މާލޭގައި އަންހެނަކު ރޭޕް ކުރިކަމަށް ބުނާ މައްސަލައިގައި ހައްޔަރުކުރި ދެފިރިހެނުންގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ފަސް ދުވަސް ޖަހައިފިއެވެ.

ރޭ މާލޭގައި އަންހެނަކު ރޭޕްކުރީ އުފުލާލައިގެން ގޮސް ގަދަކަމުން ގެއަކަށް ވެއްދުމަށް ފަހު ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނެފައިވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މާލޭގައި ދެ މީހަކު ވެގެން އަންހެނަކު ރޭޕް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވަނީ ރޭ 20:10 ހާއިރުއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ އުމުރުން 18 އަހަރުގެ ދިވެހި ފިރިހެނަކާއި 23 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކްރިމިނަލް ކޯޓުން އެ ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރަން އަމުރު ކުރީ އެ މީހުންނަށް ތުހުމަތު ކުރެވޭ ކުށާއި ކޮންމެވެސް ވަރަކަށް ގުޅުވާލެވޭ ހެކި ހުށަހަޅާފައިވާތީ މުޖްތަމައުގެ ސަލާމަތަށްޓަކައެވެ.

ހައްޔަރުކޮށްފައިވާ މީހުންނަކީ ވެސް ކުށުގެ ރެކޯޑް އޮންނަ ދެ މީހުންނެވެ. އެ މީހުން ހައްޔަރުކުރީ ކުށުގެ ވެށިން ކަމަށް ފުލުހުން ބުނެެފައިވެ އެވެ.

ފަހަކަށް އައިސް އަންހެނުންނާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރުމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ގެރި

    ހޯރަ އިއްބެ ސަލާން ބުނި

  2. ގެރި

    ރޭޕް ސަރުކާރު އިސްތިއުފާ

  3. ގެރިމަސް

    ޒިރޯ ޓޮލަރެންސް އުތުރި އަރަނީ

  4. ރޯޔަލް މީދާ

    ރޯޔަލް ރޭޕްއެއްތޯ މިވެސް

  5. ޖަޒީރާވަންތަ ކެހެރިނުފަޅާ ޖަނަވާރު

    މިއީ ރައީސް ޔާމީން އިރުވީ ކަމެއްނަމަ އެމްޑިޕީ އެއްޗެހިން ހީވާނީ މޮޔަވެގެން ތެޅޭހެން

  6. ހިއުމަން

    އެމްޑީޕީ މެންބަރުންގެ ބަހުރުވަ ހުންނަ ގޮތުން ހީވަނީ އިންސާނީ ހައްގު އޮންނަން ޖެހޭނީ ކުށްވެރިންނަށް އެކަނިހެން. މީހުން މަރާމީހާ އާއި ރޭޕިސްޓުންގެ ހައްގުވެސް ކުށެެއްނެތް މީހަކަށްވުރެ މި މީހުނަށް މުހިންމުހެން ހީވަނީ

  7. އާރަށުގަ އޮންނަ އެތި

    ރޭޕް ސަރުކާރު އިސްތިއުފާ

  8. ގެރި

    ގެރިމޯދީގެ ރޭޕިސްތާނުތަ އަޅެ މީ. ލަދު ކޮބާ

  9. Anonymous

    ރޯޔަލް ރޭޕަކީވެސް އެޖެންޑާ 19 ގެ ބައެއްހެން ހީވަނީ.. މި ސަރުކާރަކީ ވަބާއެއް

  10. Anonymous

    ‏سيدنا يونس عليه السلام ގެ دعاء ؟
    ‏‎لا إله إلا أنت سبحانك إني كنت من الظالمين
    لا إله إلا أنت سبحانك إني كنت من الظالمين
    لا إله إلا أنت سبحانك إني كنت من الظالمين
    لا إله إلا أنت سبحانك إني كنت من الظالمين
    لا إله إلا أنت سبحانك إني كنت من الظالمين
    لا إله إلا أنت سبحانك إني كنت من الظالمين

    7
    1
  11. އިބްރާހީމް

    އިންޑިއާގެ އަވަށަކަށް ވީމަ ތިކަހަލަ ހާދިސާ ހިގަންވާނެ....

  12. ވިސްނާ

    ރޭޕިސްތާނާ ( އިންޑިއާ ) ގުޅުންބަދަހިނުކުރަންވީ ސަބަބުމިހާރު އެގޭތޯ؟ އިންޑިއާއަކީ ރޭޕްކުރުމުގައި ( ކުޑައެއްބޮޑެއްރަހުމެއްހަމްދަރުދީއެއްނެތި ) ވަރަށްކުރީގައިވާ ގައުމެއް ވީމާ
    ރާއްޖެއާއި މާބޮޑަށް ގުޅުންބަދަހިވެއްޖެނަމަ ކޮވިޑްވައިރަސްފެތުރުނުހެން ރޭޕްކުރުންވެސް
    ވައިރަހެންހެން ރާއްޖޭގައިފެތުރިދާނެކަމަށް ބައްލަވާ ގައުމާއި ، ގައުމުގެ ރަށްޔިތުން މިނުބައި
    ވަބާއިންސަލާމަތްކުރެއްވުމަށް އަވަސްފިޔަވަޅު އަޅުއްވައިދެއްވުމަށް ވަރަށްއާދޭހާއެކު ދިވެހިގައުމާ
    ދިވެހިރަށްޔިތުންދެކެލޯބިވާ ހަމްދަރުދީވާ ދިވެހި ދަރިއެއްގެ ހައިސިއްޔަތުންއެދެން މިފެންނަނީ
    ކޮލުމަތިކަމަށްވުންވެސް އެކަށީގެންވޭ ކުރިންވިރަށްކަލެއް ވެވޭނީ ވަގުތުފާއިތުވުމުން ކޮންކަމެއްތޯ
    ކުރެވޭނީ ރާއްޖޭގައި ޑްރަގުގެވަބާވެސްފެތުރުނީ މިކަމަށްކުންރިން ރައްކާނުވީމަކަމަށް ބައްލަވާ