އެމެރިކާގެ މެޑިކަލް ޓީވީ ޑްރާމާ ސީރީސް 'ނިއު އެމްސްޓަޑަމް' ގައި ޑޮކްޓަރ ވިޖޭ ކަޕޫރްގެ ރޯލު ކުޅެމުންދިޔަ އަނޫޕަމް ކޭރް އޭގެ ލީޑް އެކްޓަރެއްގެ މަގާމުން ވަކިވެއްޖެއެވެ.

2018 ވަނަ އަހަރުން ފެށިގެން އެމްބީސީން ގެނެސްދެމުން ދިޔަ ސިލްސިލާ މިހާރު ނެޓްފްލިކްސްއިން ބެލޭނެއެވެ. މިހާތަނަށް މި ސިލްސިލާ ޑްރާމާގެ ގެނެސްދީފައިވަނީ ތިން ސީޒަންއެވެ.

އަނޫޕަމްގެ ނިންމުމަށް އިޝާރާތްކޮށް ޑެޑްލައިނުން ބުނީ މި ސިލްސިލާއިން ވަކިވާން ނިންމީ އަންހެނުން ބަތަލާ ކިރަންއަށް ލޭގެ ކެންސަރު ޖެހިގެން ފަރުވާ ހޯދާތީ ކަމަށެވެ. މި ނިންމުން އަނޫޕަމް ނިންމާފައިވަނީ އަންހެނުނަށް ކޮވިޑް ޖެހި ފަރުވާ ކުރަމުންދާ ވާހަކަ މީޑިއާއަކަށް ދިން އިންޓަވިއު އެއްގައި ފާހަގަ ކުރިތާ އެއް ދުވަސް ފަހުންނެވެ.

އަނޫޕަމް ބުނީ ފަރުވާގެ ކަންތައް ވަރަށް ރަނގަޅަށް އިންޒިތާމްވެ، ކުރިޔަށް ދާ ކަމަށާއި ބައްޔާއި ހަނގުރާމަކޮށް ކިރަން ހިތްވަރާއި އެކު އެނބުރި އަންނާނެ ކަމަށެވެ.

ނިއު އެމްސްޓަޑަމްއިން ވަކިވާން ނިންމި އިރު އަނޫޕަމް ވަނީ މީގެ ކުރިންވެސް އިންޑިއާ އާއި އެމެރިކާގައި ކާމިޔާބު ސިލްސިލާ ތަކާއި ފިލުމުތައް ކުޅެފައެވެ. އެގޮތުން، ފިލްމު ތަކުގެ ތެރެއިން 'ސިލްވާ ލައިނިންގް ޕްލޭބުކް' އާއި 'ދި ބިގް ސިކް'، 'ހޮޓެލް މުމްބާއީ'، ކުޗްކުޗް ހޯތާ ހައި'އިން އޭނާ ފެނިގެން ގޮސްފައިވެއެވެ.

އަނޫޕަމް ފެނިގެންދިޔަ ސިލްސިލާ ތަކަށް ބަލާއިރު 'ސެންސް 8' އާއި 'ދި އިންޑިއަން ޑިޓެކްޓިވް' އަދި 'މިސްޓަރ ވިލްސަން' ހިމެނެއެވެ.

އަނޫޕަމް އަށް ވަނީ 2007 ވަނަ އަހަރު އެންމެ މަޖާ ބޮލީވުޑް ބަތަލެއްްގެ އެވާޑް ލިބިފައެވެ. އޭގެ އިތުރުން އެތައް އެވާޑެއް އޭނާ ވަނީ ހާސިލް ކޮށްފައެވެ.