އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ތަހުގީގަށް މާލެ ގެނައި އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިޝަން އޮޕްޓިކަލްސް އަށް ގެންދިއުމަށް ފަހު އަނެއްކާ ވެސް ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި އެމަނިކުފާނު ވިޝަންސް އޮޕްޓިކަލްސްއަށް ގެންގޮސްފައި ވަނީ އެމަނިކުފާނު ތުރު ކުރައްވާ އައިނުކޮޅު ހެއްދެވުމަށެވެ. އެ ތަނަށް އެމަނިކުފާނު ގެންގޮސްފައި ވަނީ ފުލުހުންގެ އިދާރާއަށް ގެންގޮސް އެމަނިކުފާނުގެ ބަޔާން ނެންގެވުމަށް ފަހުގައެވެ.

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޔާމީން ފަސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ ނޮވެމްބަރު 28، 2019 ގައެވެ.

އެމަނިކުފާނު ޖަލުގައި ހުންނަވާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު، ދަށުން ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ދާދި ފަހުން ވަނީ ހުކުމް ދަމަހައްޓައިފައެވެ. އެހެންވެ، ޔާމީންގެ ފަރާތްޕުޅުން އެ ހުކުމް ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ.

މީގެ އިތުރުން އިތުރުން ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާއެއް އުފުލައި އެ މައްސަލަތައް ކްރިމިނަލް ކޯޓަށް ދައުލަތުން ހުށަހެޅުމުން އެ ދެ ދައުވާގެ ޝަރީއަތް ވެސް ކޯޓުގައި ކުރިއަށްދެއެވެ. އެއީ ވެސް އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލަގައި ދައުލަތުން އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއެކެވެ.

އިދިކޮޅު ފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި ޔާމީންގެ މައްޗަށް ކުރާ ތުހުމަތުތަކަކީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ކުރާ ތުހުމަތުތަކެއް ނޫން ކަމަށާއި ޔާމީން މިހާރުން މިހާރަށް މިނިވަން ކުރަން ޖެހޭނެ ކަމަށެވެ. އެމަނިކުފާނުގެ އެތައް ހާސް ސަޕޯޓަރުން ގެންދަނީ އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލަމުންނެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ޔާމީން ގެއަށް ބަދަލު ކުރުމާ ގުޅޭ ގޮތުން ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރައްވަމުން އަންނަ ކަމަށާއި އެމަނިކުފާނަށް ދެރަ ގޮތެއް ނުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. Shaf

    ބްރޯ އައި ކެއާރ އަށް ގެންދިޔައީ

    7
    1
  2. ޙައްގުބަސް

    މިނާގާބިލު އަނިޔާވެރި ވަގު ސަރުކާރުން ޔާމީން ހައިޖެކްކޮށްގެން ނުޙައްގުން ޖަލަށްލައިގެން އުޅޭ އުޅުން ނިމުމަކަށް ގެންނަންވެއްޖެ!! މިބަލާވެރިކަންވެސް ނިމުމަކަށް ގެންނަންވެއްޖެ!! ދީނާ ދެކޮޅު މީހުން ހިފާ ހައްޔަރުކުރަންވެއްޖެ!!

    28
    5
  3. ހަނާ

    ކުއްވެރިން ތިބޭނި ޖަލުގަ.. ސާބިތު ބޮޑުވަގެއް

    10
    42
    • ސަކޫން

      ޙަމައެކަނި ޔާމީނުތަ ކޮބާ އަދީބު އެއީ ވަގެއް ނޫންތަ . ޢެންމެ ބޮޑުވަގަކީ އަދީބު އެކަމަކު އަދީބު ޖަލަށް ލެވޭކަށްނެތޭ .މިސަރކާރުގެ އެންމެ އިސްމީހާއިން ފެށިގެން ގިނަ ބަޔަކު ވަނީ އަދީބު ދިން ފައިސާ ބޭނުން ކޮށް ފައި.ޢެކަން ފަޅާ އަރުވާލަ ފާނެތީ އަދީބުއަށް ވަނީ ޕިކްނިކް ދަތުރުދީ ފައި. ޙަމަ އެހެން އަލީ ވަހީދުގެ މައްސަލަވެސް. .މިސަރުކާރުގެ އިސް ބަޔަކުގެ ފަތި ފުށް ފަޅާ އަރާނެތީ އަވަހަށް ރާއްޖެ އިން ބޭރަށް ފޮނުވާލީ. މަމެން މި ބުނަނީ އެކަމުގައި ބައިވެރިވި އެން މެނަށް އަދަބު ދޭށޭ. ޔާމީނަށް އެކަނި އަދަބު ދޭތީ ކަމު ނުދަނީ

  4. ލޯބިވާ ވަޠަން

    ކަލޭމެންގެ ނިމުން ވެސް ﷲ ގެ ވާގިފުޅާއެކު އަންނާނެ. އެދުވަހަކުން ކަރުނައިގެ ބަދަލުގަ ކަލޭމެންގެ ލޯތަކުން ލޭ އަންނަތަން ދިރިތިބީންނަށް ފެންނާނެ.

    32
  5. ހހހހ

    އަހަރެމެން ވ.ރަނގަޅަށް އިމްރާންގެ އަމަލުތައް އެބަ ނޯޓްކުރަމުން ގެންދަން. އާއިލާއެއް އަހުލެއް ވަހުލެއް ޔާރެއް ނެތް މީހެއް އިމްރާނަކީ.

    25
    2
  6. ޛޖޖ

    ޙެޔޮނުވާނެ މިރޯދަމަހު މީހަކު ގަނަތަޅުވަން. އެންމެނުބަެިމީހާއަށްވެސް އެމީހާ އެދޭފަދައިން ހެޔޮކޮށް ހިތަންވާނެ.

    24
    1
  7. ދަރަނި ދަންތުރަ

    ސޯލިބޭގެ އިބޫއަށްވެސް ދެރަގޮތެއްނުވާނެ ދައުރުނިމުމާއެކު ހަމަ ޖަލަން ، ހަމަ އެމް އެމް ޕީ އާރު ސީ ގެ މައްސަލާގައި ...

    25
    1
  8. ލޯންޑަރ

    މަނީ ލޯންޑްރިންގެ ކުއްސާބިތުވީއަކީނޫން ބާރުގެބޭނުންކޮއްގެން ސާބިތު ކުރުވީ ހީވަނީ މިނޫސްވެސް މިހާރު ވެރިކަންކުރާފަރާތުން ގަނެގެންއުޅޭހެން އެމްއެމްޕީއާރުސީގެ ލާރިގަނޑު ކޭ ކަލޭގެ އެހެރީ މިހާރު މަޖްލިސް މެމްބަރުން ގަންނަން ބަހައްޓާފަ މިހާރު އެކަލޭގެ މމީހުންގަންނަން ގެންގުޅެނީ އޭނާގެ އަމިއްލަ ފައިސާއޯ

    22
    1
  9. ވަތަނީ

    މިހާރުން މިހާރަށް ރ ޔާމީން މިނިވަން ކުރުމަށް ގޮވާލަން

    24
    2
    • ލޯލް

      އެ އޮށް ދިޔަ އި މިނިވަންވެގެން ކާރަކަށް އަރަ އިގެން. ޕަކާސް

  10. ބަގަޓެއްލާ

    އިމްރާނެއް ސޯލިހެއް ކިޔާނެކަމެއްނެތް މިވަގުތު ބާރުއޮތީ ޕީޕީއެމަށް ވަގުތު ޖެހެމުންދަނީ ﷲ ގެވާގިފުޅުން ރައީސްޔާމީން މިނިވަންވެ ސޯލިހާއި އަންނި އަދި އިމޮރާން ޖަލަށްލާނަން ވަﷲ އައުލަމް .

  11. Anonymous

    މައްސަލަ އަކީ ހަމައެކަނި ޔާމީނު ޖަލުގަ ބަހައްޓައިގެން ގަނަ ތަޅުވާތީ ޔާމީނަށްވުރެ ގިނަ ލާރި ކެއީ އަދި ގިނަމީހުނަށް ފައިސާ ދިނީ އަދީބު އަދީބުގެ އައުވާނުންނަށާ އޭނާގެ ގާތް މީހުނަށް .ޔާމީނު ވެތިކްމަށް އައުމުގެ ކުރިންވެސް އަދީބު ފަޅެއް ވިއްކާލި ވާހަކަ ރީދޫކުދިން ގޮވި . ޢެކަމަކު އަދީބު ހަމަ ގޭގަ .އރ

  12. މަނީމަނީ

    ﷲއިރާދަފުޅާއި އެކު ދެން ޔާމިނު މިގައުމަކު ވެރިކަމެއްނުކުރާނެ

    1
    5