އަންހެނުންނާ ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާ ހުއްޓުވުމަށް އަމާޒުކޮށްގެން އެއް އަހަރު ދުވަހުގެ މުއްދަތައް "މިކަން ހުއްޓުވާނަން" މި ނަމުގައި ކެންޕޭނެއް ކުރިޔަށް ގެންދިއުމަށް ޖެންޑަރ މިނިސްޓްރީގެ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ނިންމައިފިއެވެ.

އެ މިނިސްޓްރީން ވިދާޅުވީ، "މިކަން ހުއްޓުވާނަން" ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަ ޖެހިފައިވާ ކެމްޕޭނު މިހާރު ރާވަމުން އަންނަ ކަމަށެވެ.

މި ކެންޕޭނަކީ ޔުނިސެފްގެ އެހީތެރިކަމާއެކު ޤައުމީ ފެންވަރުގައި ކުރިޔަށްގެންދެވޭނެ ކެންޕޭނެކެވެ.

މިނިސްޓްރީން ވިދާޅުވީ، އެކެންޕޭނުގެ މައިގަނޑު ދެ މަޤްސަދަކީ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް، ޢާންމުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި، މިފަދަ އަނިޔާ ހުއްޓުވުމަށްޓަކައި ރިޕޯޓުކޮށް، އަޑުއުފުލުމަށް ހިއްވަރުދިނުން ކަމަށެވެ.

އެހެން ކަމުން އެމަޤްސަދު ހާސިލްކުރުމުގައި މީޑިއާގެ ދައުރު މުހިންމުކަމުގައި ދެކި، މި ކެންޕޭނާ ގުޅޭގޮތުން ހުރިހާ އޮންލައިން މީޑިއާތަކަކަށް މަޢުލޫމާތު ހިއްސާކުރުން މި މަހުގެ 20 ވަނަ ދުވަހު ޓީމްސް މެދުވެރިކޮށް ބައްދަލު ކުރައްވާނެ ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އެ ބައްދަލުވުން އޮންނާނީ އެދުވަހުގެ 11:30 ގައި ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ......

    ރޭޕް ކުރުމާއި ދެކޮޅު ނަމައީ ރޭޕަށް ހުށަހެޅޭ ދޮރުތަކައިގެން ނިކުމެ އުހެނީ ކީއްވެތޯއެވެ...އޮރިޔާމުން ހުއްޓަސް ބެހޭކަށް ނުޖެހޭނެ އެވެ...ނަމަވެސް އޮރިޔާމުން ހުއްޓަ ބެހުނަސް ނިވާވެގެން ހުއްޓަ ބެހުނަސް ވާ ގެއްލުމެއްވާނީ ހަމަ އެމީހާ އަށެވެ...އެ ގެއްލުމާއި އަނިޔާއިން ސަލާމަތް ކުރުމަށް އަހަރެމެން މިކިޔަނީ ނިވާވާށޭ...ރޭޕާއި ނުބައި ފިރިހެނުންގެ ނުބައި ކަމުން ދުރުކޮށްދޭނެޔޭ...އެކަން އެކަންޔެއްނޫން...އަންހެން ފިރިހެން އެްވެ އުޅުންވެސް ހުއްޓާލަން ޖެހޭ...ގައިމު ވިސްނާލާފިނަމަ އެނގޭނެ ދިމާނުވެ ރޭޕެއް ނުކުރެވޭނެ...އިސްލާމްދީނުގެ ހުދޫދުގަ އަންހެން ފިރިހެން ވެސް އުޅެނަމަ އީ ކިހާ ހެޔޮވެގެންވޭ.

    2
    1
  2. ީލލ

    މި ޤައުމުގައި އަނިޔާ ލިބޭ ފިރިހެނުން މާގިނަ، ބަލަ ޒިނޭ ކުރާމީހުންނާއި ހަށި ވިއްކާ މީހުން އެކަމެއް ކުރަނީ ދެމީހުންވެސް ރުހިގެން ފަހަރުގައި ހަށިވިއްކާފަ ފައިސާއާއި މެދު ދެބްސްވުން އުފެދުނީމާ ދެންއެވަނީ ރޭޕަ !

  3. ކިޔާހުވާ

    އެހެންވީމަ އަދިމިހާރައްވުރެ ބޮޑައް ވިހެއުމުގެރޭޓް ދައްވާނެ ނޫންތޯ

  4. އައިމިނާބީ

    އަންހެނުންރޭޕް ކުރުމާއި އަނިޔާގެ ވާހަކަ ދައްކާއިރު ރެސްޓޯރަންޓް އަކައް ވެދެވުނީމަ ފެނުނުމަންޒަރުން އެބަ އެނގޭ އަންހެންވެރިން ބޭނުންވަނީކަން އެއަނިޔާލިބެން އެއީ ސީސާ ބޯން މަތީފަންގިފިލާޔައް އެއަރަނީ އުމުރު ހަމަނުވާކުދިން ގުރޫޕް ހަދައިފައި ދެޖިންސުން ހިތައް އަރާމިކުދިންގެ މައިންބަފައިން ނެތީބާއޭ ދެންއިވެނީ އޯވަރ ދޯޒް ވެގެން ފަޅުގެއެއްގައި މަރުވެފައި އޮއްވާހަކަ ޔަކާ ޖިންސީ ގޯނާކުރިވާހަކަތައް ނޫސްތަކުގެ ބޮޑުސުރުހީން މީނޫންތޯ ހަގީގަތަކީ