ހދ. ކުޅުދުއްފުށީ ސީޓީ ރީޖަނަލް ހޮސްޕިޓަލުގެ އެންއައިސީޔޫގައި އޮއްވާ ވެއްޓުނު ކުއްޖާގެ އާއިލާއަށް އެހާދިސާ ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ހިއްސާ ކޮަށްފައިވަނީ ތިން ގަޑިއިރު ފަހުން ކަމަށް އާއިލާގެ ފަރާތުން ބުނެފިއެވެ.

ކުއްޖާގެ އާއިލާ ފަރާތުން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ވަނީ ހޮސްޕިޓަލުން ކަންކޮށްފައިވަނީ ވަރަށް ފަރުވާ ކުޑަކޮށް ކަމަށެވެ.

އެގޮތުން އޭނާ ބުނީ، އެ ހާދިސާ ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ކުއްޖާގެ މަންމަ އަށާއި ބައްޕަ އަށް އެނގިފައިވަނީ ޑޮކްޓަރު ބައްދަލު ކުރުމުން ކަމަށެވެ. އޭގެ ކުރިން އެ ހާދިސާ ހިނގާފައިވާއިރު، ނަރުހުންގެ ފަރާތުން އެފަދަ ކަމެއް އަންގާފައި ނުވާ ކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

އެހެން ދުވަހު ކުއްޖާއަށް ފީޑް ކުރުމަށް މަންމަ އަށް ހޮސްޕިޓަލުން ގުޅާ ކަމަށާއި މިއަދު ނުގުޅައިގެން ކުއްޖާގެ މަންމަ ހޮސްޕިޓަލަށް ގުޅުމުން ކުއްޖާއަށް ފީޑް ކޮށްފައިވާ ކަމަށް ބުނި ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެހެން ނަމަވެސް ކުއްޖާ ބެލުމަށް މަންމަ ދިޔަ ކަމަށާއި އޭރު ކުއްޖާ އެއްވެސް ހަރަކާތެއް ނެތް ކަމަށާއި ލޯ ވެސް ނުހުޅުވާ ކަމަށް އޭނާ ވަނީ ބުނެފައެވެ. އެއީ ކުއްޖާ ވެއްޓުނު ފަހުން ކަމަށް އޭނާ ވަނީ ބުނެފައެވެ.

އޭގެ ފަހުން އަނބުރާ ގެއަށް އައި ފަހުން ޑޮކްޓަރު ގުޅާފައި ވަރަށް ބޮޑު އިހުމާލެއް ވެއްޖެ ކަމަށާއި މަންމަ އާއި ބައްޕަ އާއި ބައްދަލު ކުރަން ބޭނުންވި ކަމަށް ޑޮކްޓަރު ބުނި ކަމަށް އޭނާ ބުންޏެވެ.

"ވެއްޓުނު ގޮތެއް ވެސް ނުބުނޭ. ވެއްޓުނީ ކާކު އަތުން ކަމެއް ވެސް ނުބުނޭ. ބަހައްޓާފައި ހުރި އެނދަކުން އަމިއްލައަށް ހަ ދުވަހުގެ ކުއްޖަކަށް ތެޅިގެން ނޫނީ ފުރޮލިގެން ވެސް ވެއްޓޭނެ ގޮތެއް ބުނެބަލާށޭ ބުނިން" އާއިލާ ފަރާތުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

"އެކަމެއް ވީއިރު، އެވަގުތު ނުބުނީމަ މައްސަލައަކީ" އޭނާ ބުންޏެވެ.

ޑޮކްޓަރު ބައްދަލުކޮށް އާއިލާއަށް އެންގިއިރު، އާއިޅާގެ ފަރާތުން ކުއްޖާ ވެއްޓުނީ ކާކު އަތުންކަން ބުނެދިނުމަށް އެދުމުން ކުއްޖާ ވެއްޓުނީ ކާކު އަތުންކަން ނުބުނެވޭނެ ކަމަށް ޑޮކްޓަރު ބުނި ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

މިހާދިސާގައި ކުއްޖާއަށް ބޭރުފުށުން އަނިޔާއެއް ލިބިފައިވާ ކަމުގެ މައުލޫމާތު ހޮސްޕިޓަލުން ސާފު ކޮށްފައި ނުވި ނަމަވެސް، އާއިލާގެ ފަރާތުން ވަނީ ކުއްޖާގެ މޫނުގެ ވާތްފަޅިން ދުޅަވެފައިވާ ކަމަށް ބުނެފައެވެ. އަދި އިތުރު ޓެސްޓް ހަދައި މިހާރު ކުއްޖާގެ ހާލަތު ރަނގަޅު ކަމަށް ވަނީ ބުނެފައެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ އޮފް ހެލްތް ސަރވިސަސް އަހުމަދު ދާއޫދު ވިދާޅުވީ، އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށާއި އެމައްސަލަ ބަލަމުން އަންނަ ކަމަށެވެ.

"އެފަދަ ހާދިސާއެއް ހިނގަން އުޅެނީ، އެ މައްސަލަ ދަނީ ބަލަމުން، ބަލަމުންދާ މައްސަލަައަކަށް ވާތީ އިތުރު މައުލޫމާތު އަދި ހިއްސާ ކުރެވެން ނެތް". ދާއޫދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ތެދު

    ދޮގު ނުހަދާ ތެދައްބުނިއްޔާ މާރަނގަޅުވާނެ. އަދި ވެވުނު އިހުމާލް ގަބޫލްކޮށް ކުއްޖާގެ ބޭސްފަރުވާއަށް ޒިންމާވުން ބުއްދިވެރި.

    57
    2
  2. ޒިމްނާ

    މައްސަލަ ދޫނުކުރާތި.ތީ ވަރަށް ވަރަށް ފަރުވާކުޑަބަޔެއް.އަދިވެސް ރިސްކު އެލަވަންސް ބޮޑުކުރަންފެނޭ.މިއޮތީވާ ގައުމެއް.ހެލްތު މިނިސްޓަރަކަށް ގޭގަ ގެންގުޅޭ ކުކުޅު ލާންފެނޭ.

    56
    5
    • 👎

      މިކަމާ މިނިސްޓަރާ ކޮންގުޅުމެއް

      6
      6
      • ފަރުދު

        މިނިސްޓަރ ޒިންމާ ނަގަން ޖެހޭނެ އިބޫ އާއި އަންނި އާއި އެމްޑީޕީ މިކަމުގެ ޒިންމާ ނަގަންޖެހޭނެ ސީދާ އަންނި މިކަމުގެ އަޑީގަ ހުރިތޯ ބަލަން ޖެހޭ

        6
        4
        • 🙄

          ސާބަސް ނުވިސްނޭ ޕޕ މީހުން

  3. ރަސްފާ

    މެޑިކަލް ނެގްލިޖެންސް ރާއްޖޭގައި ދުވަހަކުވެސް ބެލިފައެއް ނެތް. ވީ ކަމެއްވީ

    50
    3
  4. މުހަންމަދު

    ކުޅުދުއްފުށީ މީހުން އަދިވެސް މޭޔަރ ގޮޑިޔާއި، ދެންހުރި ގޮޑިޔެއްވެސް އެމް.ޑީ.ޕީ އަށް ދީ....ދެން ލިބޭދެރަ މާބޮޑުވާނެ.

    14
    5
  5. ނިންމަ

    ރީނދޫވެގެން ބައިތިއްބާ ކުދިން މަންމަ ކައިރީ ބޭއްވޭނެގޮތް ތި ހޮސްޕިޓަލްގަ ހަދަންޖެހޭ. ހަތަރު ފަސް ކުދިންނަށް އެންމެ ނަރުހެއް ހުރެގެން ކިހިނެއް އެ ކުދިން ބަލާނީ؟ ކުދިން ރޮއެ ހަލާކުވާއިރުވެސް އަޅައިނުލެވިދަނީ މަދެއްކޮށެއްނޫން. މަގޭ ތަޖުރިބާ. ފެނިފަ ހުރިތަންތަން

    15
  6. މަޖިދު

    ތިހޮސްޕިޓަލް އެހެންރަށަކަންބަދަލްކުރަންމާލަސްވެއްޖެ ވަރަށްފަރުވާކުޑަބައެއްއުޅޭތަނެއް އެންމެރަނގަޅުވާނީ ހދ.ނޮޅިވަރަމްފަރު ނުވަތަ ހދ.ހަނިމާދޫ

    4
    8
  7. ޙެޔޮނުވާނެ

    ރާއްޖޭގެ ހޮސްޕިޓަލްތަކުން ވ ވ ވ ފަރުވާ ކުޑަ މިހާރު.

    10
    1
  8. ޖަގަހަ ހަސަނު

    މިއޮތީ ވެއްޓޭނެ ސަރުކާރެއް މާގިނަދުވަހަކުދެމި ނޯވެ ވެއްޓިދާނެ ތުއްތުފުރާނަތަށް ވެއްޓެންޏާ ސަރުކާރުވެސް ވެއްޓޭނެ .

    9
    4
  9. މީހަ

    އެބައުޅޭ އަލުން އަހުލާގު ކިޔަވަންޖެހޭ ނަރުހުން އެމީހުން ބޭރު ކުރޭ ނޫނީ އިސްލާހުކުރޭ ތީން ގޮލަޔަކު 19 ހާސް ރުފިޔާ ގެންދާނެ ގެއަށް

    7
    1