ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ އޮފީސް ފާޅާލައި ލައްކައަކަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފިއެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ އިއްޔެ ހެނދުނު ފުލުހަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. ސަރުކާރުގެ ސަތޭކަ އިންސައްތަ ހިއްސާވާ އެ އޮފީސް ފަޅާލި މައްސަލައިގައި މިހާތަނަށް އައިއިރު އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ނަމަވެސް މި މައްސަލަ ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.

އެނގިފައިވާ ގޮތުގައި އޮފީސް ފަޅާލިކަން އެނގުނީ މުވައްޒަފުން އިއްޔެ އޮފީހަށް ދިއުމުންނެވެ. އޮފީސް ފަޅާލައި ފައިސާތަކެއް ވަގަށް ގެންދިޔަ ނަމަވެސް އޮފީހުގެ އެއްވެސް ތަނަކަށް އަދި ދޮރުފަތަކަށް ވެސް ބޮޑު ގެއްލުމެއް ދީފައި ނުވާ ކަމަށްވެއެވެ.

ރޯދަ މަހު އާއްމުކޮށް ވައްކަމުގެ މައްސަލަތައް އިތުުރުވާ އިރު، އެހެން ރޯދަ މަސްތަކެކޭ އެއްގޮތަށް މި ރޯދަ މަހު ވެސް ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރެވެ.

 

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޔެލޯ ގުންޑޭ

    ވެންޓިލޭޓަރު މައްސަލަ ނުބެލި މި މައްސަލަ ކީއްވެ ބެލެންވީ.. މީތަ ޒީރޯ ޓޮލަރެންސްއަކީ

  2. ޖަޒީރާވަންތަ ރޯޔަލް ކެހެރިނުފަޅާ ޖަނަވާރު

    މި ސަރުކާރުން ވައްކަން ކުރަން ދަސްކޮށްދިނީ.. ވެންޓިލޭޓަރު ކީއްކުރަން، ކާޕެޓާ ފައިފުހިވެސް ކާލަނީ

    • ޠާބެ

      ޔާމީނުވެސް ވައްކަންކުރީ މިސަރުކާރުން ދަސްކޮއްގެންދޯ. ކެހެރި ފެޅީމަ އަދި ވިސްނޭނެ.

      1
      5
  3. ބަކަރި

    އެޖެންޑާ 19 އިން ރީތި ނަމޫނާ ނަގައިގެން ކުރި ކަމެއްތީ.. މައްސަލައެއްނޫންތީކީ..

  4. ވެންޓިލޭޓަރު

    ވެންޓިލޭޓަރު ސަލާމް ބުނި

  5. ގެރިމަސް

    ޝުކުރިއްޔާ ރައީސް. އެޖެންޑާ 19 ހަމަ ތަފާތީ

  6. ރޯޔަލް އެނިމަލް ކިންޑަމް

    ވެލްކަމް ޓު ޖަޒީރާ އެނިމަލް ކިންގްޑަމް

    6
    1
  7. ޒިމްނާ

    އެއްލައްކަ ރުފިޔާ އޮފީހުގަ ބެހެއްޓީ ކީއްކުރަން؟ވަގަށް ދޭންތަ؟ތީ ރޭވުމެއް.ކުންފުނި ހަދަނީ ޕާޓީ ކުދިންކޮޅަށް ރުފިޔާ ދޭންވެގެން.މިހާރު އެބައުޅޭ ރީޖަނަލް އެއަރޕޯޓުސް ކޮމްޕެނީއެއްހަދައިގެން.މިހާރުވެސް އެދަނީ ސަރުކާރުންދިން ބަޖެޓް ދަތުރުފަތުރަށް ހުސްކުރަމުން.ހަފިތާއަކު އެއްފަހަރު ވީކެންޑްގަ ތަނުގެ އިސްވެރިން މަޖާނަގަން އަތޮޅު ތެރެޔަށް އެބަދޭ.އެއްކަމެއްވެސް ވަނީއަކީނުން.ޕާޓީ ކުދިންނަށް ނާޖާއިޒު ފައިދާ ހޯދަދޭން މަސައްކަތްކުރުން ނޫން އެހެން ކަމެއްނެތް.

  8. ޙުސެއިން

    Ŕďçގައި ވަޒީފާ ދިީފައި ތިބި މީޙުން ކަމެއް.

  9. ސަފަގު މާމިގިލި

    އާރުޑީސީ ފަޅަނީ ދޯ ، ރޯޑް އައް ކުއްޔައް ދީފަ ހުރި ލޮރީ އާ ތަކެތިން ނަގާ ފައިދާ ކޮބާ؟އިބޫ