މާރާމާރީއެއްގައި އަނިޔާވި މީހަކު ހޯދަން ފުލުހުން އާއްމުންގެ އެހީއަށް އެދިއްޖެއެވެ.

ފުލުހުން ވިދާޅުވީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މާރާމާރީ މައްސަލައަކާ ގުޅިގެން އެމާރާމާރީގައި އަނިޔާ ލިބުނު މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދާ ކަމަށެވެ.

މިމީހާއަކީ މިއަހަރުގެ މާރިޗު 29 ވަނަ ދުވަހުގެ ވަގުތެއްގައި ގ. ބަށިމާވިލާ ގޭގެ ކައިރީގައި ހަދަމުންދިޔަ އިމާރާމާތެއްގެ ކައިރީގައި ބިދޭސީއެއްގެ ގައިގައި ދެ މީހަކު ވެގެން މާރާމާރީ ހިންގުމާ ގުޅިގެން އެމާރާމާރީގައި އަނިޔާ ލިބުނު ފަރާތެވެ. އަދި މިހާތަނަށް ކުރެވެނު މަސައްކަތްތަކުން އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.

އެހެންކަމުން މިމީހާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި، މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.

މިމައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 483099އެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮވިޑް

    ޕޮލިސް ދެން މިހާރު ހާދަ ސަޅި އޭ، އައި.އޯ ގޭގަ އޮވެލާފަ ވީޑިއޯ ނޫނީ ފޮޓޯ ނޫންތަކަށް ފޮނުވާލީމަ އެ ވީ. ކޮބާތަ އިއިއޯ ގެ ޒިންމާއަކީ،؟ ދެން މާދަމާ ނޫސް ތަކަށް ފޮނުވާތި ރިހާކުރު ފުޅިއެއް ވަގަށް ނެގި މީހެއްގެ ބަޔާނެއް ޓައިޕް ކޮށްލަދޭނެ ފަރާތެއް ހުރިތޯ ބަލަން .އާންމުންގެ އެހީތެރިކަމަށް އެދޭތި. މިދިޔަމަހުގެ 29 ހުގެ ކަމެއް ވިއްޔާ ހާދަ މަސައްކަތްތެރި އައިއޯ އިން ނެ ދެއްތޮ ޕޮލިސް ގަ މިހާރު.

    3
    1