އިންޓަނޭޓް އަގު ހެޔޮކުރުމުގެ ނިޔަތް މިސަރުކާރަކު ނެތް ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރުކަމުން ވަކި ކުރި މުހައްމަދު މަލީހް ޖަމާލު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވެފައި ވަނީ، މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އިންޓަނޭޓް އަގުހެޔޮ ކުރުމުގެ ދިރާސާތަކުގައި އިސްކޮށް ހުންނެވި މަލީހް ވިދާޅުވީ، އިންޓަނެޓް އަގުހެޔޮކުރުމުގެ ހުރިހާ ކަމެއް ބާރުދުވެލީގައި ނިންމާ 19 ޖޫން 2019 (ވެރިކަމަށް 6 މަހު) ގައި ރައީސް އޮފީހަށް ފޮނުވުމުންވެސް އެކަން ކުރަން ނުކެރުނު ކަމަށެވެ.

"އަގު ހެޔޮކުރުމުގެ ނިޔަތް މިސަރުކާރަކު ނެތް. އޮޕަރޭޓަރުން އެއްބަސް ކުރުވިން. އެމްޑީޕީ ވަޒީރަކަށް ނުވީމަ ނުކުރީ". އޭނާ ކުރި ޓްވީޓްގައި ވެއެވެ.

މަލީހް މިނިސްޓަރުކަމުގައި ހުންނެވިއިރު، އޭނާ ވަނީ އިންޓަނޭޓް އަގުހެޔޮ ކުރުމުގެ މަޝްވަރާ ނިމުނުތާ ދުވަސްތަކެއްވެފައިވާ ކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރ މިގޮތަށް ވިދާޅުވީ 2019 ވަނަ އަހަރު އޮގަސްޓް 23 ވަނަ ދުވަހު މިނިސްޓަރ ކުރި ޓްވީޓެއްގައެވެ.

"އަގު ހެޔޮ ކުރުމުގެ މަޝްވަރާ ނިމުނުތާ ދެމަހެއްހާ ދުވަސްވެއްޖެ، ސަރުކާރުން އަދިވެސް ރަނގަޅުކުރެވޭތީ ކުރާ މަސައްކަތް މިހާރު ކުރިއަށް ދަނީ. އުފާވެރި ހަބަރުގެ ވަގުތު ކައިރިވެއްޖެ". މިނިސްޓަރ ވިދާޅުވިއެެެވެ.

އިންޓަނެޓްގެ އަގު ހެޔޮ ކުރުމަކީ ރައީސް ޞާލިހްގެ ރިޔާސީ ވައުދެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މީނަގެ

    ކަނޑުކޮސް ކަލޭގެ ކުރިންތިވާ ހަކަ ބުނެފަ އިސްތިއުފާނުދިނީ ކީއްވެތޯ.

    7
    6
  2. ޙުސޭނު

    ވަޒީރު ކަމުގައި ކީއްވެތޯ ނުބުނީ! ތީ ބޮޑޭވާ ވިކިފަ އާއިލާއެއް!

    7
    2
  3. ައަހުމަދު

    ދެން އެއިރު ތިހެން ނުބުނެވުނީ މިނިސްތަރުކަން ގެއްލިދާނެތީ ދޯ މިހާރުތިވާހަކަ ދައްކަން ޖެހޭ ސަބަބެއް ނޭގުނު، ދިވެހިރައްޔިތުންނަށް ކޮށްދޭންޖެހޭ ކަމެއް ނުވެގެން ތެޅޭއިރު އެމަޤާމުގައި ހުރިމީހާގެ ޚަބަރެއްނުވެގެން އެއްމެފަހުން ޒިންމާއިން ބޭރުކުރީމަ މިކިޔާދެނީ ވީގޮތް، މިނިސްޓަރުކަން ގެއްލިދާނެތީ މިހުރިހާ ދުވަހު ހުރީ ހަނު، ލަދެއްނުގަނޭދޯ ރައްޔިތުން ކުރިމަތީގައި އަނގަތަޅަން.

  4. ސަގަރުނާލު

    ނާގާބިލު ތަނެއް ދޮރެއްނުދަންނަ ސަރުކާރަކަށް ކުރެވޭނެ މާބޮޑު ކަމެއްނޯންނާނެ ވައުދުނުފުއްދެންޏާ ވެރިކަމުން ފައިބާ..

  5. ހައްގުބުނާ

    އެކަން އެނގޭނޫންތޯ މިބައިމީހުންނެއްނޫންތޯ ލެފްޓޮޕަކާ 2 ރިސޯޓާ އޮތިއްޔާ މިގައުމުހިންގޭނެޔޭ ކިޔާފަ ޖީއެސްޓީ ނަގަން ފެށީ ހުޅުމާލޭބިން މާއަގުބޮޑުކޮންނޭ ވިއްކަނީ އަކަފޫޓަކައް ޖެހެނީ 75 ރުފިޔާ އޭކިޔާފަ އައިސް ރަނައް ހަދައިގެންއަގުއެރުވީ ދިރާގުގެ ހިއްސާވިއްކާލީ ފެންކުންފުނޏގެ ހިއްސާ ވިއްކާލީ އެއަރޕޯޓް ބޭރުގެ ބަޔަކައް ދިނީ މިހެންގޮސް ކިޔާ ކޮޅުންނުލާނެ މިހާރުވެސް މުޅިސަރުކާރު ކަހަލަގޮތަކައް އެހިންގަނީ ރައްޔިތުމީހާކުރާ މަސައްކަތުން ރައްޔިތުމީހާ ނުރުހުމުގަ ނަގާ ޓެކްސްގެ ފައިސާއިން ދެން ކޮން އިންޓަރ ނެޓެއްތޯ އަގު ހެޔޮކުރާނީ