ދިވެހި ޑޮކްޓަރުންގެ ދުވަހު މުނާސަބަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގައި މަސައްކަތް ކުރާ ހުރިހާ ޑޮކްޓަރުންނަށް ދުވަހުގެ ތަހުނިޔާ ވިދާޅުވެފައެވެ. ހާއްސަ ގޮތެއްގައި ކޮވިޑުގެ މި ހާލަތުގައި ޑޮކްޓަރުން ކުރަމުންދާ ބުރަ މިންނެތް މަސައްކަތް ފާހަގަކުރައްވައި ރައީސް ވަނީ ޝުކުރު އަދާ ކުރައްވައިފައެވެ.

ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ޑޮކްޓަރުން ކުރަމުން އަންނަ މަސައްކަތް މީގެކުރިން ވެސް ރައީސް ފާހަގަކުރައްވައެވެ. އެމަނިކުފާނު ކުރިން ވިދާޅުވި ގޮތުގައި ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން އެންމެ ބުރަ މަސައްކަތެއް ކުރާ އެއް ބަޔަކީ ޑޮކްޓަރުންނެވެ.

ދިވެހި ޑޮކްޓަރުންގެ ދުވަސް މިއަދު ފާހަގަކުރާއިރު ރާއްޖޭގައި މަސައްކަތް ކުރާ ހުރިހާ ޑޮކްޓަރުންނާއި ސިއްހީ ހިދުމަތްތެރިން ގެންދަވަނީ ކޮވިޑް-19 ގެ ބަލި މަޑުކަމުން އަރައިގަތުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

ރާއްޖެ އިން މިހާތަނަށް 26،000 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެ 69 މީހަކު ވަނީ ނިޔާވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މާމީ

    ޝުކުރު ނުދަންނަވާ އެލަވަންސު ކޮޅު ދީބަލަ ލަދެއްވެސް ނުގަނޭތަ؟؟؟