އިސްލާމީ ޝަރީއަތުގައިވާ މަރުގެ ޙުކުމާއި ގިސާސްގެ ޙުކުމްތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ދެއްކެވި ވާހަކަތަކަކީ ޖިނާއީ ކުށެއް ކަމަށް ގަބޫލު ކުރެވޭތީ އެކަމަށް އޭނާއަށް އަދަބު ދޭން އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ޚާއްސަ އެޑްވައިޒަރު އަދި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ގޮވާލައްވައިފިއެވެ.

ނިމިިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕޭން ހަރަކާތެއްގައި ވާހަކަ ދައްކަވަމުން މެންބަރު ވަހީދު ވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި މަރަށް މަރު ހިފުމާ ގުޅޭ ގޮތުން ކެބިނެޓްގައި މަޝްވަރާ ކުރައްވާފައިވާތީ އާއި ރާއްޖޭގައި މަރަށް މަރު ހިފުން ހުއްދަ ކުރުން އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅަކަށް ވުމުން އެ ކަަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެއީ "ސިކު" މީހުންގެ ގޮތުގައި ވަހީދު ސިފަކުރެއްވިއެވެ.

މިކަމާ ގުޅިގެން ރާއްޖޭގެ ނޫހެއްގައި ޝާއިއުކޮށްފައިވާ ޚަބަރެއް ޓްވީޓާގައި ޚިއްސާ ކުރައްވަމުން ޖަމީލް ލިޔުއްވާފައިވަނީ "ވައްޑެ ދެއްކެވީ ޖާހިލު ވާހަކަތަކެއް،" ކަމަށެވެ. އަދި މަރު ހިފުމަކީ އިސްލާމީ ގައުމުތަކުގެ އިތުރުން ކުރިއަރާފައިވާ ވަރަށް ގިނަ ގައުމުތަކުގައި ދެވޭ އަދަބެއް ކަން އެ ޓްވީޓްގައި ފާހަގަކުރައްވާފައިވެއެވެ.

"ވައްޑެ ކުރީ ޖިނާއީ ކުށެއް، ތަޙްގީގްކޮށް ފިޔަވަޅު އަޅަން ޖެހޭ، އޭނާގެ ސަބަބުން މުޖުތަމައުގައި ހަމަނުޖެހުން އުފެދުން ބޮޑު،" ޖަމީލް ލިޔުއްވާފައިވެއެވެ.

ވަހީދުގެ މި ވާހަކަތައް ދިފާއުކޮށް އަދި ދެއްކި ވާހަކަ މާނަކޮށްދީ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ފަރާތުން ރޭގެ ވަގުތެއްގައި ނޫސް ބަޔާނެއް ވެސް ވަނީ ނެރެފައެވެ. ވެރިކަން ކުރާ އެމްޑީޕީއިން ނެރުނު އެ ބަޔާނުގައިވާ ގޮތުން ވައްޑެގެ ވާހަކަތައް އަމާޒުކޮށްފައި ވަނީ ދީނަށް ނުވަތަ ދީނީ ޙުކުމަކަށް ނޫނެވެ.

އޭނާގެ ވާހަކަ އަމާޒުކޮށްފައި ވަނީ މަރުގެ އަދަބު ދިނުމުގެ ނަމުގައި ކުރީގެ ސަރުކާރުގައި ތިބި ބަޔަކު ކަންކުރި ގޮތަކަށް ކަމަށް އެ ބަޔާނުގައިވެއެވެ. އެ ވާހަކަ ގަސްތުގައި އޮޅުވާލައިގެން ބައެއް ދީނީ ޢިލްމުވެރިންނާއި، ބައެއް ސިޔާސީ މީހުންނާއި އަދި ބައެއް މީޑިއާތަކުން އެކަން ފިތުނައަކަށްވާ ގޮތަށް ހެދުމުގެ ސަބަބުން، އޭނާގެ ފުރާނައަށް ނުރައްކާ ކުރުވުމަށް ބައެއް ފަރާތްތަކުން ގޮވާލަމުންދާ ކަން ކަންބޮޑުވުމާއެކު އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ސިޔާސީ ބައެއް ފަރާތްތަކުން ދީނާ ގުޅޭ ގޮތުން ބައެއް ފަހަރު މި ގޮތަށް ދައްކާ ވާހަކަތަކަށް ވަރަށް ގިނައިން ހޫނުވެގެންދެއެވެ. މާތްވެގެންވާ އިސްލާމް ދީނަށް ލޯބި ކުރާ ދިވެހި މުޖުތަމައުގައި ދިރިއުޅެމުންދާ އާންމު ގިނަ ބަޔެއްގެ ފާޑުކިއުންތައް ވެސް މި ފަދަ ވާހަކަތަކަށް އަމާޒުވެގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. އަހުމަދު ނީޒް

  ޖިނާއީ ކުށެއް ކޮަށްފިއްޔާ އަވަށް ފިޔަވަޅު އަޅަން ޖެ ހޭނެ.

  28
  1
 2. ޙައްގުބަސް

  މިޖާހިލު ތަންދޮރު ނުދަންނަ ކަލޭގެ ކުރިކުށަށް މިސަރުކާރުން އަދަބެއް ނުދޭނެ!! ބަލާ އެމްޑީއެންއިން ނެރުނު އިސްލާމްދީނާ ޙިލާފު ބަޔާން ނެރުނު މީހުންނަށް މިސަރުކާރުން ކަންކުރިގޮތް!! އެންމެން ފިލުވީ ނޫންތޯ؟ މަތީމަގާމުތައްދީ ހިތްވަރުދިނީ ނޫންތޯ؟ މިޖާހިލު ވަގު އަނިޔާވެރި ސަރުކާރުން މިފަދަ ކަންކަމަށް ހިތްވަރުދޭތަން ނޫންތޯ ފާއިތުވެފިޔަތާ އަމަލުން ފެނިގެން ހޮސްފައިވަނީ!! ކޮންމެވެސް އެހެންބަޔަކު މިފަދަ މީހުންނަށް އަދަބުދޭނެޖެހެނީ!!

  26
  3
 3. ޢަދުރޭ

  ރައްޔިތުންގެ މަޖުލިސް ގައި ތިބޭ މީހުންނަށް ޤިސާސް އާއި މަަރަށް މަރު ހިފުމާ ހުރި ތަފާތު އެބަ ދަސްކޮށްދޭން ޖެހެ. ް. ޤިސާސްގެ މާނަ އަކީ އެއްވަރެއްގެ ބަދަލަކުން ބަދަލު ދިނުން . ދިވެހި ބަހުން ބުނެވިދާނެ މަރުގެ ދިޔައޭ ވެސް . ޭ. މަރަށް މަރު ހިފަން ޖެހޭ ޙާލަތަކީ މަރާލެވިފައިވާ މީހާގެ ވަލީވެރިން އެ ނޫން ގޮތެއް ޤަބޫލް ނުކުރީމަ . މިހހެން ވާން ޖެހެނީ ޤިސާސް ގެ ވާހަކަ އަންގަވާފަ އޮންނަ އާޔަތުގައި. وكان لوليه سلطان . މަރާލެވިފަ ވާ މީހާގެ ވަލީ ވެރިޔާ އަށް ބާރެއް ލިބިގެންވެއޭ އަންގަވާފައި އޮތީމާ .. މިކަން ކަން އޮޅިގެން މުޅިމި ޙާލަތަށް ނިސްބަތް ކޮށް އެއީ ސިކުބަޔަކު ކުރާނެ ކަމެކޭ ބުނުން އެއީ ޖާހިލުކަން

  27
  3
 4. ޢަހު

  އަދަބު ލިބެންޖެހުނަސް ލާދީނީ ބައިގަނޑަށް އަދަބެއް ނުދެވޭނެ

  29
  3
 5. ކަންނަން

  މިލާދީނީ ބައިގަނޑު ދީންގެ ހުކުމްތަކައް ގޮންޖަހާވާހަކަދައްކާ
  ފަ ރައްޔިތުން ރުޅިގަދަވީމަ އަނެކައްޗެކޭ ކިޔައިގެން ވާހަކަ ބަދަލުކުރޭ ކންމެފަހަރަކު މީހަމައެންމެ މުނާފިގުންގެ ވައްތަރު
  ހަމްދަރުދީ ހޯދަން އުޅުނަކަސް ނުލިބޭނެ މިހާރަކު ރައްޔިތުން
  މިހާރު ކަލޭމެންދަސްކޮއްފި

  26
  2
 6. އަސްލު

  ތިބުނާ ވައްޑެއަށް ހައްގު އަދަބުދީ....

  28
  2
 7. އާދަމުގެދަރި

  ރަނގަޅު ވާހަކައެއް. ދީނުގެ އަސްލަކާ ޚިލާފު ވާހަކައެއް ދައްކައިފިއްޔާ އެ މީހެއްގެ މައްޗަށް ތަޙްޤީޤު ހިންގައި ޖިނާއީ ދައުވާ ކުރެވެންވާނެ. ކޮބައިތޯ ޕްރޮސިކިއުޓަރ ޖެނެރަލް. އެއީ މަސްއޫލިއްޔަތެއް މިހާރު ނެތް މީހެއްތޯ؟

  29
  2
 8. ޑަބިޔާ

  ބުރޯ މިސަރުކާރަކީ ލާދީނީ ސަރުކާރު. ތިކަހަލަ އެއްވެސް ކަމަކަށް މިސަރުކާރަކުން ފިޔަވަޅެއް ނާޅާނެ

  21
 9. ޙހހހ

  ދީނަށްފުރައްސާރަކޮށް ގޮންޖަހާ މެމްބަރުންގެ ގޮނޑި ގެއްލޭ ޤާނޫނެއް އޮންނަންޖެހޭ ، މަޖިލިސްވިޔަސް ވަކި ހަމައެއްގައި ތިބެންޖެހޭނީ ، އެމީހުން ކުށެއްކުރީމަ އޮޅިގެން. ރިހާކުރުފުޅި ނެނގީމަ މުޖުތަމުއަށް ނުރައްކާވެ އުމުރަށް ޖަލަށް ، މީ ޤާނޫނު

  16
  1
 10. އަލިބިޔާއްކަލޯ

  ކޮންޖިނާއީދައުވާއެއްތަ އެސޮރަށް އިސްލާމީ ޟަރިއްޔަށް ހިންގަބަލަ ތިކަހަލަ ދެ ތިން އެއްޗެއްގެ ސަބަބުން މިގައު ނެތިމިދަނީ

  16
  2
 11. އަލިބިޔާއްކަލޯ

  ކޮންޖިނާއީދައުވާއެއްތަ އެސޮރަށް އިސްލާމީ ޟަރިއްޔަށް ހިންގަބަލަ ތިކަހަލަ ދެ ތިން އެއްޗެއްގެ ސަބަބުން މިގައު ނެތިމިދަނީ
  👹👺

  17
  1
 12. ފާދިރީ ގުންޑާއިން

  ތިމީހާއަށް އެކަނިދީގެންނުފުދޭ އަދިކޮބާ އެމްޑީއެންގެ ފާދިރީ ބައިގަނޑު ..

  19
 13. ޖާނޭ

  މިޤައުމުގައި މިއުޅޭ ލާދީނީ މީ ހަކު މީ ހަކު މަރައިލިއަސް ނޫނީ އުފަން މަންމައާ ވަޠީއުވިއަސް އެއީ ކަމެއް ނޫން. ޢެއީ އެހެހ ހެން ދެއްކި ވާ ހަކައެއް ނޫން. މެމްބަރަކަށް ހުވާ ކުރުމަށް ފަ ހު މިމީ ހުނަށް ހހީވަނީ އެ ންމެ މޮޅު މީ ހާހ ހެން ވިއްޔާ. ތިޔަކަހަލަ ލާދީނީ ވާ ހަކަ ރީނދޫ ޕާރޓީއަށް ވަރަށް ކަމުދާނެ.

 14. ބޮކިބެ

  ކެކުރި ނިއްކުރި

 15. ހަންނާނު

  ދީނުގެ ހުކުމްތަކަށް ގޮންޖަހާ ބަޔަކަށް ، މުޖުތަމައުގެ ކޮންކަމެއްތޯ ހައްލު ކުރެވޭނީ؟ މިފަދަ މީހުންނަކީ އިސްލާމީ މުޖްތަމްއަށް ހުރި ނުރައްކަލެއް ކަމަށް ކަނޑައަޅައި، މަޖްލިހުން ނެރެންވީ.. ކީއްވެތޯ އެފަދަ ގަވާއިދުތަށް ނުހެދެންވީ؟ މިއީ ނުރައްކާތެރި މީހެއް..