އިޖްތިމާއީ ދާއިރާގެ ކަންކަން ނައިބު ރައީސް ފައިސަލް ނަސީމްގެ ބެއްލެވުމުގެ ދަށުން ހިނގަމުން ގެންދާއިރު ނައިބު ރައީސްގެ ނޫސްވެރިންގެ ބައްދަލުވުމެއް ވެސް މިހާތަނަށް ނުފެންނަ ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް ފައިސަލްއަކީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެންބަރެކެވެ. ކޮމިއުނިކޭޝަން މިނިސްޓަރު ކަމުގައި މަލީހް ހުންނެވީ އެ ޕާޓީގެ ސްލޮޓެއްގައެވެ. ވަޒީރު ކަމުން ވަކިކުރި ފަހުން މަލީހް ވަނީ އެ ޕާޓީއިން ވަކިވެވަޑައިގެންފައެވެ.

ފައިސަލްއާއި މަލީހް އަކީ ވެސް ފުވައްމުލައް ސިޓީއަށް އުފަން ދެ ބޭފުޅުންނެވެ.

ކޮމިއުނިކޭޝަން މިނިސްޓަރު ކަމުން ވަކި ކުރި ފަހުން ކޮންމެ ދުވަހަކުހެން ސަރުކާރަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވާ މަލީހް މިއަދު ވަނީ ފުރަތަމަ ފަހަރަށް ނައިބު ރައީސަށް ވެސް ފާޑުވިދާޅުވެ ޓްވީޓެއް ކުރައްވައިފައެވެ.

މަލީހް ކުރެއްވި ޓްވީޓްގައި ލިޔުއްވާފައި ވަނީ ވެރިިކަމުގެ ދައުރުގައި ބާކީ އޮތީ 690 ދުވަސް ކަމަށާއި ދައުރު ދެބައި ވެގެން ދިޔައިރު އިޖްތިމާއީ ކަންކަން ހަރުދަނާ ކުރެވިފައި ނުވާ ކަމަށެވެ. އަދި ފަޤީރުން ދަނީ އިތުރަށް ފަޤީރު ވަމުން ކަމަށާއި އެ ދާއިރާ ހިނގަނީ ނައިބު ރައީސްގެ ބެއްލެވުމުގެ ދަށުން ކަމަށެވެ.

"ސޯޝަލް ސެކްޓަރ ރިފޯމް ކުރުމަކީ ނައިބު ރައީސްގެ ބެއްލެވުމުގެ ދަށުން ކުރިއަށް ދާން ޖެހޭ ކަންކަން.. ދައުރު ދެބައިވި އިރު ރައީސްއާއި ނައިބު ރައީސް އެކުގައި ޕްރެސް ކޮންފެރެންސްއެއް ވެސް ބާއްވާފައި ނުވޭ.." ސަރުކާރުގެ އިޖްތިމާއީ ސިޔާސަތުތައް ހިމެނޭ މަލީހް ލިޔުއްވާފައިވެއެވެ.

ސަރުކާރުގެ ކެބިނެޓް ދެ ކައުންސިލަކަށް ބަހާލާފައި އޮވެއެވެ. އެއީ އިކޮނޮމިކް ކައުންސިލްއާއި ސޯޝަލް ކައުންސިލްއެވެ. އިކޮނޮމިކް ކައުންސިލްގެ ރިޔާސަތު ބަލަހައްޓައި ރައީސް އިބްރާހިިމް މުހައްމަދު ސޯލިހްއެވެ. ސޯޝަލް ކައުންސިލްގެ ރިޔާސީ ބަލަހައްޓަވަނީ ނައިބު ރައީސް ފައިސަލްއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސާނީ

    ހެޔޮނުވާނެ ތި އަނގަޔަށް ރެސްޓެއް ދީބަލަ.. ރޯދަމަހޭމި.. ފަހަރަކު މީހަކާ ބެހެމުން ތިދުވަނި.. ގެއްލުނުއެތި ބޮޑީ

    4
    1
    • ޕެޑްއަހްމަދު

      މަލީހު އެވިދާޅު ހަމަރަގަޅަށް. ހަޖަމްކުރަން ފުރަތަމަ ދަސްކުރޭ. ހަޖަމްވިޔަސް ނުވިއަސް މަލީހުގެ މަސައްކަތްޕުޅެއް ހުއްޓަވައެއް ނުލައްވާނެ ވާހަކަ ސާނީ ގެ މައުލޫމަތަކަށް ދަންނަވަން، ރައްޔިތުންގެ ލާރިން އަމައެކަނި މުސާރަނަގައިގެން ކަންނުކުރާ ނަމަ ބަވާނަން. ހަޖަމްނުވައްޏާ އަމިއްލަ ގޭގެ އުޅޭ އޭރުން ނުބުހޭކަށް ނުޖެހޭތީ ނުބެހޭނަން. ގެޓްވެއްޖެތަ

  2. ކަދުރޭ

    މމިވަރުން ދަންޔާ ބަނޑުއަޅާ ވިހޭ މައިމީހާއަށްވެސް މީނަ އެއްޗިހި ގޮވަންފަށާފާނެ

  3. ކުޅިރީއާނު

    އިތުރަށް މޮޔަނުގޮވަނިސް މީނާ ގުރައިދޫއަށް ގެންދަން ސަރުކާރަށް ދަންނަވަން

  4. Anonymous

    ޙުސްވަގުން

  5. ޖަނާޒާ

    އެއީ ކޮންކަހަލަ ސޯސިއަލް ކައުންސިލެއްބާ! ދިވެހި ރައްޔިތެއްގެ ހާލަތު ކުޑަ މިނުން އަހާވެސްނުލެވޭ! ނައިބްރައީސް ވަނީ ފެއިލްވެފައި

    3
    1