ހދ. ކުޅުދުއްފުށި ސިޓީ ރީޖަނަލް ހޮސްޕިޓަލްގެ އެންއައިސީޔޫގައި އޮތް ތުއްތު ކުއްޖަކު ބިންމައްޗަށް ވެއްޓިއްޖެ އެވެ.
އެ ކުއްޖާއަކީ މީގެ ފަސް ދުވަސް ކުރިން ވިހެއި ކުއްޖެކެވެ.
އެ ކުއްޖާ ބިންމައްޗަށް ވެއްޓިފައި ވަނީ މިއަދު ހެނދުނު 10:30 އެހާކަންހާއިރުއެވެ.
"ވަގުތު" އަށް މައުލޫމާތު ދެމުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ އޮފް ހެލްތް ސަރވިސަސް އަހުމަދު ދާއޫދު ވިދާޅުވީ، އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށާއި އެމައްސަލަ ބަލަމުން އަންނަ ކަމަށެވެ.
"އެފަދަ ހާދިސާއެއް ހިނގަން އުޅެނީ، އެ މައްސަލަ ދަނީ ބަލަމުން، ބަލަމުންދާ މައްސަލަައަކަށް ވާތީ އިތުރު މައުލޫމާތު އަދި ހިއްސާ ކުރެވެން ނެތް". ދާއޫދު ވިދާޅުވިއެވެ.
ކުއްޖާއަށް އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް އިތުރަށް ޓެސްޓުތައް ދަނީ ހަދަމުންނެވެ.
އެ ކުއްޖާ ވެއްޓިފައިވަނީ އެންއައިސީޔޫގެ ކުދިން ބާއްވާ ކޮއްޓެއްގެ ތެރެއިން ކަމަށް މައުލޫމާތު ލިބެއެވެ.
Thuhthu Kujjaa Vettunukan Engee 3 Gadi Iru Fahun - Aailaahttps://t.co/7kwWUcYYWn
— Vaguthu Online (@VaguthuOnline) April 17, 2021
އަދި ބޭރު ފުށުން ކުއްޖާއަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ނިޝާނެއް ފެންނާކަށް ނެތް ކަމަށްވެސް މައުލޫމާތު ލިބެއެވެ.
އިތުރު ތަފްސީލް އަންނަނީ...
މި ސަރުކާރު އައިފަހުން ބޭބީ ކުދިންނަށްވެސް ކުރަނީ އަނިޔާ.. ގެރި ސަރުކާރު އިސްތިއުފާ
ބަލަ ސަރުކާރުން ކުރި ކަމެއްތަ އެއީ 😂
ޥަގު ސަރުކާރު ކުދިން ހާދަ އަސަރެއްކުރޭ ވައްކަންނުކުރެވޭތީ.
މި ސަރުކާރުގެ އަނިޔާވެރިކަން މުސްކުޅިން ފެށިގެން ނިއުބޯރން ބޭބީ ކުދިންނާ ހަމައަށް.. މި ސަރުކާރަކީ ޖެހިފައޮތް ބަލާވެރިކަމެއް
ގަރަ ހިތަ އަކީ ވަރަށް ހަނދާން ބަލިއެއްޗެއް.
މިހާރު ހަމަ ކޭއާރުއެޗު ގެ ހާލަތުތި، ބޭބެ ފައި އޮޕަރޭސަން ކޮއްލަންވީމަ ވި ނިކަމެއްޗެއްވިއްޔާ މާލެޔަށް ކޮންމެކަމަކުވެސް
މިއީވާ ސިކު ސަރުކާރެއް
ދެން ބުނޭ މިވެސް ރައީސް ޔާމީން ކުރި ކަމެކޭ.
ކިތަންމެ ރުޅި އަޔަސް ޔާމީނު ހަމަ ފަޅުރަށްތައް ވިއްކީ
ސަރުކާރު ރައީސް ޔާމީން ކޮންމެ ދޭތެރެއަކަށް ނުކޮއްޕަ ބަލަ
އަނެއްކާ ފިރުކޭ ކުއްޖެއްތަ ހާދައަވަހޭ ފަސްދުވަހޭވިޔަ ތިބުނީ
އަނެއްކާ އެން އައިސީޔޫގަ ސަމާސަ ކުރަންފެށީތަ
މިކަމަކީ ސިޔާސީ ކަމެއްނޫން. އެހެން ނޫނަސް އެ ހޮސްޕިޓަލްގައި ގިނައީ ޕީޕީއެމް އަށް ތާއިދު ކުރާ މީހުން.
ކަލޭނޭ ދެންކީކޭތަ އަހަރެމެން ކިޔަންވީ މިވަރަކަށްތާ ދެން އޯގާތެރިވެވޭނީ ސުއްބުނާ ސޯލިބޭގެ އިބުރާހިމާ ތުއްތު ކުއްޖާ އޭ ތިވައްޓާލީ އެއަށްވުރެ މިވެރިކަން ވަޢްޓާލިނަމަދޯ ...
ކުއްޖާ ވެއްޓުނުކަންވެސް ފުރަތަމަ ވަނީ ސިއްރުކޮށްފަ. ކުއްޖާއަށް ބުއްދޭން ވެގެން ދިޔައިރު އެއްވެސް ހަރަކާތެއްވެސް ނެތް. ބުއް ޖެއްސީމަ ދަމައެއްވެސް ނުލާ. އެތައް ވަރަކުން އުޅެގެން އެންމެ ފަހުން އެނގުނީ ކުއްޖާ ވެއްޓުނީކަން.
އާއިލާގެ އަޅާލުން ކުޑަ ވީމަ ވީގޮތެއްތީ. ގާމު އަހުރެންގެ ދަރިންވެސް ވިހެއި ހަމަ ތި ހޮސްޕިޓަލުން. ތިކަހަލަ ކަމެއް ނުވޭ.
ވަރަށް ދެރަ.
މިތާ ކޮމެންޓް ކުރާގިނަމީހުން ނަފްސާނީ ގޮތުން އެހީ ހޯދުން މުހިންމު....
ދެން އަވަހަށް އެންމެން ނިކުމެ ހޮސްޕިޓަލް ތަޅާ ބިމާ ހަމަކޮއްލާ އޭރުންދެން އެކަހަލަ ކަމެއް ނުވާންނުން.....ކަމަކީ ދެރަ ކަމެއް އެހެން ނަމަވެސް އެކަހަލަ ކަންތަށްވެސް ވާނެދޯ....ހުރިހާ ކަމަކުންވެސް ހަމަނުޖެހުމާއި ބްލޭމް ކުރުން ދޫކޮއްލަ ބަލަ....
އަހަރެމެންގޯތި އަހުމަދު މެން މިހާރު ހޮސްޕިޓާ ވަރަށް ހިންގާލައިފި، ތިވަރު ކުޑަކުއްޖާވެސް އެއުޅުނީ ދެދުވެގެން ހިގަންވެގެން
ކޮންމެ ކަމެއް ސިޔާސީ ނުކޮށް ބަލަ ތީ ސަރުކާރުގެ އިހްމާލެއް ނޫން. ތީ އެކުއްޖާ އަށް ހިދުމަތް ދޭން ތިބި ތި ހޮސްޕިޓަލްގެ މުވައްޒަފުން ގެ އިހުމާލެއް... ރަގަޅު ތހުގީގެއް ކުރަންފެނޭ....
ކޮންމެ ކަމެއްގެ ތެރެއަށް ސަރުކާރު ނުކޮށްޕަ ބަލަ.. ސަރުކާރުތަ އެ އަދަނަށް ވަދެ ކުއްޖާ ވައްޓާލީ.. ބޯ ގޯސް ގޮލާ މެން
ކޮބާތަ ވިހާތަނުންދޭން ބުނި ހަދިޔާ
ގެނޭ އަހަރުން ގައުމަށް
މިހާރު ހަމަ ކޭއާރުއެޗު ގެ ހާލަތުތި، ބޭބެ ފައި އޮޕަރޭސަން ކޮއްލަންވީމަ ވި ނިކަމެއްޗެއްވިއްޔާ މާލެޔަށް ކޮންމެކަމަކުވެސް
އެއީ ކޮންމެ ވެސްބައެއްގެ (މީހެއްގެ) އިހްމާލުން ވީކަނެއް އެބަޔަކު ނުވަތަ މީހަކު ވަގުތުން ވަޒީފާއިން ވަކި ކުރެވެން ޖެހޭނެ 😢😢😢😢😢
އެއީ ކޮންމެ ވެސްބައެއްގެ (މީހެއްގެ) އިހްމާލުން ވީކަމެއް އެބަޔަކު ނުވަތަ މީހަކު ވަގުތުން ވަޒީފާއިން ވަކި ކުރެވެން ޖެހޭނެ 😢😢😢😢😢
ކުރީ ސަރުކާރުގައި މިކަހަލަކަމެއް ހިނގިޔަސް ހަޖަމްނުވާ ރީނދޫކުދިން ބުނާނެ ސަރުކާރޭ
ތިތަނުގަ ތިބޭމީހުން ނުހުންނާނެ ބަލިމީހުންނަކަށް އެއްވެސް އަޅާލުމެއް އަބަދު ތިބޭނީ ރުޅިއައިސް ފުއްޕާފަ މި ހަގީގަތް
ހަމައެކަނި ބުނާނީކީވެސް ނޫން މަގުމައްޗައް ނުކުމެ މަގުތައްވެސް ހަލަބޮލި ކުރާނެ ތިއެމްޑީޕީ
ވިހޭތަނުން ދޭންބުނި ހަދިޔާ ފޮށި މިލިބުނީ އަދިއެއްމެ ކުއްޖަކައްތާ.
e beybee ah avas sifaaakah edhen
މިވެސް ސަރުކާރު ކުރިކަމެއްނުން. އިބޫގޮސް ކުއްޖާ ވައްޓާލީ!!
ހުރިހާކަމެއް ސިޔސީ ނުކޮއްބަލަ. ހަމަ ކަމެއްވާއިރައް މަސްލަހަތު ގޯސްކުރަންވީ. ބައެއްމީހުން އުޅޭ ފާޑެއްދޯ!
ޙަހަ އިބޫ ސޯލިހް ބުނެގެންތާ ތިކަން ތިކުރީ ކޮމެންޓް ލިޔަނީ ކޮންމެހެން ރަގަޅު ނިޔަތެއްގަ ނޫން ދޯ؟ ހަމަ ސަރުކާރާ ބެހިލާ ހިތުން
ކޮންމެ ކަމަކާ ސަރުކާރާ، ވެރިކަމާ، ދީނާ ނާޅުވާ...
4 ގަޑި އިރު މަސައްކަތްކޮށްފަ 22 ހާސް ރުފިޔާ ގެޔަށް ގެންދަން ލިބޭބަޔަކު މިއަށްވުރެ ފަރުވާތެރިވާ ޖެހޭ.
ސަރުކާރާ މިކަމާ އޮތީ ކޮންގުޅުމެއްބާ. މަ ވެސްމީ ސަރުކާރަށް ތާއީދު ކުރާ މީހެއްނޫން އެކަމުވެސް ސަރުކާރުން ކުރިކަމެއްތަ މީ ހޮސްޕިޓަލްގަ ވަޒީފާ އަދާކުރާ މީހުންގެ އިހުމާލުން ވީކަމެއްނޫންތަމީ؟ ހަމަ އަޖައިބު ވާވަރުވޭ މި ކޮމެންޓްތައް ކިޔާލީމާ. ދެބޯބުރާންތިންތަ އުޅެނީި މިގައުމުގަ ކޮންމެކަމެއް ސަރުކާރާ އަޅުވާ ދަމަނީ.
އަދި އެމީހުންބުނިކަމަށް ވަނީ އަހަރެމެނަށް މިކަން ސިއްރުވެސް ކުރެވުނީހޯ، އެކަމް މީވެސް ހުވައެއް ކޮށްގެން ތިބޭބައެއް
ކުޅުދުއްފުށި ހޮސްޕިޓަލްގަ އުޅޭ ނަރުހުންނަކީ ވަރަށް ނުލަފާ ބޮޑާ ބައެއް ބަލިވެގެން ދާ މިީހާއަށް ހިތުގެ އޯގާތެރި ކަމާ ކުލުނު ވަކިނުވާ ބައެއް ތިކަހަލަ ކިތަށްމެ ކަމެއް ހިނގާނެ.