22:26

މިއަދު ރާއްޖެ އިން 203 މީހުން ކޮވިޑަށް ފައްސިވެއްޖެ.

18:01

ކޮވިޑް-19 އިން ރައްކާތެރިވުމަށް އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ "ކޮވިޝީލްޑް" ވެކްސިން ޖެހި ތިން ވަނަ މީހަކު އޮސްޓްރޭލިއާގައި މަރުވެއްޖެ

17:23

ކޮވިޑް-19ގެ ދެވަނަ ޑޯޒްގެ ވެކްސިން ޖެހުުމުގެ އިންތިޒާމްތައް ހުރިގޮތުން ވަރަށް ގިނަ މީހުންނަށް ދަތިވާ ކަމަށް ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ އެޗްއީއޯސީއިން ވިދާޅުވެއްޖެ

16:57

16:26

އާބާދީގެ 5% އަށް ވުރެ ގިނައިން ކޮވިޑް-19 އަށް ފައްސި ރޭޓް މަތި ރަށްތަކުގެ މައުލޫމާތު މާދަމާ އިއުލާނު ކުރާނެ ކަމަށް ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ވިދާޅުވެއްޖެ

15:47

ތ. ވޭމަންޑޫ ކޮވިޑް އިހަލުން ފައްސިވި މީހުންގެ އަދަދު 60 އަށް އަރައިފި

15:46

ބޮލީވުޑު އަދި ނިއު ޔޯކް ސްޓަރ އެކްޓަރ ނީލް ނިތިން މުކޭޝްއާއި އޭނާގެ އާއިލާ ކޮވިޑް-19 އަށް ފައްސިވެއްޖެ

14:01

އިންޑިއާގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރި ހާލު ބޮޑުވާ މީހުންގެ އަދަދު އިތުރުވާތީ ސްކޫލްތަކުގައި ބަލި މީހުން އެޑްމިޓް ކުރަން ފަށައިފި.

04:52

00:52

ކޮވިޑް-19 އަށް މިއަދު ފައްސިވި މީހުންގެ އަދަދު ވަނީ ފާއިތުވި އެއްހަފްތާ ތެރޭގައި އިތުރުނުވާ މިންވަރަށް އިތުރުވެފައެވެ.

މިއަދު ރާއްޖެ އިން 124 މީހަކު ކޮވިޑް-19 އަށް ފައްސިވިއެވެ. މިއަދު މާލެ އިން 78 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. މިއަދު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ކޮވިޑަށް ފައްސިވީ 33 މީހުންނެވެ. އިތުރު 12 މީހަކު މިއަދު ރިސޯޓްތަކުން ކޮވިޑަށް ފައްސިވިއެވެ. އަދި ސަފާރީއަކުން އިތުރު އެކަކު މިއަދު ވަނީ ކޮވިޑަށް ފައްސިވެފައެވެ.

މިއަދު ރާއްޖެ އިން ކޮވިޑަށް ޓެސްޓް ކުރި މީހުންގެ އަދަދު އިއްޔެއަށްވުރެ ގިނައެވެ. މިއަދު 2503 މީހަކު ވަނީ ކޮވިޑަށް ޓެސްޓް ކޮށްފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު