އަދީބަކީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ސަރުކާރަށް އޮތް ބޮޑު ބިރެއްކަމަށް، ޖަލުގައި އޮންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވެއްޖެވެ.

ނަޝްވާ ކުރެއްވި ޓްވީޓެއްގައި ވަނީ ސަރުކާރުން ދެކޭ ގޮތުގައި އަދީބަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ސަރުކާރަށް އޮތް ބޮޑު ބިރެއްކަމަށާއި އަދީބު އެކަހެރިކޮށް އިނާޔަތްތައް ކަނޑާލާފައިވަނީ އެހެންވެގެން ކަމަށް ވިދާޅުވެފައިވެއެވެ.

" އަދީބަކީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ސަރުކާރަށް އޮތް ބިރެއްކަމަށް ހީކޮށް އަދީބު އެކަހެރިކޮށްފައި, އަދި ވަކީލުންގެ ބައްދަލުވުމާއި އާއިލީ ބައްދަލުވުން ދިނުމުގައި ހުރަސްތަކެއް ކުރިމަތިކުރުވަމުންދާ އިރު އެއީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ނޫން " ނަޝްވާގެ ޓުވީޓްގައިވެއެވެ.

މީގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނަށް ޓެގް ކުރައްވައި ނަޝްވާ ކުރި އެހެން ޓްވީޓެއްގައި ވިދާޅުވެފައިވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވަނީ އަނެއްކާ ވެސް އަދީބަށް ވަކީލުންނާ ބައްދަލުވުމަށް ދަތިތަކަކާ ކުރިމަތި ކުރުވާފައި ކަމަށާއި ހަމައެކަނި ވަކީލުންނާ ބައްދަލުވަނީ ކޯޓުގައި އަޑުއެހުމެއް ތާވަލް ކުރުމުން ކަމަށެވެ.

"މާނައަކީ އަހަރެއް ވަންދެން ވެސް މައްސަލައިގެ އަޑުއެހުމެއް ޝެޑިއުލް ނުކުރާނަމަ އަދީބަކަށް ވަކީލުންނާ ބައްދަލުވުމުގެ ފުރުސަތެއް ނުލިބުން " ނަޝްވާ ވިދާޅުވެފައިވެއެވެ.

މި ޓްވީޓުގައި ނަޝްވާ ވަނީ އަދީބާ މެދު ކަންކުރައްވަނީ ކިހިނެއްތޯ ކަރެކްޝަނަލް ސަރވިސްއާ ސުވާލު ކުރައްވާފައެވެ..

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލުމަށް ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި އެއްޗެއް ގޮއްވައިލި މައްސަލަ ސާބިތުވެ ޖަލަށް ލާފައިވާ އަޙްމަދު އަދީބުގެ މައްޗަށް މިހާރުވެސް ޖުމްލަ 33 އަހަރުގެ ޖަލު ހުކުމްތަކެއް އިއްވާފައިވާއިރު، އަދީބުގެ މައްޗަށް ކުރާ އިތުރު ދައުވާތަކެއްވެސް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ފާތުމަތު ޔާމީން

    އަދީބް އެއީ ކާކުތަ؟؟

  2. އާދޭ

    އެއީ އޭނައަތުގަ ޔާމީނުއާ ދެމީހުން ވެގެންކުރި ވައްކަމުގެ ފައިސާހުރީ

  3. ހުސޭނުބޭ

    ކަމަނާ! ދަންނަވަންތޯ! ސަރުކާރު ކިއެއްކުރަން....... އިބިލީސްވެސް ބިރުގަނޭ އަދީބުދެކެ. ބޮންގޮއްވާވަރުން.

  4. އާބިދާ

    ތިއީ ތިމީހާއަށް ހީވާގޮތް، ދާދާ ހެދިގެން އުޅުއްވާނެ ކަމެއްނެތް، ތަންކޮޅެއް ކުރިން ހެންވޭރު ދަނޑުންވެސް ބޮޑުމީހަކު ފެނުނު، ހިޔަންޏަށް މުޑިނުނަގާ ތިއްބަވާ.....

  5. ޤައުމު

    އާޗާ! ތީ މީހަކު ބިރުގަންނަވަރުގެ މީހެއް ވިއްޔާ. ސަރުކާރު އަދީބުދެކެ ބިރުގަންނާކައް ނުޖެހޭނެ.

  6. މަހަށްދޭބަލަ

    ތަމެން އަންހެންވެރިންނަށް ރިޔާސީ އިންތިޚާބާއި މެދު ވިސްނޭނެ ކަމަށް މަމެން ނުދެކެމޭ ބިކޮޒް ތަމެންނަށް ވިސްނޭނީ އުނގުން އެކަނި ވިއްޔާއޭ މަމެން ބުނަން ނެތީމު ދޯ. މަހަށް ދޭބަލަ ދެން، މަހަށް މަހަށް މަހަަށް ދޭބަލަ..