ހަލުވިކަމާއެކު ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާތީ ރާއްޖެއަށް ދަތުރު ކުރުން ރައްކާތެރި ނޫން ކަމަށް އެމެރިކާ އިން ބުނެފިއެވެ.

ގައުމުތަކަށް ދަތުރު ކުރުމާ ގުޅޭ ގޮތުން އެމެރިކާގެ ސެންޓާ ފޯ ޑީޒީސް ކޮންޓްރޯލުން ނެރޭ އެލާޓް ހަތަރެއްގައި ކެޓަގަރީގައި ރާއްޖެ ވަނީ ހިމެނިފައެވެ. މިއީ އެ ސެންޓަރުން ނެރޭ އެންމެ ހަރުކަށި އިންޒާރު ލެވެލްއެވެ.

މި ލެވެލްގެ ގައުމުތަކަށް ދަތުރު ނުކުރުމަށް އެ ސެންޓަރުން ވަނި ފަތުރުވެރިންނަށް ގޮވާލައިފައެވެ. މި މައުލޫމާތުތައް އާންމުކޮށްފައިވާ ސީޑީސީގެ ވެބްސައިޓުގައި ވަނީ ރާއްޖެއަށް ދަތުރުނުކުރުަމަށް އަންގައިފައެވެ. އަދި އެ އިންޒާރު ނެރެފައިވަނީ ކޮވިޑް-19 ގެ ހާލަތު އެ ގައުމުގައި ގޯސްވުމުން ކަން ފާހަގަކޮށްފައިވެއެވެ.

ރާއްޖޭގެ ހާލަަތަށް ރިއާޔަތްކޮށް ސްޓޭޓު ޑިޕާޓުމެންޓުންވެސް ވަނީ ރާއްޖެއަށް ދަތުރުކުރުމާމެދު އިތުރަށް ވިސްނުމަށް އެދި އިންޒާރެއް ނެރެފައެވެ. އެއީ އެލާޓް ލެވެލް ތިނެއްގެ އިންޒާރެކެވެ.

މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ދިން ލުއިތަކާއިއެކު ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން އިއްޔެ މާލެ އިން 78 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ކޮވިޑަށް ފައްސިވީ 33 މީހުންނެވެ. އެއާއެކު އިއްޔެ ބައްޔަށް ފައްސިވި ޖުމްލަ އަދަދު ވަނީ 124 އަށް އަރާފައެވެ.

ރާއްޖެ އިން މިހާތަނަށް 26،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެ 69 މީހުން ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަންނި

    ރާއްޖެއައް ގެއްލުންދޭނތަ ތިޔަ ވިސްނަނީ ، ރާއްޖެއިން ކޮވިޑް ފޮހެލައިފިން ކައުންސިލް އިންތިހާބައް ހުރިހާ ކޮވިޑްއެއް ފޮށި ފޮއްޓައް އަޅާ ބަނދުކޮއްފިން.

  2. މަނީމަނީ

    ގުދޯގުދޯ

  3. ކޮވިޑުކަކުނި

    މިރާއްޖޭގެ އާބާދީއަށްވުރެން ގިނަ އަދަދަކަށް އެމެރިކާގައި ކޮވިޑުބަލީގެ މީހުން މަރުވެއްޖެ. މިރާއްޖޭގައި ދުވާލެއްގެ މައްޗަށް ކޮވިޑަށް ފައްސިވާ އަދަދާއި ގާތްއަދަދަކަށް އެމެރިކާގައި ދުވާލަކު ކޮވިޑުޖެހިގެން މީހުންމަރުވޭ. މިރާްޖޭގެ އެވުރެޖު ރަށެއްގެ އާބާދީއާއި އެއްވަރުގެ އަދަދަކަށް އެމެއެރިކާގައި ދުވާލަކު ކޮވިޑަށް މީހުން ފައްސިވޭ. އެހެންކަމުން އެމެރިކާމީހުން ރާއޖެއަށް ދަތުރު ނުކުރުމުން ރައްކާތެރިކަން މިލިބެނީ ދިވެހި ރައްޔަތުންނަށް. ޝުކުރިއްޔާ ޖޯބައި ދޮންބެއަށް.