ހއ. ހޯރަފުށީގައި ޒުވާނަކު ރުކަކުން ވެއްޓި ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން ހޯރަފުށީ ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓަރ، ހެލްތް ސާވިސަސް އާފިގް މުހައްމަދު ވިދާޅުވީ، އަކުނި ވަޔަށް ދަމައިގަނެގެން ރުކަކުން ވެއްޓިފައިވަނީ 25 އަހަރާއި 30 އަހަރާއި ދެމެދުގެ ޒުވާނެއް ކަމަށާއި އޭނާ ވެއްޓިފައިވަނީ މިއަދު 11:30 އެހާކަންހާއިރު ކަމަށެވެ.

އާފިގް ވިދާޅުވީ، ޒުވާނާ ރުކުން ވެއްޓިގެން ގޮސް ޖެހުނީ ބިންމަތީ އޮތް ލަކުނޑިގަޑެއްގައި ކަމަށާއި އޭނާގެ ފަޔަަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ފައިގެ ފަލަ މަސްގަނޑުގެ ފޫޓަކަށް ލަކުނޑިގަނޑު ވަދެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ފޮނުވާފައިވާ ކަމަށާއި މިހާރުވެސް ޒުވާނާގެ ސާޖަރީ އެއް ކުރަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ރަދީފް

    އަވަސް ޝިފާއަކަށް އެދެން.ރޯދަމަހެއްގަ ޒުވާނާއަށް ތިޔަ ލިބުނު އަނިޔާގެ ވޭން އެއީ އަހަރުމެންނަށް އިހްސާސްކުރެވޭ ތަދުތަކެއް.ރުކަށް ނާރައި ރުކުން އެއްޗެއް އެޅޭނެ މަގެއް ހޯދުނުނަމަ ވަރަށް ރަނގަޅު.

    16
  2. އާދަމުގެދަރި

    އެއްޗެއް ހެރޭ ގޮތާއި އެއްޗެއް ވަންނަ ގޮތް ނުދަންނަ މީހުންނަށް ހިތުހުރި އެއްޗެއް ލިޔެވިދާނެ. ނޭގުމަށްވުރެ ޖާހިލުކަމެއް ނޯންނާނެ.

    13
    1
  3. ުއުނދުޅި

    އަކުނި ވަޔަށް ދަމައިގަނެގެން ރުކަކުން ވެއްޓިފައިވަނީ 25 އަހަރާއި 30 އަހަރާއި ދެމެދުގެ ޒުވާނެއް
    ކީއްވެބާ. 25 އަހަރާއި 1000 އަހަރޭނުޖެހީ

    8
    1
  4. ރަށު މީހާ

    ހޯރަފުށީ ހޮސްޕިޓަލް އޭ.. ލޮލް

    5
    5
  5. ޖުމައިލް

    ވަގުތުމީހުން ވެއްޖެނުން މިއަށްވުރެން ޒިންމާދާރުކޮށް މިކަން ކުރަން.ރުކަކުން ވެއްޓިފައިވަނީ 25 އަހަރާއި 30 އަހަރާއި ދެމެދުގެ ޒުވާނެއް ބުނުމުގެ ބަދަލުގައި 18 އަހަރާއި 65 އަހަރާއި ދެމެދުގެ ޒުވާނެކޭ ބުނިނަމަ ތަންކޮޅެއް ބޮޑަށް އެކަމާ ވިސްނާނެ.އެމީހާގެ އުމުރު ގެސްކޮށްލަން ފަސޭހަވީސް.

  6. ނާނު

    މާތްﷲގެހެޔޮ ރަހުމަތް ފުޅުން އަވަސްްްްްޝިފާއެއް އެކުއްޖާއަށް މާތްﷲ މިންވަރުކުރައްވާށި އާމީން

  7. ޞޏ

    ބަލި މީހާއަށް އަވަސް ޝިފާއެއް ދެއްވާށި އާމީން.