްޖެ

10:16

ކޮވިޑާއި ގުޅިގެން ދޭން ވައުދުވި އެލަވަންސް ނުލިބި އެތައް މަހެއް ވެއްޖެ!

04:49

04:40

01:45

01:44

ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓް ކުރާ މީހުންގެ އަދަދު އަންނަނީ ވަރަށް ބޮޑަށް މަދުވަމުންނެވެ. ނަމަވެސް ކޮވިޑަށް ޓެސްޓް ކުރާ އަދަދު މަދުވި ސަބަބެއް އެޗްޕީއޭ އިން ހާމައެއް ނުކުރެއެވެ.

އެޗްޕީއޭ އިން މިރޭ އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން ކޮވިޑަށް ޓެސްޓް ކުރީ 1792 މީހުންނެވެ. މިއަދު 82 މީހުން ފައްސިވިއެވެ. މިއަދަކީ ފާއިތުވި ދެތިން މަހު ރާއްޖެ އިން އެންމެ މަދުއަދެއްގެ މީހުން ކޮވިޑަށް ޓެސްޓް ކުރި ދުވަހެވެ.

ފާއިތުވި ދެހަފްތާއަށް ބަލާއިރު ރާއްޖެ އިން އެންމެ ގިނަ މީހުން ކޮވިޑަށް ޓެސްޓް ކޮށްފައި ވަނީ އޭޕްރީލް މަހުގެ 06 ވަނަ ދުވަހުއެވެ. އެދުވަހު 145 މީހުން ކޮވިޑަށް ފައްސިވިއެވެ. އެއީ މިމަހު ދެވަނަ އަށް އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ. އެދުވަހު 4892 މީހުން ކޮވިޑަށް ޓެސްޓް ކުރިއެވެ.

މިމަހު އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވެފައި ވަނީ އޭޕްރީލް މަހުގެ 02 ވަނަ ދުވަހުއެވެ. އެދުވަހު 169 މީހުން ފައްސިވިއެވެ. އެދުވަހު 3044 މީހުން ކޮވިޑަށް ޓެސްޓް ކުރިއެވެ.

މިމަހުގެ ތަފާސް ހިސާބަށް ބަލާއިރު 03 ވަނަ ދުވަހާއި 13 ވަނަ ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހަކު ވެސް ޓެސްޓް ކުރާ މިންވަރު މަދުކުރުމުން ކޮވިޑަށް ފައްސިވެފައިވާ މީހުންގެ އަދަދު މަދުވިކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ކޮވިޑަށް ވީހާވެސް ގިނައިން މީހުން ޓެސްޓްކުރުމަކީ ބަލި ކޮންޓްރޯލް ކުރުމަށް ކުރަން ޖެހޭ އެންމެ މުހިއްމު ކަންތައް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ތަކުރާރުކޮށް އަންނަނީ ބުނަމުންނެވެ.

މިއަދު މާލެ އިން ކޮވިޑަށް ފައްސިވީ 40 މީހުންނެވެ. މީހުން ދިރިއުޅޭ އަތޮޅުތެރޭގެ ރަށްތަކުން 24 މީހުން ފައްސިވިއެވެ. މިއަދު ވަނީ ރިސޯޓްތަކުން ފައްސިވި މީހުންގެ އަދަދު އިތުރު ވެފައެވެ. މިއަދު ރިސޯޓްތަކުން 18 މީހުން ފައްސިވިއެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ހާލުފޮޅި

  ޓެސްޓްކުރުން އިންތިހާއަށް މަދުވީ މީހުން ޓެސްޓްކުރަން ނުދާތީ... އެވަރު ނޭނގޭ؟؟؟

  7
  6
 2. ާަސަކޫން

  ޢިންތިޚާބް ތެރޭގަ ބަލި ނުފެތުރޭ ކަން ދެއްކުން ބޭނުމަކީ . ޢަންނިގެ ބަހަށް މައިމޫނާއްތަ ވަނީ ގައި.ދުރުކަން ގައި ކާރި ކަމަށް ބަދަލު ކުރަން ހުއްދަދީފަ
  ޢެހެންވީމަ ޔަގީނުންވެސް ޓެސްޓް ތައް ގިނަކޮށްފި ނަމަ ޕޮޒިޓިވް ތައް މަތިވާނެކަން އެނގޭތީ މަދު ކުރީ. ޟީ އެންމެނަށްވެސް އެނގޭ ކަމެއް.

  10
  2
 3. ހުސެންބެ

  މިހާރުވެސް ކޮވިޑް މަތިވާނެ އަދުރޭ މުޒާހަރާ އެއ އް ޖަ އްސާލަބަލަ

 4. ޢަހްމަދު

  ވަރަށް ސާފު، ކަންކަން ކުރެވުނުގޮތް ބަލާލާ އޭރައް ތީގެ ޖަވާބު ލިބޭނެ.އަބަދަކު ރޯނަކު ނުޖެއްސޭނެ

 5. ކޯވިޑް

  ކޮވިޑު ތީ މިސަރުކާރުން ރައްޔިތުން ގޭގަބައިތިއްބަންވެގެން
  ކުޅޭ ކުޅިވަރެއް

 6. Anonymous

  ސަބަބަކީ ޓެސްޓް ކިޓް ނެތުމާ އެކަން ކުރަން ފްރަންޓްލައިންގަ ނެރެފަ ތިބި ކުދިންނަށް ދޭންޖެ ހޭ ފައިސާއަށް ހިޔާނާތްތެރި ވުމުން އެކަން ކުރަން ކުދިން ދެކޮޅު ހެދުން. ބޮޑުން ބޮޑު މުސާރަ ނަގާ ފުއްޖަހއިގެން ފިނި ކޮޓަރީގަ ތިއްބަސް އެކުދިން ދުވާލު މަގުތަކިގަ އެކުރާ މަސައްކަތައް އުޖޫރަ ނުދޭތާ 8 މަސް ވީ.

 7. އަހުމަދު ނީޒް

  ސަބަބަކީ ޓެސްޓް ކިޓް ނެތުމާ އެކަން ކުރަން ފްރަންޓްލައިންގަ ނެރެފަ ތިބި ކުދިންނަށް ދޭންޖެ ހޭ ފައިސާއަށް ހިޔާނާތްތެރި ވުމުން އެކަން ކުރަން ކުދިން ދެކޮޅު ހެދުން. ބޮޑުން ބޮޑު މުސާރަ ނަގާ ފުއްޖަހއިގެން ފިނި ކޮޓަރީގަ ތިއްބަސް އެކުދިން ދުވާލު މަގުތަކިގަ އެކުރާ މަސައްކަތައް އުޖޫރަ ނުދޭތާ 8 މަސް ވީ.

 8. މޯޑީ

  ކޮވިޑު މީ މިހާރު މިސަރުކާރުގެ އެންމެ ބާރުގަދަ ހަތިޔާރު